“ވިޒިޓް މޯލްޑިވްސް 2027” ކެމްޕެއިން ރަސްމީކޮށް އިފްތިތާޙްކޮށްފި

ޚަބަރު ފަހުގެ

މިއަންނަ އަހަރު ފާހަގަކުރުމަށް ހަމަޖެހިފައިވާ، ރާއްޖެއަށް ޒިޔާރަތްކުރުމުގެ އަހަރުގެ ކެމްޕެއިން ރަސްމީކޮށް އިފްތިތިތާޙްކޮށްފިއެވެ.

މިއަންނަ އަހަރަކީ “ވިޒިޓް މޯލްޑިވްސް އިޔަރ” ގެ ގޮތުގައި ފާހަގަކުރަން ނިންމާފައިވާކަން އިއުލާންކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަހަރަށް އިއްވެވި ރިޔާސީ ބަޔާނުގައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޤައުމީ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މި ކެމްޕެއިން އިފްތިތާޙްކޮށްދެއްވީ ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުހައްމަދު އަމީން އަދި ރަސްމިއްޔާތުގެ ޙާއްސަ މެހެމާން، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީގެ ޗެއަރޕާސަން ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޙުސައިން ޢަފީފެވެ.

މި ރަސްމިއްޔާތުގެ ތެރެއިން ކެމްޕެއިން އިފްތިތާޙް ކުރުމާއެކު ކެމްޕެއިންގެ ރަސްމީ ލޯގޯ، ރަސްމީ ލަވަ އަދި ބްރޭންޑިން ވަނީ އާންމުކޮށްފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ފަތުވެރިކަމާ ބެހޭ ވަޒީރު މުހައްމަދު އަމީން ވަނީ މި ކެމްޕެއިނަކީ ހުރިހާ އެންމެންގެ ޝާމިލްވުން އޮންނަ ޤައުމީ ކެމްޕެއިނެއް ކަމަށް ވިދާޅުވެފައެވެ. އެހެން ކަމުން ކޮންމެ ރަށަކާއި ރިސޯޓަކާއި މި ސިނާޢަތުގެ ހުރިހާ ފަރާތްތަކެއްގެ ބައިވެރިވުން ކެމްޕެއިންގެ ތެރެއިން އޮތުމަކީ މުހިންމު ކަމެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.

 

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ