އެމެރިކާގެ އަސްކަރީ ބޭސްތައް ސަރަހައްދުގައި ހުރުމުގެ އެއްވެސް ބޭނުމެއް ނެތް: އީރާނުގެ ރައީސް

ޚަބަރު ފަހުގެ ދުނިޔެ

މެދުއިރުމަތީގައި އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހަދާފައި ހުރުމުގެ އެއްވެސް ބޭނުމެއް ނެތް ކަމަށާއި، އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހުރުމަކުން ފައިދާއެއް ނުކުރާކަމަށް އީރާނުގެ ރައީސް ޑރ. މަސްއޫދު ޕެޒެޝްކިއާން ވިދާޅުވެއްޖެއެވެ.

އީރާނުގެ ރައީސް މިފަދައިން ވިދާޅުވީ، ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރްގެއި ލަވްރޯފްއާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އީރާނުގެ ރައީސް ވިދާޅުވީ، އެމެރިކާގެ އަސްކަރީ މަރުކަޒުތައް މެދުއިރުމަގައި ހުރުމަކީ ކަންބޮޑުވުންތައް އިތުރުވެ، ގައުމުތަކުގެ މެދުގައި އޮންނަ ޚިޔާލު ތަފާތުވުންތައް ބޮޑުވެ، ނުތަނަވަސްކަން އުފެދި، ސަރަހައްދުގެ އަމާންކަން ނެތުމުގެ މާހައުލެއް އުފައްދާ ކަމެއް ކަމަށެވެ.

އީރާނުގެ ރައީސް ޑރ. މަސްއޫދު ޕެޒެޝްކިއާން ވިދާޅުވީ، ސަރަހައްދުގައި ދެމެހެއްޓެނިވި ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރަން ޖެހޭނީ ސަރަހައްދުގެ ގައުމުތަކުގެ ދެމެދުގައި އިތުބާރު ގާއިމްކޮށް، ގައުމުތަކުގެ ބައިވެރިވުމާ އެކުގައި ކަމަށާއި، ހުރިހާ ގައުމެއްގެ ޝަރުއީ މަސްލަހަތަށް އިހްތިރާމްކުރުމުގެ މައްޗަށް ކަމަށެވެ.

އެކަން ކަމަށް މަގުފަހި ކުރުމުގެގޮތުން، ސަރަހައްދުގެ ގައުމުތަކުގެ މެދުގައި މިހާރު ހުރި މައްސަލަތަކާއި ގޮންޖެހުންތައް، ވިސްނުންތެރިކަމާއެކު ވާހަކަ ދައްކައި މަޝްވަރާގެ އުސޫލާއި، ސަރަހައްދީ ނިޒާމުތަކުގެ ތެރެއިން ހައްލުކުރުމަށް އީރާނު އޮތީ ތައްޔާރަށް ކަމަށްވެސް އީރާނުގެ ރައީސް ވިދާޅުވިއެވެ.

އެމެރިކާއަށް ބަހުގެ ހަމަލާތައް ދެއްވަމުން އީރާނުގެ ރައީސް ޑރ. މަސްއޫދު ޕެޒެޝްކިއާން ވިދާޅުވީ، ސަރަހައްދުގެ ގައުމުތަކުގެ މެދުގައި ޚިޔާލުތަފާތުވުންތައް އުފެދިފައިވަނީ އެމެރިކާއިން ގެންގުޅޭ ބައިބައިވުމުގެ ސިޔާސަތުތަކުގެ ސަބަބުން ކަމަށެވެ.

އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގައި އީރާނަށް ހަމަލާދޭން ބޭނުންކުރި ސަރަހައްދުގެ ގައުމުތަކުގައި ހުރި ހުރިހާ އަސްކަރީ ބޭސްތަކަށް އީރާނުންވަނީ ބެލިސްޓިކް މިސައިލާއި ޑްރޯން ބޭނުންކޮށްގެން ވަރުގަދަ ހަމަލާތަކެއްދީ، އެމެރިކާ ސިފައިންގެ އެތައް ބަޔަކު މަރައި، ހަތިޔާރާއި އަސްކަރީ ސާމާނަށާއި، ބޭސްތަކަށްވެސް ބޮޑެތި ގެއްލުންތައް ދީފައެވެ.

ހަނގުރާމައިގެ ތެރޭގައި ސަރަހައްދުގެ 9 ގައުމެއްގައި އެމެރިކާ ސިފައިންގެ ހަރަކާތްތައް ހިންގާ އަސްކަރީ ބޭސްތަކާއި، އަސްކަރީ ހަރަކާތްތައް ހިންގާ 17 ތަނަކަށް އީރާނުން ހަމަލާ ދިނެވެ.

އީރާނުގެ ހަމަލާތަކުގެ ސަބަބުން އެމެރިކާގެ އަސްކަރީ ގިނަ ބޭސްތައް މިހާރު ހުރީ ބަންދުކޮށްފައެވެ.

އެމެރިކާއިން މެދުއިރުމަތީގައި ޚާއްސަކޮށް ގަލްފްގެ ގައުމުތަކުގައި ވަރުގަދަ އަސްކަރީ ބޭސްތަކެއް ހަދައި ހަތިޔާރާއި ސިފައިން ޖަމާކޮށްފައި ތިބި ނަމަވެސް، އީރާނުން އެ ބޭސްތަކަށް ދެމުންގެންދިޔަ ހަމަލާތަކެއް ނުހުއްޓުވުނެވެ.

މިކަމާ ގުޅިގެން، ބިލިއަން ޑޮލަރު ޚަރަދުކޮށް އެމެރިކާގެ އަސްކަރީ ބޭސްތައް ގާއިމްކުރުމަކުން އޮތީ ކޮން ރައްކާތެރިކަމެއްތޯ ސުވާލު އުފައްދައި، ސަރަހައްދުގެ ގައުމުތަކުންވެސް މިހާރުވަނީ އެމެރިކާގެ ބޭސްތައް ހުސްކުރުމާމެދު ވިސްނަމުންނެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ