ށ. ފުނަދޫ ޕެޓްރޯލް ޝެޑުގަ އަލިފާން ރޯވެ އަނދަނީ

ޚަބަރު ފަހުގެ

ށ. ފުނަދޫ ޕެޓްރޯލް ޝެޑެއްގައި ވަރުގަދައަށް އަލިފާން ރޯވެ، ކައިރީގައި ހުރި ދެ ގުދަނަކަށް އަލިފާން ފެތުރިގެން ދިޔުމާ ގުޅިގެން ސަލާމަތީ ބާރުތަކުން އެ ސަރަހައްދުގައި ހަރަކާތްތެރިވާން ފަށައިފިއެވެ

ށ. ފުނަދޫ ޕެޓްރޯލް ޝެޑެއްގައި އަލިފާން ރޯވެގެން އުޅޭކަމުގެ މަޢުލޫމާތު ލިބުމާއެކު، އެމްއެންޑީއެފް ކުޅުދުއްފުށި ފަޔަރ ސްޓޭޝަންގެ ސިފައިން ވަނީ އެ ރަށަށް ދިއުމަށް ދަތުރުފަށާފައެވެ. އަދި އަލިފާން ނިއްވުމުގެ މަސައްކަތުގައި ފުނަދޫ އެއަރޕޯޓުގެ ފަޔަރ ފައިޓަރުން ދަނީ އިސްކޮށް ހަރަކާތްތެރިވަމުންނެވެ. ފުނަދޫ ކައުންސިލުން މައުލޫމާތު ދެއްވި ގޮތުގައި، ޕެޓްރޯލް ޝެޑްގައި ރޯވި އަލިފާންގަނޑު ފެތުރި، ޖެހިގެން ހުރި ދެ ގުދަނެއްގައިވެސް ވަނީ ރޯވެފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އަލިފާން ރޯވި ވަގުތު އެ ސަރަހައްދުގައި ބަޔަކު ތިބި ނަމަވެސް، މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބުނުކަން އަދި ކަށަވަރުވެފައެއް ނުވެއެވެ. ކައުންސިލުން ފާހަގަކުރެއްވި ގޮތުގައި، ވައި ދައުރުވާ ގޮތުން ދުމާއި ހުޅުގަނޑު ހުރީ ރަށުތެރެއަށްވާ ގޮތަށެވެ. އަދި ރޯވެފައިވާ މިންވަރު ބޮޑުކަމުން އަލިފާން ނިއްވުމަށް އެ ސަރަޙައްދާ ގާތްވުމަށް ބޮޑެތި ދަތިތަކާ ކުރިމަތިވަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.

މީގެއިތުރުން، އަލިފާންގަނޑުގެ ތެރެއިން ބައެއް ތަކެތި ގޮވަމުންދާއިރު، މިހާތަނަށް ކުރި މަސައްކަތުން އަލިފާންގަނޑު ކޮންޓްރޯލް ކުރެވޭގޮތް ވަނީ ނުވެފައެވެ.

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މަޢުލޫމާތު ދިން ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު ގާތްގަނޑަކަށް 8:00 ހާއިރު އެވެ. އަދި މިހާތަނަށް އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައި ނުވާއިރު، އެ ސަރަޙައްދުގައި ހުރި 4 ގެއަކަށާއި 5 ވޯކްޝޮޕް/ގަރާޖަކަށް ވަނީ އަލިފާނުގެ އަސަރު ފޯރާފައެވެ.

އަދި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ ސަރަޙައްދުގެ ގެތަކުގައި ދިރިއުޅޭ މީހުން މިހާރު ވަނީ އެ ސަރަޙައްދުން ހުސްކޮށްފައެވެ.

އެންޑީއެމްއޭ އިން ބުނީ، މި ހާދިސާގައި މިހާތަނަށް އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިވާ ކަމުގެ މަޢުލޫމާތެއް ލިބިފައެއް ނުވެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ