ކޮންގްރެސްގެ އަޣުލަބިއްޔަތު އިދިކޮޅުން ނަގައިފިނަމަ އަހަރެންވާނީ “މިސްޓަރ ވީޓޯ” އަށް: ޓްރަމްޕް

ޚަބަރު ފަހުގެ ދުނިޔެ

އެމެރިކާގައި މާދަމާ ބާއްވާ މިޑްޓާމް އިންތިޚާބުގައި އިދިކޮޅު ޑިމޮކްރޭޓުން ކޮންގްރެސްގެ އަޣުލަބިއްޔަތު ނަގައިފިނަމަ އޭނާ ވާނީ “މިސްޓަރ ވީޓޯ” އަށް ކަމަށް ބުނެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިންޒާރު ކޮށްފިއެވެ.

އެމެރިކާގެ ރައީސް މިކަމުގެ އިންޒާރުދިނީ، އެމެރިކާގެ މީޑިއާއަކަށް ދިން އިންޓަރވިއުއެއްގައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޓްރަމްޕް ބުނީ، އިދިކޮޅު ޑިމޮކްރަޓިކް ޕާޓީން ހުށަހަޅައި އަދި އެމީހުންގެ އަޣުލަބިއްޔަތު އޮންނަ ކޮންގްރެސްއަކުން ފާސްކުރާ އެއްވެސް ގާނޫނެއް އޭނާ ތަސްދީގު ނުކުރާނޭ ކަމަށެވެ.

އެހެން ނަމަވެސް، އެކަން އެގޮތަށް ވިޔަނުދިނުމަށްޓަކައި ވެރިކަންކުރާ ރިޕަބްލިކަން ޕާޓީން ކޮންގްރެސްގެ އަޣުލަބިއްޔަތު ދަމަހައްޓާނޭ ކަމަށް ޓްރަމްޕް އުންމީދު ކުރެއެވެ. ބިލްތައް ވީޓޯކުރުން ތަކުރާރު ކުރުމުން، އެއްބަސްވުމަކަށް ދިއުމަކީ ކުރީގެ ސަރުކާރުތަކުން ކޮށްފައިވާ ކަމެކެވެ.

އެހެންވެ، އިދިކޮޅު ޑިމޮކްރޭޓުން އަމާންދީ ޑީލަކަށް ދާންދެން ބިލްތައް ވީޓޯ ކުރާނޭ ކަމަށް ޓްރަމްޕް ބުނެފައި ވެއެވެ.

އެމެރިކާގައި މިހާތަނަށް ނެގިފައިވާ ހުރިހާ ޚިޔާލު ހޯދުންތަކުންވެސް ދައްކާފައިވަނީ، މާދަމާގެ އިންތިޚާބުގައި އެމެރިކާގެ ގާނޫނުހަދާ މަޖިލިސް ކަމަށްވާ ކޮންގްރެސްގެ މަތިގެއާއި ތިރިގޭގެ އަޣުލަބިއްޔަތުވެސް އިދިކޮޅު ޑިމޮކްރޭޓުން ނަގާނޭ ކަމަށެވެ.

ކޮންގްރެސްގެ މަތިގެ، ސެނޭޓްގައި 100 ގޮނޑި ހިމެނޭއިރު، ޑިމޮކްރޭޓުން 53 ގޮނޑި ނަގާނެ ކަމަށް  ވެއެވެ. މާދަމާގެ އިންތިޚާބުގައި ވޯޓަށް ހުޅުވާލާފައިވަނީ މުއްދަތު ހަމަވާ 35 ގޮނޑިއަކަށެވެ.

ޕާލަމެންޓުގެ ދަށުގެ، ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގައި 435 ގޮނޑި ހިމެނޭއިރު، ޑިމޮކްރޭޓުން 248 ގޮނޑި ނަގާނޭ ކަމަށް އަންދާޒާ ކޮށްފައި ވެއެވެ.

އެމެރިކާގައި ނެގިފައިވާ ޚިޔާލު ހޯދުންތަކުން ބުނާގޮތުގައި، މިފަހަރުގެ މިޑްޓާމް އިންތިޚާބު އިދިކޮޅު ޑިމޮކްރޭޓުން ކާމިޔާބު ކުރާނެކަމަށް 80 އިންސައްތަ ފުރުސަތު ބޮޑެވެ.

ސެނޭޓާއި ހައުސްގެ އަޣުލަބިއްތު މި ދައުރުގައި ސަރުކާރު ހިންގާ ރިޕަބްލިކަން ޕާޓީއަށް އޮތީ ވަރަށް ހަނި އަޣުލަބިއްޔަތެއްގައެވެ.

ނަމަވެސް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި، އޭނާގެ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން އެމެރިކާގެ ރައްޔިތުންގެ ވިސްނުން މިހާރުވަނީ ބަދަލުވެފައެވެ. ޚާއްސަކޮށް ދިރިއުޅުމުގެ ޚަރަދުތައް އިންތިހާއަށް ބޮޑުވުމާއި، އިންފްލޭޝަން މައްޗަށްގޮސް ތަކެތީގެ އަގުތައް އަތްނުފޯރާ ފަށަށް އަރައިގެން ދިއުމާއި، ތެލައި ގޭހުގެ އަގުތައް ބޮޑުވުން އާންމުން އެންމެ ކަންބޮޑުވާ ކަންކަމުގެ ތެރޭގައި ހިމެނެއެވެ.

ޚާއްސަކޮށް ރައީސް ޓްރަމްޕް އީރާނާ ދެކޮޅަށް ފެށި ޣައިރުގާނޫނީ ހަނގުރާމައާއި، އޭގެ ސަބަބުން އެމެރިކާގެ އިގްތިސާދަށް ކުރަމުންދާ ނޭދެވޭ އަސަރުތަކާއި، ހަނގުރާމައިގެ ސަބަބުން އެމެރިކާއަށް މިހާރުވެސް ލިބިފައިވާ މާލީ ބޮޑެތި ގެއްލުންތައް އެއީ އާންމުން އެންމެބޮޑަށް ދައްކާ  ވާހަކަތަކެވެ.

ޓްރަމްޕްގެ ވެރިކަމުގައި އަދި ބާކީ ދެއަހަރު އޮތުމުން، ކޮންގްރެސްގެ އަޣުލަބިއްޔަތު ޑިމޮކްރޭޓުންނަށް އެނބުރިގެން ހިނގައްޖެނަމަ ސަރުކާރު ހިންގަން ދަތިވާނެތީ ކޮންގްރެސްއާ ނުލައި ވެރިކަން ކުރެވޭނޭ ގޮތަކަށް ވައިޓް ހައުސްއިން މަސައްކަތްތައް ބައްޓަންކުރަމުން އަންނަ ކަމަށް ބައިނަލްއަގްވާމީ މީޑިއާއިން ރިޕޯޓް ކޮށްފައި ވެއެވެ. އެގޮތުން، ޓެރިފާއި، އިމިގްރޭޝަނާއި، ބޯހިޔާވަހިކަމާއި، ހަރަދުތަކާ ގުޅޭގޮތުން ރިޔާސީ އަމުރުތަކެއް ނެރުމަށް ވައިޓް ހައުސްވަނީ ތައްޔާރުވެފައެވެ.

ޒަޔަނިސްޓް އީލާން މަސްކް ދައްކާފައިވާ ވާހަކަތަކަށް އެއްބަސްވަމުން އެމެރިކާގެ ރައީސް ޓްރަމްޕް ބުނެފައިވަނީ، އެމެރިކާގެ ކޮންގްރެސްގެ އަޣުލަބިއްޔަތު ޑިމޮކްރޭޓުން ނަގައިފިނަމަ “ފަހަރުގައި އަބަދަށްޓަކައި އެމެރިކާ ހަލާކުވެދިޔައީ” ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ