އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަހުގެ މުއްދަތެއް ކޯޓުން ދީފި!

ޚަބަރު ފަހުގެ

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ރޭ ހައްޔަރުކުރި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ބަންދަށް ކޯޓުން 30 ދުވަހުގެ މުއްދަތެއް ދީފި އެވެ.

ފުލުހުން ރޭ 21:59 އެއްގައި ޝާހިދު ހައްޔަރުކުރީ ހުޅުމާލެއިންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ފުލުހުން ބުނެފައިވަނީ ޝާހިދު ހައްޔަރުކޮށްފައިވަނީ، އުމުރުން 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ކަމަށެވެ. މި މައްސަލައާ ގުޅޭ އިތުރު ތަފުސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް މި މައްސަލަ ތަހުގީގު ކުރަމުން ގެންދާ ކަމަށް ބުނެފައިވެ އެވެ.

ފުލުހުން މިއަދު ބުނެފައިވަނީ ޝާހިދުގެ ބަންދަށް ކޯޓުން 30 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.

ޖިންސީ ގޯނާގެ ތުހުމަތުތަކާ ގުޅިގެން ޝާހިދު ރޭ ހައްޔަރު ކުރުމުގެ ކުރިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، އޭނާއާ ގުޅޭގޮތުން ފަތުރަނީ ޝަހުސު ކަތިލުމަށް، ސިޔާސީ ގޮތުން ފަތުރަމުންދާ ވާހަކަތަކެއް ކަމަށެވެ. އަދި އެއީ އެއްވެސް އަސްލެއްނެތް ދޮގު ވާހަކަތަކެއް ކަމަށް ބުނެފައިވެ އެވެ. ޝާހިދު ވަނީ ސާބިތު ނުހިފޭ ވާހަކަ ނުފެތުރުމަށްވެސް އެދިފަ އެވެ.

ކުރީ ސަރުކާރުގައި ފޮރިން މިނިސްޓަރުކަންވެސް ކޮށްފައިވާ ޝާހިދު ވަނި އ.ދ ގެ ޖެނެރަލް އެސަމްބްލީގައި ރައީސްކަންވެސް ކޮށްފަ އެވެ. އަދި އޭނާ މިހާރު އަންނަނީ އަންނަ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރުމަށް ތައްޔާރުވަމުންނެވެ. އަދި މިކަމަށް ކެމްޕޭން ހަރަކާތްތައް ވެސް ޝާހިދު ވަނީ ފައްޓަވާފަ އެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ