ޓްރަމްޕާއި ނަތަންޔާހޫގެ ކިބައިން ބަދަލުހިފަން އީރާނުގެ ރައްޔިތުން ސަރުކާރަށް ގޮވާލައިފި

ޚަބަރު ފަހުގެ ދުނިޔެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި، އިސްތިއުމާރީ ދައުލަތުގެ ބޮޑުވަޒީރު ނަތަންޔާހޫގެ ކިބައިން ވަރުގަދައަށް ބަދަލު ހިފުމަށް ގޮވާލައި، އީރާނުގެ ވެރިރަށް ތެހެރާނުގައި ވަރުގަދަ މުޒާހަރާތަކެއް ކޮށްފިއެވެ.

ތެހެރާނުގެ އިންގިލާބް މައިދާނަށް ޖަމާވި އެތައްހާސް ރައްޔިތުންވަނީ، އެމެރިކާއާއި އިސްރާއީލުން ފެބްރުއަރީމަހުގެ 28 ވަނަ ދުވަހު ތެހެރާނަށް ހަމަލާދީ އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަ ކޮށްލާފައިވާތީއާއި، އަދި ހަމަލާދީ އީރާނުގެ އެތައް ބަޔަކު މަރާލާފައިވާތީ އެކަމުގެ ބަދަލު ހިފުމަށް އީރާނު ސަރުކާރަށް ގޮވާލާފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އާންމުން މަގުތަކަށް ނުކުތީ ރަތްކުލައިގެ ދިދަ ހިފައިގެންނެވެ. އަދި އީރާނުގެ މިނާބްގެ ޕްރީ ސްކޫލަކަށް އެމެރިކާ ސިފައިން މިސައިލް ހަމަލާދިނުމުގެ ސަބަބުން މަރުވި ކުދިންގެ ތަސްވީރުތައްވެސް މުޒާހަރާއަށް ނެރެފައި ހުއްޓެވެ.

މަގުތަކަށް ނުކުތް އާންމުންވަނީ، އިންގިލާބީ މައިދާނުގައި ބިޔަ ޕޯސްޓަރެއްގައި ހުޅުޖަހައި އަންދާލާފައެވެ. އެ ޕޯސްޓަރުގައި ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި، ނައިބް ރައީސް ޖޭޑީ ވާންސްއާއި، ޓްރަމްޕްގެ މެދުއިރުމަތީގެ ޚާއްސަ މަންދޫބު ސްޓީވް ވިޓްކޮފާއި އަދި އިސްރާއީލުގެ ބޮޑު މުޖުރިމު ނަތަންޔާހޫގެ ތަސްވީރެވެ.

ފޮތިން ހަދާފައިވާ ޕޯސްޓަރުގައި ތަސްވީރުތައް ކުރަހާފައިވާއިރު، ޕޯސްޓަރު ފަރުމާކޮށްފައިވަނީ ޒަޚަމްތައް ރަމްޒުކޮށްދޭ ގޮތަށެވެ.

ޕޯސްޓަރު އެންދުމުގެ އިތުރުން، އެމެރިކާއާއި އިސްރާއީލާ ދެކޮޅު އެތައް ޝުއޫރެއް ފާޅުކޮށް އާންމުން އަޑުއުފުލާފައި ވެއެވެ.

އީރާނުގެ އާންމުން މަގުތަކަށް ނުކުތީ، މިދިޔަ އަންގާރަ ދުވަހު އެމެރިކާގައި ބޭއްވި މިޑްޓާމް އިންތިޚާބުން ރައީސް ޓްރަމްޕްގެ ރިޕަބްލިކަން ޕާޓީ ބޮޑުތަނުން ބަލިވުމާ ގުޅިގެން އެކަމުގެ އުފާ ފާޅުކުރުމަށްވެސް މެއެވެ.

މިޑްޓާމް އިންތިޚާބުގައި ނުކުތް ނަތީޖާއަށް އީރާނުގެ އޮފިޝަލުންވަނީ މަރްހަބާ ވިދާޅުވެފައެވެ.

އީރާނު ޕާލަމެންޓުގެ ރައީސް މުހައްމަދު ބާގިރު ގާލިބާފް ވިދާޅުވެފައިވަނީ، އެމެރިކާގެ އިންތިޚާބުގެ ނަތީޖާއިން ހާމަވީ، އީރާނާ ދެކޮޅަށް އެމެރިކާއިން ކުރަމުންދާ ހަނގުރާމައާ އެމެރިކާގެ ރައްޔިތުން ދެކޮޅުކަން ކަމަށެވެ.

މިޑްޓާމް އިންތިޚާބުން ވެރިކަންކުރާ ޕާޓީ ބަލިވިނަމަވެސް، އެމެރިކާއިން މިހާރުވެސް ތައްޔާރުވަމުންދަނީ އީރާނާ ދެކޮޅަށް އަސްކަރީ އައު އުދުވާނުތަކެއް ފެށުމަށެވެ.

އެމެރިކާގެ ރައީސް ޓްރަމްޕް ބުނީ، އިންތިޚާބުން ބަލިވީ ހަނގުރާމައިގެ ސަބަބުން ކަމަށް ގަބޫލުކުރާ ކަމަށާއި، އެހެން ނަމަވެސް އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމަކީ އޭނާއަށް ކުރެވުނު “ރަނގަޅު” ކަމެއް ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ