ބީއެމްއެލްގެ އައު ހެޑް އޮފީސް އަޅައިދޭނެ ބަޔަކު ހޯދަނީ

ޚަބަރު ފަހުގެ

ބީއެމްއެލްއިން ބުނީ އެ ބޭންކުގެ އާ ހެޑް އޮފީސް އެޅުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގައި ކަމަށެވެ. އެގޮތުން 2,648.40 އަކަ މީޓަރުގެ ބިމެއްގައި އަޅާ އާ ހެޑް އޮފީހަކީ 14 ބުރީގެ އިމާރާތެއް ކަމަށް ބީއެމްއެލްއިން ބުނެ އެވެ.

މި އިމާރާތުގެ ބޭސްމަންޓްގައި 2 ބުރި ހުންނައިރު އާ ހެޑް އޮފީހުގައި ބޮޑު ޕާކިން އޭރިއާއެއް އޮންނާނެކަމަށް ބީއެމްއެލްއިން ބުނެ އެވެ. އެގޮތުން ސައިކަލް ޕާކުކުރުމަށް މަދުވެގެން 400 ޖާގަ ހަދާއިރު ކާރު ޕާކުކުރުމަށް މަދުވެގެން 60 ޖާގަ އޮންނާނެކަމަށް ބީއެމްއެލް އިން ބުނެ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އިމާރާތުގެ އެންމެ ތިރީ ބުރި މުވައްޒަފުންނާއި ބޭންކުން ދޭ ހިދުމަތަކަށް އަންނަ ކަސްޓަމަރުންނަށް ހާއްސަކުރާއިރި އިމާރާތުގެ އެންމެ މަތީ ދެ ބުރި 13 އަދި 14 ވަނަ ބުރި ހާއްސަކޮށްފައިވަނީ އެގްޒެކެޓިވް ފްލޯތަކުގެ ގޮތުގައެވެ. އަދި އިމާރާތުގެ އެންމެ މަތީގައި ސޯލާ ފާމެއް ތަރައްޤީކުރުމަށް ނިންމާފައިވާކަމަށްވެސް ބޭންކުން ބުނެ އެވެ.

ބީއެމްއެލްއިން ބުނީ އެ ބޭންކުގެ އާ އިމާރާތް އަޅާ ފަރާތްތަކަށް ބޭނުންވާ ފައިނޭންސްސިން ހަމަޖައްސާދޭނީ ޑޮލަރުން ކަމަށެވެ. އެހެންކަމުން ބީއެމްއެލްގެ އާ ހެޑް އޮފީސް އަޅާދޭން ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 30 ވަނަ ދުވަހުގެ ކުރިން ޕްރޮޕޯސަލް ހުށަހެޅުމަށް ވަނީ އެދިފަ އެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ