ހަނިމާދޫގައި ހޮސްޕިޓަލް އަޅަން ކައުންސިލުން ބިން ނުދޭ ކަމަށް ދެކެވޭ ވާހަކަތައް ކައުންސިލުން ދޮގުކޮށްފި!

ހަނިމާދޫ ޚަބަރު ފަހުގެ

ހޮސްޕިޓަލް އަޅަން ބިން ނުދީ ހިފަހައްޓާފައިވާކަމަށް ދެކެވޭ ވާހަކަތައް ހަނިމާދޫ ކައުންސިލުން ދޮގުކޮށްފިއެވެ. ހަނިމާދޫ ކައުންސިލް ގެ ރައީސް ޢަބްދުއް ސަލާމް ޢަލީ އާއި ނައިބުރައީސް ހަސަން ސަލީމް އަދި ޒިންމާދާރު ވެރިޔާ އިބުރާހިމް ޢަލީ މިއަދު ގޮށްކޮޅަށް ދެއްވި ޚާއްސަ އިންޓަވިއުގައި ވަނީ ސަރުކާރަށް ތާއިދު ކުރާ މަދުބަޔަކު ކަމުގެ ހަގީގަތް އޮޅުވާލާ ކައުންސިލްގެ ބޮލުގައި ދޮގުތުހުމަތު އަޅުވާ، ބުހުތާނު ދޮގު ވާހަކަ ފަތުރަމުން ދާކަމަށް ބުނެފައެވެ. އަދި އެކަމުގެ ހަގީގަތް އޮޅުވާ ނުލެވޭނެ ކަމަށާ އެކަމުގެ ހަގީގަތް ވަރަށް ސާފުކޮށް ފެންނަން އޮންނާނެކަމަށެވެ.  

މި އިންޓަވިއުގައި ވާހަކަ ދައްކަވަމުން ކައުންސިލްގެ ޒިންމާދާރު ވެރިޔާ އިބުރާހިމް ޢަލީ ވިދާޅުވީ ނިމިދިޔަ 2020 ވަނައަހަރު ޑިސެންބަރ މަހުގެ 30 ވަނަ ދުވަހު މިނިސްޓްރީ އޮފް ހެލްތުން ކައުންސިލްގެ ރައީސް ޢަބްދުއްސަލާމް ޢަލީ އަށް އެޑުރެސްކޮށް ސިޓީއެއް ފޮނުވިކަމަށެވެ. އެ ސިޓީގައި ވަނީ މިހާރު ހެލްތު ސެންޓަރު ހުރި އިމާރާތު ހުޅަނގުން އޮތް ބިން ހެލްތު ސެންޓަރުގެ ބިމަށް އިތުރު ކޮށްދެއްވާ ބިމުގެ ރަޖިސްޓްރީ ފޮނުވައި ދިނުމަށްކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އެސިޓީގެ ޖަވާބު އަޅުގަނޑުމެން ވާނީ 1 ޖެނުވަރީ 2021 ވީ ދުވަހުގައި ފޮނުވާފައި، އަދި އެނގޭ ވަރަށް ސާފުކޮށް ބުނެދީފައި ވާނެ، އެދުނު ބިމަކީ 1998 ގައި ހެލްތު ސެންޓަރު ހުޅުވިދުވަހުން ފެށިގެން އެތަނުގެ ބިމެއްގެ ގޮތުގައި ކަޑައަޅާފައި ވާ ތަނެއް ކަމާއި، އަދި އެތަނުގައި ދުވަސްވީ ނިކަގަސްތަކެއް ހުރުމުން ހުއްދަ ނުލިބޭނަމަ ހަނިމާދޫ ބައު ސްކޫލް މަރާމަތުކޮށް އެތަން ބޭނުކުރުމުގެ ހުއްދަވެސް،  ދީފައި ވާނެކަމަށް ކައުންސިލްގެ ރައީސް ޢަބުދުލް ސަލާމް ޢަލީ ވިދާޅުވިއެވެ.

ކައުންސިލުން ބިން ނުދޭ ކަމަށް އަޑުފެތުރިޔަސް މިހުރީ ހުއްދަވެސް ދީފަ އަދި ބައު ސްކޫލް މަރާމާތު ކޮށްދީގެން ވެސް ހޮސްޕިޓަލުގެ ހިދުމަތް ފަށަން މިތިބީ ތައްޔާރަށް، މިއަހަރުގެ ކައުންސިލް ބަޖެޓް އެއްކޮށް ޚަރަދު ކުރަން ވެސް ތައްޔާރު، މިއަދު ފަށަން ވިޔަސް އަޅުގަނޑުމެން  މިތިބީ އެއްބާރުލުން ދޭން ކަމަށް އެތިން ބޭފުޅުން ވިދާޅުވިއެވެ.

އަޅުގަނޑުމެންނަށް އެންމެ ދެރައީ ބަންޑާރަ ގޯތި ހަނިމާދޫން ދޫނުކުރާތާ 10 އަހަރު ވެގެން ގޮސްފައި ވާތީ ކަމަށާއި، ބަންޑާރަ ގޯތި ދޫނުކޮށް ސަރުކާރުގެ ބޭނުމަށް މިހެން ބިންތައް ދޫނުކުރަން އަޅުގަނޑުމެންގެ ވިސްނުމަކީ، އެގޮތުން ފެނަކަ އޮފީސް އިމާރާތް ކުރަން ބިންދޭން އެދުމުންވެސް ހުއްދަ ދީފައެއްނުވާނެ، އެއީ ބޯހިޔާވަހިކަމަށް ބިންދޫ ނުކޮށް އެހެން ކަންތަކަށް ބިން ދޫކުރަން ބޭނުން ނުވާތީކަމަށް  ކައުންސިލް ނައިބުރައީސް ހަސަން ސަލީމް ވިދާޅުވިއެވެ.

ތަރައްގީ ބޭނުން ނުވަނީ ނޫންކަމަށާއި މިހާރުވެސް 300 އަށްވުރެގިނަ ރައްޔިތުން ބޯހިޔާ ވަހިކަމަށް ޝަރުތު ހަމަވެފައި ތިބި ކަމަށާއި، މި ރައްޔިތުންގެ ޝަކުވާތަކަށް ހައްލެއް ހޯދައި ނުދީ، ސަރުކާރުގެ މަސްރޫޢުތަކަށް ބިންދޭން ބޭނުން ނުވާކަމަށް އެ ތިން ބޭފުޅުން ވިދާޅުވިއެވެ. 

ކައުންސިލްގެ 155 ވަނަ ޖަލްސާގައި ވަނީ ބަންޑާރަ ގޯތި ދޫނުކުރެވެނީސް އެއްވެސް ޕްރޮޖެކްޓެއް ހިންގަން ބިންނުދޭ ގޮތަށް  ފާސްކޮށްފައެވެ. މި ބައްދަލުވުން ކުރިޔަށް ގެންދިއައީ މިއަދުއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ