އިންޑިއާ ވެކްސިން ރާއްޖޭގައި ބޭނުން ކުރުމުގެ ހުއްދަ ދީފި

ޚަބަރު ޚަބަރު ޢާޖިލް ފަހުގެ

އިންޑިއާއިން ރާއްޖެއަށް ހަދިޔާ އަސްޓްރާޒެނެކާ ވެކްސިން ރާއްޖޭގައި ބޭނުން ކުރުމުގެ ހުއްދަ ރާއްޖޭގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީން ދީފިއެވެ.

މިކަން ހާމަކޮށް ހެލްތް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން ދީފައިވަނީ މި މަހުގެ 26 ވަނަ ދުވަހު ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އަދި ވެކްސިން އަށް ދީފައިވަނީ “ރިސްޓްރިކްޓެޑް ޔޫސް އިން އިމަޖެންސީ ސިޗުއޭޝަން” ނުވަތަ ކުއްލި ހާލަތުގައި ބޭނުން ކުރުމުގެ ހުއްދަކަމަށް ވެސް އެބަޔާނުގައިވެއެވެ.

ދިވެހިރާއްޖޭގައި މި ވެކްސިން ބޭނުންކުރުމުގެ ހުއްދަ އެ އޮތޯރިޓީން ދީފައިވަނީ، މި ކަމުގައި ބަލަންޖެހޭ ޓެކްނިކަލް ކަންކަން ފުރިހަމައަށް ބަލައި ދިރާސާކުރުމަށްފަހު، މި އޮތޯރިޓީއަށް ފަންނީ ލަފާދޭ ޓެކްނިކަލް ބޯރޑު ކަމުގައިވާ ނޭޝަނަލް ފާރމަސޫޓިކަލް ބޯޑުގެ ލަފަޔާ މަޝްވަރާއާއި އެކުގައި ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

އަދި “ކޮމިޝީލްޑް” އަކީ، އިނގިރޭސިވިލާތުގެ އޮކްސްފޯރޑް ޔުނިވަރސިޓީއާއި އެސްޓްރާޒެނެކާ ގުޅިގެން ތައްޔާރުކޮށްފައިވާ އޮކްސްފޮރޑް-އެސްޓްރާޒެނެކާ ވެކްސިން، އެސް.އައި.އައި. އިން މެނުފެކްޗަރކޮށް ބާޒާރަށް ނެރެފައިވާ ބްރޭންޑް ނަމެއް ކަމަށާއި އޮކްސްފޮރޑް-އެސްޓްރާޒެނެކާ ވެކްސިންއަކީ އިނގިރޭސިވިލާތުގެ ބްރިޓިޝް މެޑިސިންސް އެންޑް ހެލްތުކެއަރ ޕްރޮޑަކްޓްސް
ރެގިއުލޭޓަރީ އެޖެންސީ 2020 ޑިސެންބަރު 30 ވަނަ ދުވަހު ހުއްދަކޮށްފައިވާ ވެކްސިން އެއް ކަމަށް ވެސް ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން ބްރިޓިޝް މެޑިސިންސް އެންޑް ޕްރޮޑަކްޓްސް ރެގިއުލޭޓަރީ އެޖެންސީއަކީ، ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިޔު.އެޗް.އޯ) ގެ ސްޓްރިންޖެންޓް ރެގިއުލޭޓަރީ އޮތޯރިޓީ (އެސް.އާރް.އޭ) ލިސްޓުގައި ހިމެނޭ، އާންމު ޞިއްޙަތުގެ ދާއިރާއިން ބައިނަލްއަޤްވާމީ ފެންވަރުގައި ފާހަގަކޮށްލެވޭ އިދާރާއެއް ކަމަށް ވެސް ހެލްތް މިނިސްޓްރީން ބުނެފައިވެއެވެ.

“ކޮމިޝީލްޑް ބްރޭންޑްގެ ވެކްސިން ރާއްޖޭގައި ބޭނުންކުރުމުގެ ހުއްދަ ދިނުމުގެ ކުރިން، އޮކްސްފޯރޑް-އެސްޓްރާޒެނެކާ ވެކްސިންއާއި ކޮމިޝީލްޑް ބްރޭންޑްގެ ވެކްސިންއާ ގުޅޭގޮތުން އެކި ޤައުމުތަކުގެ އިތުބާރުހިފޭ އިދާރާތަކުން ޙިއްޞާކޮށްފައިވާ ލިޔެކިޔުންތައް ދިރާސާކޮށް ބެލިބެލުމުން، މި ދެ ވެކްސިނައަކީ އެއް ކޮމްޕޮޒިޝަން، އަދި ފޯމިއުލޭޝަން، އެއްގެ މައްޗަށް ބިނާކޮށް، އުފައްދާފައިވާ އެކައްޗެއްކަން މި އޮތޯރިޓީއަށް ޔަޤީންކުރެވެއެވެ. އެހެންކަމުން، ކޮމިޝީލްޑް ބްރޭންޑްގެ ވެކްސިން ރާއްޖޭގައި ބޭނުންކުރުމުގެ ހުއްދަ ދިނުމުގައި މި ހުރިހައި ކަމަކަށް ރިޢާޔަތްކޮށްފައިވާނެއެވެ.” އެ ބަޔާނުގައި ބުނެފައިވެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ