ހަނިމާދޫގައި އޭޓީއެމްގެ ޚިދުމަތް އަލުން ފަށައިފި

ހަނިމާދޫ ޚަބަރު އިޖުތިމާޢީ ފަހުގެ

29 މެއި 2020 ގައި ހަނިމާދޫއަށް ކުރި ވިއްސާރާގައި ލިބުނު ގެއްލުންތަކާއި ގުޅިގެން ޚިދުމަތް މެދުކަނޑާލި ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމްގެ ޚިދުމަތް  ދޭން ފަށައިފިއެވެ.

މިދުވަހުކުރި ވިއްސާރާގައި ބޭންކް އޮފް މޯލްޑިވްސްއިން ހަނިމާދޫ އިންޓަރނޭޝަނަލް އެއާރޕޯޓް ސަރަހައްދުގައި ޤާއިމްކޮށްފައިވާ އޭޓީއެމް ހުންނަ އިމާރާތުގެ ފުރާޅު ހަލާކުވެ ސީލިންގ ގެ ތެރެއަށް ފެންއެޅުމުގެ ސަބަބުން ސީލިންގ ވެއްޓުމުގެ އިތުރުން ކަރަންޓް ވައިރިންނަށްވެސް ގެއްލުންތަކެއް ލިބިފައިވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

 އެ އިމާރާތް ހުޅުވައި އެތަނުގެ ޚިދުމަތް ދޭން އަލުން ފަށާފައި މިވަނީ އެ އިމާރާތުގެ ފުރާޅާއި ސީލިންގގެ އިތުރުން ވައިރިންވެސް އެއްކޮށް ބަދަލުކުރުމަށްފަހުއެވެ. މިމަހު 6 ވަނަދުވަހުވެސް ޚިދުމަތް ދޭން ފެށިއެވެ. އެހެނަސް އެތަނުގެ ކެމެރާތައް މަސައްކަތް ނުކުރާތީ ހަމައެދުވަހު ބަންދު ކުރިއެވެ.

އޭޓީއެމްގެ ޚިދުމަތް އަލުން މިޔަދު ދޭން ފަށާފައިވާއިރު ކުރިންވެސް އޭޓީއެމް މެދުވެރިކޮށް ލިބެމުންދިޔަ ހުރިހައި ޚިދުމަތެއް ލިބިލައްވާނެކަމުގައި އެފަރާތުން މަޢުލޫމާތު ދެއްވައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ