ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ޣަފޫރު މޫސާ މަޖިލީހުގެ ހުރިހާ ޖަލްސާއަކަށް މިދިޔަ އަހަރު ހާޒިރުވެވަޑައިގެންނެވި ކަމަށް މަޖިލީހުގެ ހާޒިރީން ދައްކައިފިއެވެ. ޣަފޫރުގެ އިތުރުން 10 މެންބަރު ވަނީ ހުރިހާ ޖަލުސާއަކަށް ހާޒިރުވެފައެވެ.
މިދިޔަ އަހަރު ތިން ދައުރުގައި މުޅި ޖުމްލަ 105 ޖަލްސާ މަޖިލީހުން ބޭއްވިއެވެ. މިދިޔަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ޑިސެމްބަރުގެ ނިޔަލަށް ކޮންމެ މަހަކު ވެސް މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދިޔައެވެ.
ރައްޔިތުންގެ މަޖިލީހުގައި 87 މެންބަރުން ތިބޭއިރު ހުރިހާ ޖަލްސާއަކަށް ހާޒިރުވި މެންބަރުން
- ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ޣަފޫރު މޫސާ
- ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުޢިއްޒު
- ބާރަށު ދާއިރާގެ މެންބަރު އަޙްމަދު
- ދިއްދޫ ދާއިރާގެ މެންބަރު ވަޙީދު
- ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދު
- މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ
- މިލަންދޫ ދާއިރާގެ މެންބަރު ޢަލީ ރިޒާ
- އަލިފުށި ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ޙުސައިން
- ނިލަންދޫ ދާއިރާގެ މެންބަރު ޢަބްދުލް މުހްސިން ޙަމީދު
- ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު
- ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު


