ދިއްދޫއިން ޕޮޒިޓިވްވި ދެމީހަކަށް ށ. ފުނަދޫ ފެސިލިޓީގައި ފަރުވާދެނީ

ޚަބަރު ފަހުގެ

ހއ.ދިއްދޫއިން ކޯވިޑް-19އަށް ޕޮޒިޓިވްވި ދެމީހަކު އިތުރު ފަރުވާއަށް ށ. ފުނަދޫ ކޯވިޑް ފެސިލިޓީއަށް ގެންގޮސްފިއެވެ. މިދެމީހުން ށ.ފުނަދުއަށް ގެންގޮސްފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

ށ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރ އަހުމަދު ޒުމްރަތު ގޮށްކޮޅަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިއަދު އިތުރު ފަރުވާއަށް ގެނެވުނީ ދިއްދޫއިން ޕޮޒިޓިވްވި އުމުރުން 25 އަހަރުގެ މީހެއްގެ އިތުރުން އެނާގެ ރިލޭޓިވް އެއްކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

” މިކޮޅަށް މިއަދު މިގެނެވުނީ ދިއްދޫން ޕޮޒިޓިވެ ނޭވާލާން އުނދަގޫ ވާންފެށި 25 އަހަރުގެ ބޭފުޅެއް، މިވަގުތު ވަރަށް ސްޓޭބަލް ހަމަ، ދެވަނަ މީހަކީ ވެސް ޕޮޒިޓިވްވި ކޭހެއް. އެކަމު ރިލޭޓިވްގެ ގޮތުގައި ގެނެސްފައިވާ ފަރާތެއްއެއީ” މެނޭޖަރ އަހުމަދު ޒުމްރަތު ވިދާޅުވިއެވެ.

ށ. ފުނަދޫ ކޯވިޑް ފެސިލިޓީއަކީ ޒޯން 1ގެ ރަށްތަކަށް ޚާއްސަކޮށްފައިވާ ކޯވިޑް ފެސިލިޓީއެވެ. މި ފެސިލިޓީގައި އައިސީޔޫ 20 އެނދާއި އައިސޮލޭޝަން 37 އެނދު ހުރެއެވެ. މިހާތަނަށް މިފެސިލިޓީގައި 6 މީހަކަށް ވަނީ ފަރުވާދީފައިވެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ