ހަނިމާދޫ ސްކޫލްގެ އިންޓަރ ހައުސް ސީނިޔަރ ފުޓްސަލް މުބާރާތް ފަށައިފި

ހަނިމާދޫ ކުޅިވަރު ފަހުގެ

ހަނިމާދޫ ސްކޫލް އިންޓަރ ހައުސް ސީނިޔަރ ފުޓްސަލް މުބާރާތް މިއަދު ހަވީރު، ހަނިމާދޫ ފުޓްބޯޅަ ދަނޑުގައި ފަށައިފިއެވެ. މިއީ އެ ސްކޫލުގެ ސްޓޫޑެންޓް ކައުންސިލުގެ ފަރާތުން ރާވާ ހިންގާ މުބާރާތެކެވެ.

ހަނިމާދޫގެ ފުޓްބޯޅައަށް ވަރަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އަބްދުއް ރައޫފް އަލީ ޝަރަފުވެރި ކޮށްދެއްވާ، މި މުބާރާތް ފެށުމުގެ ގޮތުން، ދިދަ ނެގުމުގެ ޙަރަކާތެއް ވަނީ ކުރިޔަށް ގެންގޮސްފައެވެ. މިރަސްމިޔާތުގައި ކައުންސިލްގެ ނައިބުރައީސް ހަސަން ސަލީމް ބައިވެރި ވަޑައިގެން ޤައުމީ ދިދަ ނަންގަވައި ދެއްވައިފައެވެ. ދިދަ ނެގުމުގެ މި ޙަރަކާތުގައި ސްކޫލް ދިދަ ނަންގަވައިދެއްވީ ސްކޫލްގެ ޕްރިންސިޕަލް ޢަބްދުލް މުޙްސިން ޢަބުދުލް ލަތީފްއެވެ. ސްޓޫޑެންޓް ކައުންސިލްގެ ދިދަ ސްކޫލްގެ ކެޕްޓަން ނަގާދިން އިރު 4 ހައުސްގެ ދިދަ ނަގައިދިނީ އެ ހައުސް ތަކުގެ ކެޕްޓަނުންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ސްޓޫޑެންޓްސް ކައުންސިލުން މައުލޫމާތު ދޭ ގޮތުގައި މި މުބާރާތް ކުޅުމަށް ހަމަ ޖެހިފައިވަނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ވާދަކޮށް އެންމެ ގިނަ ޕޮއިޓް ލިބޭ ދެ ޓީމް ފައިނަލްގައި ކުޅޭ ގޮތަށެވެ.

މިއަދުގެ ރަސްމިޔާތުގައި ޕްރިންސިޕަލް ޢަބްދުލް މުޙްސިން ޢަބުދުލް ލަތީފް ވަނީ ވާހަކަފުޅު ދައްކަވައިފައެވެ. ޕްރިންސިޕަލްގެ ވާހަކަފުޅުގައި، މިފަދަ މުބާރާތްތައް ބޭއްވުމުގެ މަގުޞަދު ތަކުގެތެރޭގައި އެންމެ މުހިންމުކަމަކީ ދަރިވަރުންގެ ޞިއްޙީ ދުޅަހެޔޮކަން އިތުރު ކުރުންކަން ފާހަކަ ކުރެއްވިއެވެ. އަދި މިމުބާރާތް ކުރިޔަށް ގެންދިޔުމަށް ހަނިމާދޫ ގައި ޙަރަކާތްތެރިވާ ކުލަބު ޖަމިއްޔާތަކުން ދެއްވާ އެއްބާރުލުމަށް ޝުކުރު އަދާކުރައްވާފައި ވެއެވެ . އަދި ޚާއްޞަކޮށް އަހުމަދު ޖަލީލުގެ މަސައްކަތް ފާހަގަ ކުރައްވާ އޭނާއަށާއި ކްލަބް ޖަމްޢއްޔާތަކަށް ޝުކުރު އަދާކުރެއްވިއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ