ހަނިމާދޫ ސްކޫލް އިންޓަރ ހައުސް ސީނިއަރ ފުޓްސަލް މުބާރާތުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ފަހަތުން އަރާ ދޮށިމޭނާ ހައުސްގެ މައްޗަށް ފާށަނާ ހައުސް ކުރި ހޯދައިފިއެވެ. މިމެޗު ފާށަނާ ހައުސް ކާމިޔާބު ކުރީ 3-2 ލަނޑުންނެވެ.
ހިތްގައިމު ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ލަނޑު ފެނިގެން ގޮސްފައިވަނީ މެޗުގެ 6 ވަނަ މިނެޓުގައެވެ. އެއީ ފާށަނާ ހައުސްގެ ޖަރޒީ ނަންބަރު 11 މުހައްމަދު ނިހާން އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. މި ލަނޑާއެކު ދޮށިމޭނާއިން ކުޅުން ރަނގަޅުކޮށް މެޗުގެ 18 ވަނަ މިނެޓުގައި ވަނީ ލަނޑެއް ކާމިޔާބުކޮށްފައެވެ. މި ލަނޑު ކާމިޔާބު ކޮށްދިނީ އެޓީމުގެ ޖަރޒީ ނަންބަރު 9 ފަރުސާން އިބުރާހީމެވެ. މިނަތީޖާގައި އޮވެ ފުރަތަމަ ހާފު ނިމެން ދަނިކޮށް ފާށަނާ ހައުސް އިން ވަނީ މެޗުގެ 20 ވަނަ މިނެޓުގައި ލަނޑެއް ޖަހައިފައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޖާރޒީ ނަންބަރު 10 މުހައްމަދު ޒަމާއުއެވެ. ފުރަތަމަ ހާފު ނިމުނީ 2-1 ގެ ނަތީޖާއިންނެވެ.
ދެވަނަ ހާފުގައި ކުޅެން ނުކުމެ ފާށަނާއިން ވަނީ ދެލަނޑު ކާމިޔާބުކޮށް 3 ޕޮއިންޓް ކަށަވަރުކޮށްފައެވެ. އެޓީމުގެ ދެވަނަ ލަނޑު 22 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ އެޓީމުގެ ޖާރޒީ ނަންބަރު 7 ހަމްދާން ރާއިފެވެ. 3 ވަނަ ލަނޑު 28 ވަނަ މިނެޓުގައި ކާމިޔާބު ކޮދިނީ ފުރަތަމަ ލަނޑުވެސް އެޓީމަށް ކާމިޔާބު ކޮށްދިން މުހައްމަދު ޒަމާއުއެވެ.
މި މެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވިފައިވަނީ ފާށަނާ ހައުސްގެ ޖާރޒީ ނަންބަރު 10 މުހައްމަދު ޒަމާއުއެވެ. އޭނާއަށް އިނާމު ހަވާލުކޮށްދެއްވީ ހަނިމާދޫގެ ފުޓްބޯޅައަށް ވަރަށް ގިނަ ޙިދުމަތްތަކެއް ކޮއްދެއްވާފައިވާ އަބްދުއް ރައޫފް އަލީއެވެ.

މި މުބާރާތުގެ މެޗެއް މާދެން 16:00 ގައިވެސް އޮންނާނެއެވެ. ބައްދަލު ކުރާނީ ހުރަވީ ހައުސް އާއި ގާޒީ ހައުސްއެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ހަނިމާދޫ ރަސްމީ ފުޓްބޯޅަ ދަނޑުގައެވެ.
މި މެޗު ގޮށްކޮޅުގެ ފޭސްބުކް ޕޭޖުން ވަގުތުން ދުރަށް ފޮނުވާގޮތަށްވަނީ ހަމަޖެހިފައެވެ.


