ހުރަވީ ހައުސް އަތުން ގާޒީ ހައުސްއަށް ފަސޭހަ މޮޅެއް

ހަނިމާދޫ ކުޅިވަރު ފަހުގެ

ހަނިމާދޫ ސްކޫލް އިންޓަރ ހައުސް ސީނިއަރ ފުޓްސަލް މުބާރާތުގައި ހޯމަ ދުވަހު ހަވީރު ހުރަވީ ހައުސް އަތުން ގާޒީހައުސް ފަށޭހަ ކަމާއެކު މޮޅުވެއްޖެއެވެ.

ގިނަ ވަގުތު ގާޒީ ހައުސް މެޗު ކޮންޓްރޯލް ކުރި މިމެޗު ގާޒީ ހައުސް ކާމިޔާބުކުރީ 6-3 ގެ ނަތީޗާއަކުނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ގާޒީ ހައުސްގެ ޖޯޒީ ނަންބަރު 03 އަފުރާހް ހުސައިން ވަނީ މެޗު ފެށިތާ މާގިނައިރު ތަކެއްނުވެ ހެޓްރިކް ހަދާފައެވެ. އެނާ ލަނޑުތަށް ކާމިޔާބު ކޮދިނީ މެޗުގެ 5، 6، 8 ވަަނަ މިނެޓުގައެވެ. ގާޒީ ހައުސްގެ ލީޑު އިތުރަށް ފުޅާކޮށްދިނީ މެޗުގެ 10 ވަނަ މިނެޓުގައި އެޓީމުގެ ޖޯޒީ ނަންބަރު 10 އަޙްމަދު މުސްތާގެވެ. މުސްތާގު ލަނޑު ޖެހިތާ 5 ވަނަ މިނެޓު ފަހުން ހުރަވީން ވަނީ އެމީހުންގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށް ފަރަގު 1-4 ކަށް ކުޑަކޮށްފައެވެ. މިލަނޑު ކާމިޔާބު ކޮށްދިނީ އެޓީމުގެ ޖޯޒީ ނަންބަރު 10 އިބުރާހިމް މައާދުއެވެ.

ދެވަނަ ހާފުގައި ކުޅެންނުކުމެ 23 ވަނަ މިނެޓުގައި ހުރަވީ ވަނީ އިތުރު ލަނޑެއް ކާމިޔާބު ކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮދިނީ މުހައްމަދު ސާނީޒެވެ. މިލަނޑު ކާމިޔާބު ކުރެވުނު ނަމަވެސް ހުރަވީ ހައުސްއަށް އެދެވޭ ކުޅުމެއް ނުކުޅެވުމުގެ ސަބަބުން 26 އަދި 36 ވަނަ މިނެޓުގައި ގާޒީ ހައުސްވަނީ ލަނޑުޖަހައި އިތުރަށް ލީޑު ފުޅާކޮށްފައެވެ. 26 ވަނަ މިނެޓުގައި ލަނޑު ޖަހައިދިނީ ޖޯޒީ ނަންބަރު 03 އަފުރާހް ހުސައިންއެވެ. 36 ވަނަ މިނެޓުގައި ލަނޑު ޖަހައިދިނީ މުހައްމަދު ސަމްހާނެވެ. 6-2 ން މެޗު ނިމެން ދަނިކޮށް ހުރަވީ ހައުސްގެ ޖޯޒީ ނަންބަރު 07 މުޙައްމަދު ޒަޔާންވަނީ ލަނޑެއް ޖަހާ މެޗުގެ ނަތިޖާ 3-6 ބަދުލުކޮޮށްލައިފައެވެ. މެޗު ނިމުނީ މިނަތީޖާގައި އޮވެގެންނެވެ.

މި މެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވިފައިވަނީ ގާޒީ ހައުސްއަށް 4 ލަނޑު ކާމިޔާބު ކޮށްދިން އަފުރާހް ހުސައިންއެވެ. އޭނާއަށް އިނާމު ހަވާލުކޮށްދެއްވީ ކެތިއަރާގެ މީޑިއާ ކޯޑިނޭޓަރ ﷲޢަބްދު ނާޞިރެވެ.

ފޮޓޯ : ބްލެސިންގް ސެން

މި މުބާރާތުގެ 2 މެޗެއް މިއަދު ވެސް ކުޅޭނެއެވެ. ފުރަތަމަ މެޗުގައި ބަައްދަލުކުރާނީ ހުރަވީ ހައުސްއާއި ދޮށިމޭނާ ހައުސްއެވެ. މިމެޗު ފަށާނީ 16:15 ގައެވެ. ދެވަނަ މެޗުގައި ބައްދަލުކުރާނީ ފާށަނާ ހައުސްއާއި ގާޒީ ހައުސް އެވެ. މި މެޗު ފަށާނީ 17:10 ގައެވެ. މި ދެ މެޗުވެސް ކުޅުމަށް ހަމަޖެހިފައިވަނީ ހަނިމާދޫ ރަސްމީ ފުޓްބޯޅަ ދަނޑުގައެވެ.

މި ދެ މެޗު ގޮށްކޮޅުގެ ފޭސްބުކް ޕޭޖުން ވަގުތުން ދުރަށް ފޮނުވާގޮތަށްވަނީ ހަމަޖެހިފައެވެ.

ފޮޓޯ : ބްލެސިންގް ސެން

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ