ވެސްޓް ހޭމް ބަލިކޮށް ޔުނައިޓެޑް ކުއާޓާއަށް

ކުޅިވަރު ފަހުގެ

އަންގާރަ ދުވަހުގެރޭ ވެސްޓް ހޭމް ޔުނައިޓެޑް ބަލިކޮށް އިނގިރޭސި އެފްއޭ ކަޕުގެ ކުއާޓާފައިނަލަށް މެންޗެސްޓާ ޔުނައިޓެޑް ދަތުރުކޮށްފިއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ޔުނައިޓެޑް މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މި މެޗުގައި ޔުނައިޓެޑުން ގިނަ ހަމަލާތަކެއް އުފެއްދިއިރު، ފުރަތަމަ ހާފުގައި އެ ޓީމުގެ ވިކްޓަ ލިންޑެލޮފް ބޮލުން ފޮނުވާލި ބޯޅައެއް ވެސްޓް ހޭމުގެ ކީޕަރު ލޫކަސް ފަބިއާންސްކީގެ އަތުގައި ޖެހިފައިވަނީ ގޯލުގެ އަރިމަތީ ދަނޑިއަށް އަމާޒުވެފައެވެ. އަދި ދެވަނަ ހާފުގައި އޭރިއާ ތެރެއިން ޔުނައިޓެޑުގެ މާކަސް ރެޝްފޯޑް ފޮނުވާލި ބޯޅައެއްވެސް ފަބިއާންސްކީ ވަނީ ދިފާއުކޮށްފައެވެ.

މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު ލަނޑެއް ނުޖެހި އެއްވަރުވެފައި އޮތުމުން، އިތުރު ވަގުތުގެ ދެ ހާފު ކުޅުނުއިރު، ފުރަތަމަ ހާފުގައި ޔުނައިޓެޑުން ވަނީ ލީޑު ނަގާފައެވެ. އެގޮތުން މި ހާފުގެ ހަތްވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު ސްކޮޓް މެކްޓޮމިނޭއެވެ.

މި މޮޅާއެކު އެފްއޭ ކަޕުގެ ކުއާޓާއަށް ޔުނައިޓެޑް ދަތުރުކުރިއިރު، މިއީ ޔުނައިޓެޑުން މި މުބާރާތުގެ ކުއާޓާގައި ޖެހިޖެހިގެން ވާދަކުރާ ހަތްވަނަ ފަހަރެވެ. ޔުނައިޓެޑުން އެންމެ ފަހުން 2016 ވަނަ އަހަރު އެފްއޭ ކަޕް ކާމިޔާބުކުރިއިރު، އެ ޓީމުން ވަނީ މިހާތަނަށް 12 ފަހަރު މި މުބާރާތް ކާމިޔާބުކޮށްފައެވެ.

މީގެ އިތުރުން އެފްއޭ ކަޕުގައި އަންގާރަ ދުވަހުގެރޭ ކުޅުނު އަނެއް މެޗުން ބޯންމަތު ވަނީ 2-0 ގެ ނަތީޖާއަކުން ބާންލީ ބަލިކޮށް ކުއާޓާގެ ޖާގައެއް ކަށަވަރުކޮށްފައެވެ. މިއީ ފާއިތުވި 64 އަހަރު ތެރޭ މި މުބާރާތުގެ ކުއާޓާގައި ބޯންމަތު ކުޅޭނެ ފުރަތަމަ ފަހަރެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ