ހަނިމާދޫ ސްކޫލް އިންޓަރ ހައުސް ސީނިއަރ ފުޓްސަލް މުބާރާތުގެ ފައިނަލުގެ ޖާގަ ގާޒީ އާއި ދޮށިމޭނާއަށް

ހަނިމާދޫ ކުޅިވަރު ފަހުގެ

ހަނިމާދޫ ސްކޫލް އިންޓަރ ހައުސް ސީނިއަރ ފުޓްސަލް މުބާރާތުގައި މިއަދު ހަވީރު ގާޒީ އަދި ދޮށިމޭނާ ބައްދަލު ކުރި މެޗުން ގާޒީ ބަލިވި ނަމަވެސް ޕޮއިންޓް ތާވަލުގެ އެއްވަނާގައި އޮވެގެން ގާޒީ ފައިނަލަށް ދަތުރު ކުރިއިރު ދޮށިމޭނާ ފައިނަލަށް ދަތުރުކުރީ ޕޮއިންޓު ތާވަލުގެ ދެވަނަ ހޯދައިގެންނެވެ. ގާޒީ ހައުސް އަށް ޕޮއިންޓް ތާވަލުގެ އެއްވަނަ ލިބުނީ ދޮށިމޭނާއަަށްވުރެ ފައިދާ ގޯލު ގިނަވީމައެެވެ.

ގާޒީ އަދި ދޮށިމޭނާ މިއަދު ބައްދަލުކުރި މި މެޗުން ގާޒީ ބަލިވީ 2-1 ގެ ނަތީޖާ އިންނެވެ. މިމެޗުގައި ގާޒީއަށް ކާމިޔާބު ކުރެވުނު ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ އަހުމަދު މުސްތާގުއެވެ. ދޮށިމޭނާގެ ދެލަނޑު ކާމިޔާބު ކޮށްދީފައި ވަނީ އަލީ ހައިޝަމް އަދި ނާއިލް ޔޫސުފްއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މި މެޗުގެ މޮޅު ކުޅުން ތަރިއަކަށް ހޮވިފައިވަނީ ނާއިލް ޔޫސުފްއެވެ.

މި މުބާރާތުގައި މިއަދު ފާށަނާ އަދި ހުރަވީ ބައްދަލު ކުރި މެޗު ނިމުނީ 1-1 އެއްވަރު ވެގެންނެވެ . ފާށާނާއަށް ލަނޑު ކާމިޔާބުކޮށްދިނީ މުހައްމަދު ޒަމާއުއެވެ. ހުރަވީ އަށް ލަނޑު ކަމިޔާބުކޮށްދިނީ އިބްރާހިމް މާދު އެވެ.

މިމެޗުގެ މޮޅު ކުޅުން ތެރިއަކަށް ހޮވިފައިވަނީ އިބުރާހިމް މާދުއެވެ. މިއަދު ކުޅުނު މެޗުތަކުގެ މޮޅުކުޅުންތެރިން އަށް އިނާމު ހަވާލުކޮށްދެއްވީ މެޗުގެ ޝަރަފުވެރި މެހެމާން ސާއްބަ އެކުވެރި ކުލަބުގެ ޖެނަރަލް ސެކެރެޓަރީ ދާޢޫދު ރަޝީދު އެވެ.

މާދަމާ ހަވީރު މި މުބާރާތުގެ ފައިނަލު ކުޅޭނެއެވެ. މިމެޗު ގޮށްކޮޅުގެ ފޭސްބުކް ޕޭޖުން ވަގުތުން ދުރަށްފޮނުވާ ގޮތަށްވަނީ ހަމަޖެހިފައެވެ.

ފޮޓޯ : ބްލެސިންގް ސެން

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ