ހަނިމާދޫ ސްކޫލް އިންޓަރ ހައުސް ސީނިޔަރ ހޭންޑް ބޯލް މުބާރާތް ފަށައިފި

ހަނިމާދޫ ކުޅިވަރު ފަހުގެ

ހަނިމާދޫ ސްކޫލް އިންޓަރ ހައުސް ސީނިޔަރ ހޭންޑް ބޯލް މުބާރާތް އާދީއްތަ ދުވަހު ހަވީރު، ހަނިމާދޫ ސްކޫލްގައި ފަށައިފިއެވެ. މިއީ އެ ސްކޫލުގެ ސްޓޫޑެންޓް ކައުންސިލުގެ ފަރާތުން ރާވާ ހިންގާ މުބާރާތެކެވެ.

ހަނިމާދޫ ސްކޫލްގެ ކުރީގެ މުދައްރިސް ޝަޒިއްޔާ ޝާކިރު ޝަރަފުވެރި ކޮށްދެއްވާ، މި މުބާރާތް ފެށުމުގެ ގޮތުން، ދިދަ ނެގުމުގެ ޙަރަކާތެއް ވަނީ ކުރިޔަށް ގެންގޮސްފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ދިދަ ނެގުމުގެ ހަރަކާތުގައި ސްކޫލް ދިދަ ނަންގަވައިދެއްވީ ސްކޫލްގެ ޕްރިންސިޕަލް ޢަބްދުލް މުޙްސިން ޢަބުދުލް ލަތީފްއެވެ. ސްޓޫޑެންޓް ކައުންސިލްގެ ދިދަ ސްކޫލްގެ ކެޕްޓަން ނަގާދިން އިރު 4 ހައުސްގެ ދިދަ ނަގައިދިނީ އެ ހައުސް ތަކުގެ ވައިސް ކެޕްޓަނުންނެވެ. ޤައުމީ ދިދަ ނަންގަވައިދެއްވީ މުބާރާތުގެ ޝަރަފުވެރި މެހެމާނާ ޝަޒިއްޔާ ޝާކިރުއެވެ.

ސްޓޫޑެންޓްސް ކައުންސިލުން މައުލޫމާތު ދޭ ގޮތުގައި މި މުބާރާތް ކުޅުމަށް ހަމަޖެހިފައިވަނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ވާދަކޮށް އެންމެ ގިނަ ޕޮއިޓް ލިބޭ ދެ ޓީމް ފައިނަލްގައި ކުޅޭ ގޮތަށެވެ.

މި ރަސްމިއްޔާތުގައި ވަނީ ހޭންޑް ބޯލް ކޭންޕެއް ކުރިއަށް ގެންގޮސްދެއްވި ޕޮލިސް ސްޓާފް ސާޖަންޓް ހުސެޢިން ޢަލީއަށް އެކަމުގެ އަގުވަޒަންކޮށް ހަނދަނީ ލިޔުން އަރުވާފައެވެ. އެލިޔުން ހަވާލުކޮށްދެއްވީ ހަނިމާދޫ ސްކޫލްގެ ޕްރިންސިޕަލް ޢަބްދުލް މުޙްސިން ޢަބުދުލް ލަތީފްއެވެ.

މި ރަސްމިއްޔާތަށްފަހު ވަނީ މި މުބާރަތުގެ ފުރަތަމަ މެޗު ކުޅެފައެވެ. އެމެޗުގައި ބައްދަލުކުރީ ދޮށިމޭނާ ހައުސް އާއި ހުރަވީ ހައުސް އެވެ. މިމެޗު 7-2 ކާމިޔާބުކުރީ ދޮށިމޭނާ ހައުސްއެވެ.

މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ދޮށިމޭނާ ހައުސްގެ އައިމިނަތު ރާނިޔާއަށް އިނާމު ހަވާލުކޮށްދެއްވީ މުބާރާތުގެ ޝަރަފުވެރި މެހެމާނާ ޝަޒިއްޔާ ޝާކިރުއެވެ.

މުބާރާތުގެ މެޗެއް މިއަދު ވެސް ކުޅޭނެއެވެ. ބަައްދަލުކުރާނީ ފާށަނާ ހައުސްއާއި ގާޒީ ހައުސްއެވެ. މިމެޗު ފަށާނީ 16:30 ގައެވެ. މި މެޗުވެސް ކުޅުމަށް ހަމަޖެހިފައިވަނީ ހަނިމާދޫ ސްކޫލް ގޯތިތެރޭގައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ