ސިފައިން ރިޓަޔަރކުރެވޭ ގޮތްތަކުގެ ތެރެއަށް އިތުރު ދެކަމެއް އިތުރުކޮށް، ޤާނޫނު ބަދަލުކުރަން ހުށަހަޅައިފި

ޚަބަރު ފަހުގެ

ސިފައިން ރިޓަޔަރކުރެވޭ ގޮތްތަކުގެ ތެރެއަށް އިތުރު ދެކަމެއް އިތުރުކޮށް، ޤާނޫނު ބަދަލުކުރަން ހުށަހަޅައިފި އެވެ.

ސިފައިންގެ ޤާނޫނަށް އިސްލާހް ހުށަހެޅުއްވީ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އިބްރާހިމް ރަޝީދު އިސްލާހް ހުށަހެޅުއްވީ ސިފައިންގެ ޤާނޫނުގެ 30 ވަނަ މާއްދާގެ (ށ) ގެ 4 ވަނަ ނަމްބަރުގެ ތިރިޔަށް ދެ ނަންބަރެއް އިތުރުކުރުމަށެވެ.

ޤާނޫނަށް އިތުރުކުރާ ދެ ނަމްބަރަކީ:

  • ސިފައިންގެ ފޯސް ސްޓްރަކްޗަރ ދެމެހެއްޓުމަށް.
  • ސިފައިންގެ ވަޒީފާގައި އެންމެ ޤާބިލު މީހުން ބޭތިއްބުމަށް އިސްކަންދިނުމަށް.

ސިފައިންގެ ޤާނޫނުގެ 30 ވަނަ މާއްދާއަކީ ޝަރަފުވެރިކަމާއެކު ވަޒީފާއިން ވަކިވުން ބަޔާންކުރާ މާއްދާ އެވެ. އެ މާއްދާގެ (ހ) ސިފައިންގެ މީހަކު އެމީހެއްގެ ވަޒީފާއިން ވަކިކުރެވިފައިވަނީ މިޤާނޫނުގެ 31 ވަނަ މާއްދާގައި ބުނެފައިވާ ޙާލަތުންކުރެ ޙާލަތެއްގައި ކަމުގައިނުވާނަމަ، ސިފައިންގެ ވަޒީފާއިން ވަކިވާ ކޮންމެ މީހަކީ މިޤާނޫނުގެ ދަށުން ހަދާ ރިޓަޔަރމަންޓް ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ޝަރަފުވެރިކަމާއެކު ސިފައިންގެ ވަޒީފާއިން ވަކިވި މީހެއްކަމަށް މިނިސްޓަރަށް ކަނޑައެޅިދާނެ ކަމަށެވެ.

އެ މާއްދާގެ (ށ) ގެ ބުނެފައިވަނީ ސިފައިންގެ މީހަކު ރިޓަޔަރ ކުރެވޭނެ އަންނަނިވި ގޮތްތައް ސިފައިންގެ ރިޓަޔަރމަންޓް ގަވާއިދުގައި ހިމަނަންވާނެ ކަމަށެވެ.

  • ރޭންކަށް ކަނޑައެޅިފައިވާ އުމުރު ހަމަވުން.
  • ކަނޑައެޅިފައިވާ ވަކި މުއްދަތަކަށް އެއްމަގާމެއްގައި ހުރުން.
  • ޞިއްޙީ ޙާލަތު ތަންނުދިނުން.
  • އަމިއްލައަށް އެދިގެން.

ބިލް ބަލައިގަތުމަށް އަންގާރަ ދުވަހު ނެގުނު ވޯޓުގައި، ބަލައިގަންނަން ފެންނަކަމަށް 45 މެމްބަރަކު ވޯޓުދެއްވާފައިވެއެވެ. އެހެންކަމުން ބިލް ދިރާސާކުރުމަށް ސަލާމަތީ ހިދުމަތްތަކާއިބެހޭ ކޮމެޓީއަށް ވަނީ ފޮނުވާފަ އެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ