ކުލީ ގަލަަމެެއްގެ ބާތިލު ދައުވާ! މި ޒަމާނުގައި ގައުމުގެ ސަލާމަތްކަން ހޯދަނީ ބޭރު މީހުންގެ މައްޗަށް ބަރޯސާވެގެންބާ؟

ރިޕޯޓް އިޖުތިމާޢީ ފަހުގެ

ޝައްކެއްނެތް ގޮތުގައި ދުނިޔޭގެ ބާރުވެރި ގައުމުތަކުގެ އަސްކަރީ މަރުކަޒުތައް އެހެން ގައުމުތަކުގައި ގާއިމުކުރެވިފައި ވެއެވެ. އެކަމުގައި ތަފާތު ސަބަބުތައް އޮވެއެވެ. ޖަޕާނާއި ޖަރުމަނުގައި އެމެރިކާގެ އަސްކަރީ މަރުކަޒު ގާއިމުވެފައި އޮތީ ދެވަނަ ބޮޑު ހަނގުރާމައަށް ފަހު އެއްބަސްވެވުނު ސުލްހައިގެ މުއާހަދާއިގެ ދަށުންނެވެ. ޖަޕާނާއި ޖަރުމަނަކީ ދެވަނަ ބޮޑު ހަނގުރާމައިގައި ކުށްވެރިވި ފަރާތްތަކަށް ބަލައި އެ ދެގައުމުގު ކުރިއަށް އޮތްތަނުގައި އަސްކަރީ ބާރަކަށްވެ ނުދިުމުގެ ގޮތުންނެވެ.

ފުރަތަމަ ބޮޑު ހަނގުރާމައިގެ ނިމުމާއި ވިދިގެން އުސްމާނީ ދައުލަތާއި އިއްތިހާދީންނާއި ކުރެވުނު ސެވްރެސްގެ އެއްބަސް ވުމުގެ ދަށުން، ތުރުކީގައި ވެސް އިއްތިހާދީންގެ ސިފައިން ތިއްބެވެ. ނަމަވެސް، ތުރުކީންގެ ޖުމްހޫރީ ލަޝްކަރުން މިކަމާ ނުރުހި، ހަނގުރާމަ ފެށި، އެންމެ ފަހުން އިއްތީހާދީންނަށް މަޖުބޫރުވީ ސެވްރެސްގެ މުއާހަދާ އުވާލައި ލޯސޭންގެ އާ މުއާހަދާއެއް ލިޔާށެވެ. މި އާ މުއާހަދާގެ ދަށުން ތުރުކީ އިއްތިހާދީންގެ ނުފޫޒުގެ ދަށުން ސަލާމަތްވެ، ތުރުކީގެ މަސީރު އަމިއްލަ އަށް ކަނޑައެޅުމުގެ މިނިވަންކަން ލިބުނެވެ. ފަހަރެއްގައި ވެސް ތުރުކީއަކުން އެމީހުންގެ ގައުމުގެ ސަލާމަތްކަން އޮތީ ބޭރު ސިފައިން ތިބެގެން އެހީގައި ކަމެއް ނުދެކެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މެދު އިރުމަތީގެ އެންމެ ކުޑަ ގައުމުތަކުގެ ތެރޭގައި ހިމެނޭ އިޒުރޭލަކީ އެއްވެސް ގޮތަކަށް އެގައުމުގައި ބޭރުގެ ސިފައިން ތިބެން އެއްބަސް ނުވާ ގައުމެކެވެ. ހުރިހާ ގޮތަކަުންވެސް އެންމެ ބޮޑަށް އެގައުމަށް އެހީވެދޭ އެމެރިކާގެ ސިފައިން ވެސް އެގައުމުގައި ތިބުމަށް އިޒުރޭލުން ހުއްދައެއް ނުދެއެވެ.

ހަމަ އެހެންމެ، އޭޝިއާގެ ބައެއް ގައުމުތަކަށް ބަލާލާއިރުވެސް، ބޭރުގެ ސިފައިން ނުތިބޭ ގައުމުތައް ވެސް އެބަހުއްޓެވެ. ސިންގަޕޫރަކީ އޭޝިޔާގެ ކުޑަ ގައުމަކަށް ވިޔަސް، އެ ގައުމުގެ ކަނޑުގެ ސިފައިނާއި ވައިގެ ސިފައިންނަކީ އޭޝިޔާގައި ހިމެނޭ އެންމެ ވަރުގަދަ ކަނޑުގެ ސިފައިންގެ ބާރާއި ވައިގެ ސިފައިނގެ ބާރުތަކުގެ ތެރޭގައި ހިމޭނޭ ބާރެކެވެ.

މީގެ އިތުރުން، 1945ގައި ދެވަނަ ބޮޑު ހަނގުރާމަ ނިމި، އިސްތިއުމާރީ ބާރުތަކަުގެ ވެރިކަމުގެ ދައުރު ނިމި، އަދާ ހަމައަށް އައި އިރު، ދުނިޔޭގެ ގައުމުތަކުގައި ބޭރުގެ އަސްކަރީ ބާރުތަކުގެ މަރުކަޒުތައް ދުވަހަކުން ދުވަހަކަށް އަންނަނީ މަދުވަމުންނެވެ. މީގެ ތަފްސީލު ބޭނުން މީހަކަށް އެކަމާ ބެހޭ މައުލޫމާތު ލިބޭނެއެވެ.

ކަންތައް މިހެން އޮތް އިރު، ޝައްކެއްނެތް ގޮތުގައި، ބައެއް ގައުމުތަކުގައި ބޭރު ގައުމުތަކުގެ އަސްކަރީ މަރުކަޒުތައް އެބަހުއްޓެވެ. ތިރީގައިވާ ލިޔުމުގައި ބަޔާންކުރެވިފައިވާ ފަދައިން، ސައުދީ އަރަބިޔާގައްޔާއި އަދި މިސުރުގައި އެމެރިކާގެ އަސްކަރީ މަރުކަޒުތައް އެބަ ހުއްޓެވެ. ސުއާލަކީ މި މަރުކަޒުތަކުގެ އަސާސީ ބޭނުމަކީ ކޮބައި ހެއްޔެވެ؟

މި ސުއާލުގެ ޖަވާބުގައި ކުރު ގޮތަކަށް ބުނެވޭނީ ސައުދީ އަރަބިޔާގައްޔާއި މިސުރުގައި އެމެރިކާގެ އަސްކަރީ މަރުކަޒުތައް ގާއިމުކުރެވިފައި ވަނީ ފަހަރެއްގައި ސައޫދީއާއި މިސުރުގެ ދިފާއުގައެއް ނޫނެވެ. އެމެރިކާގެ އަމިއްލަފައިދާ އަށެވެ. އަދި، އެތަންތަނުގައި އޮތް ވެރިކަން ދިފާއުކުރުމަށެވެ. އެތަންތަނުގެ ވެރިކަން ދިފާއުކުރުމުގެ ބޭނުމަކީ އެ ވެރިކަން އޮތުމުން، އެމެރިކާގެ މަސްލަހަތު ދިފާއުކުރުމަށް އެހީ ލިބޭނެތީއެވެ. މިކަމާ ބެހޭ ގޮތުން ކުޑަ އެއްޗެއް ބުނެލާނަމެވެ.

ދުނިޔޭގަައި އެއްވެސް ކަމެއް ތެލާ ނުލައި ކުރެވެން ނެތޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. ބާރުގަދަ ގައުމުތަކުގެ ބާރުގެ ބޭނުންކުރެވެން ވެސް އޮތީ ތެލުގެ ޒަރިއްޔާއިންނެވެ. އަދި، އެބާރަށް އިތުރު ބާރު ލިބޭ ވިޔަފާރިއާއި ޓެކޮނޮލޮޖީގެ ކުރިއެރުން ވެސް އޮތީ ތެލާ ގުޅިފައެވެ. މިކަމުގެ ޚުތޫރަތްތެރިކަން އެންމެ ފާޅު ގޮތެއްގައި ފެނިގެން ދިޔައީ ނަވާރަ ސަތޭަކަ ހަތްދިހަ ތިނެއްގައި އަރަބި ގައުމުތަކުން ހުޅަނގަށް ތެޔޮ ވިއްކުން ހުއްޓާލުން އިއުލާނުކުރުމާ ވިދިގެންނެވެ. ކޮންމެ އަކަސް، މިކަމުން ހުޅަނގަށް، ޚާއްސަކޮށް އެމެރިކާއަށް ލިބުނު އެއްފިލާވަޅަކީ އަރަބި ދުނިޔޭގެ ތެޔޮ އެމީހުންގެ ނުފޫޒު ފޯރާގޮތަށް ބޭއްވުމެވެ. އަދި، މިގޮތުން އެޅުނު ފިޔަވަޅުތަކުގެ ތެރޭގައި ތެލުގެ މުއްސަނދިކަން އޮތް އަރަބި ގައުމުތަކުގައި އަސްކަރީ މަރުކަޒުތައް ގާއިމުކޮށް އެގައުމުތަކުގައި އެމީހުންނަށް ތާއިދުކުރާ ސަރުކާރުތައް ގާއިމުކޮށް ދެމެހެއްޓުން މުހިއްމު ކަމެއްކަމުގައި ބެލެވުނެވެ. ފަހަރެއްގައި ވެސް، އެމެރިކާގެ އަސްކަރީ މަރުކަޒު ސައޫދިޔާގައި އޮތީކީ ސައުދީ އަރަބިއްޔާއާއި އާންމު ސައުދީން ދިފާއުކުރާކަށް ނޫނެވެ. މިކަމުގެ އެންމެ ބޮޑު ހެކި ލިބެނީ އެމެރިކާގެ ނުފޫޒުގަދަ ދެ ލިޔުންތެރިޔަކުކަމުގައިވާ ޑޭވިޑް ފުރަމްއާއި ރިޗާޑް ޕާރލް 2003ގައި ލިޔެ ޝާއިއު ކުރި ‘އެން އެންޑު ޓު އީވެލް – ހައު ޓު ވިން ދަ ވޯ އޮން ޓެރަރ”، މި ފޮތުންނެވެ. މިފޮތުގައި މި ފޮތުގެ މުސައްނިފުން އެމެރިކާއަށް ގޮވާލައިފައި އޮތީ ސައުދީ އަރަބިއްޔާއާ ހަނގުރާމަކޮށް، އިރާގު ފުނޑުފުނޑުކޮށްލި ގޮތަށް ފުނޑުފުނޑުކޮށްލާށެވެ. (މިފޮތުގެ ޚުލާސާ އޮންލައިންކޮށް ލިބެން އޮންނާނެއެވެ. ބޭނުން މީހަކަށް ކިޔޭ ގޮތަށެވެ.)

ދެން މިސުރުގައި އެމެރިކާގެ އަސްކަރީ ނިޒާމެއް ގާއިމު ވެފައި އޮތީ މިސުރުގެ ފައިދާއަކަށް ނޫނެވެ. މިސުރު އަމިއްލ ޚާރިޖީ ސިޔާސަތެއް ގެންގުޅެ، ފަލަސްތީނަށް ބާރު ލިބޭފަދަ ގޮތަކަށް ކަންތައް ކޮށްފާނޭ ސަރުކާރެއް އަތުވެދާނެތީއެވެ. މީގެ ހެއްކެއް ހޯދަން ބޭނުންނަމަ މާ ދުރަކަށް ދާކަށް ނުޖެހެއެވެ. 1956ގައި ސުއޭޒުގެ މައްސަލަ ނިމިގެން ސުއޭޒުގެ ބާރު މިސުރުގެ އަތްދަށަށް އައިގޮތާއި އެކަމާ ވިދިގެން އޭރުގެ މިސުރުގެ ރައީސަކީ ހުޅަނގަށް އޮތް ބޮޑު ނުރައްކަލަކަށް ވެގެން ދިޔަ ގޮތް ބަލާލާށެވެ. އަދި، 2013ގައި އެންމެ ތި ކިޔާ ޑިމޮކުރަސީ މިސުރުުގައި ގާއިމުވެ، ފަލަސްތީނާ އެއްކޮޅު ސިޔާސަތެއް ގެންގުޅެން ފަށައި، ރަފަހު ހުޅުވާލުމުން، މިސުރުގެ ޑިމޮކުރަސީއާ އެންމެ ބޮޑަށް ދެކޮޅު ހެދީ އެމެރިކާއާއި އިޒުރޭލުންނެވެ. އަދި، މިސުރުގައި އޮތް ޑިމޮކުރަސީ އުވާލައި އަސްކަރީ ވެރިކަމެއް އައުމުން އެކަން ކުށްވެރިކުރީ ކާކު ހެއްޔެވެ؟ މިއަދު ބަރުމާގައި އަސްކަރީ ނިޒާމެއް ގާއިމުކުރެވުމުން އެކަން ކުށްވެރިކޮށް އެކަމާ ހަރުކަށި ފިިޔަވަޅު އެޅި ގޮތަށް މިސުރުގެ އަސްކަރީންނާ ދޭތެރޭ ފިޔަވަޅު އެޅުނު ހެއްޔެވެ؟ ނޭޅެއެވެ. ކޮންމެ އަކަސް، ފާހަގަކޮށްދޭން ބޭނުންވަނީ ސައުދީގައި ވެސް އަދި މިސުރުގައި ވެސް އެމެރިކާގެ އަސްކަރީ މަރުކަޒެއް އޮތީކީ މިސުރުގެ އާންމު ފައިދާއަކަަށް ނޫންކަމެވެ. އެއީ އެމެރިކާގެ މަސްލަހަތާއި އެތަންތަނުގައި އޮތް އާއިލީ ނުވަތަ ޒާތީ ވެިރިކަން ދިފާއުކުރުމައްޓަކައެވެ. އެ ސަރުކާރުތައް ދިފާއުކުރަނީ އެމެރިކާގެ މަސްލަހަތު އެ ސަރުކާރުތަކުން ދިފާއުކޮށްދޭ ނަމައެވެ.

ދެން އޮތް ފަހުގެ ނުކުތާއަކީ ދެވަނަ ބޮޑު ހަނގުރާމައަށް ފަހު، އުސޫލެއްގެ ގޮތުން، ހަނގުރާމަތައް ހުއްޓުވައި ސުލްހަ ގާއިމުކުރުން ބިނާވާން ޖެހެނީ ހަނގުރާމަތައް މެދުވެރިކުރުވާ ސަބަބުތައް ނައްތާލައިގެންނެވެ. އަމިއްލަ ގައުމުތަކުގެ އަސްކަރީ ބާރު ބޭނުންކޮށްގެން ނޫންކަމެވެ. މި ގޮތުން، ބައިނަލް އަގުވާމީ މުއައްސަސާތައް ގާއިމުކުރެވުނެވެ. ޚާއްސަ ގޮތެއްގައި އެކުވެރި ދައުލަތްތަކުގެ މުނައްޒަމާއެވެ. އާދެ، އ.ދ. ނުވަތަ ޔޫ.އެން.އެވެ. އަދި މި ފަދަ ޖަމުއިއްޔާތައް މެދުވެރިކޮށް ގާނޫނުތަކާއި މުއާހަދާތައް އެކުލަވާލެވުނެވެ. މިކަން މި ގޮތަށް ކުރަން މަޖުބޫރުވީ ފުރަތަމަ ބޮޑު ހަނގުރާމަ ނިމި، ދެން އުފެދުނު ލީގް އޮފް ނޭޝަންސް ގެ އިތުބާރު ގެއްލެން ދިމާވި އެއް ސަބަބަކީ ލީގު އެއްކިބާކޮށް ދޭދޭ ގައުމުން އެމީހުން ހިތު ހުރި ގޮތަކަށް އެމީހުންގެ އަސްކަރީ ކަންތައްތައް ގެންގުޅެން ފެށުމުންނެވެ. ނަތީޖާއަކަށްވީ ހިޓިލަރުގެ ލަޝަކަރު ތިރީގައި އެބުނާ ސުލްހަ ގާއިމުކުރުމުގެ ނަމުގައި އެކި ގައުމުތަކަށް އަރައިގަތުމެވެ. އަދި ދެވަނަ ބޮޑު ހަނގުރާމަ ފެށުމެވެ.

އެހެންވެ، ބޭރުގައުމުތަކުގެ އަސްކަރީ މަރުކަޒުތައް އެކި ގައުމުތަކުގައި ގާއިމުވެގެން ދަނީ ގިނަ އެ އަސްކަރީ މަރުކަޒުތައް ތަމްސީލުކުރާ ގައުމުތަކުގެ މަސްލަހަތު ދިފާއުކުރުމަށެވެ. ރާއްޖޭގައި ވެސް އެކަން އެވަނީ ހަމަ އެފަދައިންނެވެ. އިންޑިޔާގެ އަސްކަރީ މަރުކަޒުތައް ގާއިމުވެ، އެމީހުންގެ އަސްކަރީން އެކި ނަންނަމުގައި ރާއްޖޭގައި ތިބޭނީ ރާއްޖޭގެ މަސްލަހަތު ދިފާއުކުރާކަށް ނޫނެވެ. އެމީހުންގެ އަމިއްލަ މަސްލަހަތު ދިފާއުކުރާށެވެ. ދެން، އެމީހުންނަށް މިކަމުގެ މަގު ފަހިކޮށްދޭ މީހުންގެ ބާރު ދެމެހެއްޓެން އޮތްހާ ހިނދަކު އެކަން ކުރާނެއެވެ.

މީގެ އިތުރުން މިހާރު ތިރީގައި ލިންކު ދެވިފައިވާ ފަދަ ލިޔުންތައް ކުލީ ގަލަންތައް މެދުވެރިކޮށް ލިޔުއްވައި ޝާއިއުކުރަން ޖެހެނީ ދެ އަހަރުވަންދެން، އިންޑިޔާ ސިފައިންނެއް ރާއްޖެއަކު ނެތޭ ކިޔައި ދެއްކަމުންދިޔަ ވާހަކަތައް ދެން ނުދެއްކޭނޭ ހިސާބަށް ދިޔުމުން އެކަން ދިފާއުކުރުމުގެ ގޮތުން ލިޔެވޭ ވާހަކައެވެ. މިގެ މިސާލަކީ ނަހަލާލަށް ބަލިވެއިން މީހާގެ މިސާލެވެ. އޭނާ ބަލިވެ އިނުމުން އެކަމަށް އޭނައާއި އެގޭ އެންމެން އިންކާރުކުރިއެވެ. އަދި ހޮސްޕިޓަލަށް ގެންގޮސް ވިހާ ކޮޓަރިއަށް ވެއްދުމުން ވެސް އޭނާގެ މަންމަ އެކަމަށް އިންކާރުކުރިއެވެ. ދެން ދަރިފުޅު ތުރަވުމުން، މަންމައަށް ގޮވާ ގެނެސް ދެއްކިކަމަަށްވިއެވެ. އާދެ، މިހާރު މިއޮތީ އިންޑިޔާގެ ސިފައިންގެ މައްސަލަ ސަރުކާރުގެ މައިބަޑުން ތުރަވެ، ‘ޒިނޭއަށް’ އިންކާރު ނުކުރެވޭ ހިސާބަަށް ގޮއްސައެވެ. ދެން އޮންނާނީ އެކަން ދިފާއުކުރުމެވެ! މިކަމުގެ އިތުރު ވާހަކަތައް ފަހުން ގެނެވޭތޯ އިރާދަކުރެއްވިއްޔާ ބަލާނަމެވެ.

https://raajje.mv/95782

މީގެ އެންމެ ހިތާމަ ހުރިކަމަކީ މިކަމުގެ ޚަރަދުތައްވެސް ނޫނީ އެ ޚަރަދުތަކުގެ ބައެއް ނަމަވެސް ރާއްޖޭގެ ރައްޔިތުން ތަހައްމުލުކުރަން ޖެހުމެވެ. އަދި، މިހިނގާ ދިޔަ ފަނަރަ ވިއްސަކަށް އަހަރު ދުވަހުގެ ތެރޭގައި ރެއާއި ދުވާލު އެކަމަށް މަގުފަހިކޮށްދިނުމުގެ ގޮތުން މަސައްކަތްކޮށްދިން މީހުންނަށް ލީޑަރު ތަސްބީހަ ކިޔަންޖެހޭކަން ކުލީ ގަލަންތަކުންނާއި ކުލީ ދޫތަކުން ލިޔެ ގޮވާ ގޮވުންތަކަށް، ކުޑަކޮށް ވެސް އަމިއްލަ ވިސްނުމެއް ފިކުރެއް ހިންގާ ނުލައި އާންމުން އަތްޖެހުމެވެ. އާދެ، ތިމާގެ އަމިއްލަ މުދާ މީހަކު ވަގަށް ގެންދިޔުމުން، ވަގުކަލޭގެއަށް ތައުރީފުކޮށް ޝުކުރުކުރަންޖެހޭ ދުވަސް މިއިޮތީ އައިސްފައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ