10 އެޕްރީލުގައި އިންތިޚާބު ބޭއްވުމަށް ތައްޔާރުވަމުންދާކަމަށް އީސީން ބުނެފި

ޚަބަރު ފަހުގެ

މިއަހަރުގެ 10 އެޕްރީލުގައި އިންތިޚާބު ބޭއްވުމަށް ތައްޔާރުވަމުންދާކަމަށް އިލެޝަންސް ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފު ވިދާޅުވެއްޖެއެވެ.

ޝަރީފް މިހެން ވިދާޅުވެފައިވަނީ ޕީއެސްއެމް ނިއުސްއަށްދެއްވީ ޚާއްސަ އިންޓަވިއެއްގައެވެ. އެ އިންޓަރވިއުގައި ވާހަކަފުޅު ދައްކަވަމުން ޝަރީފް ވިދާޅުވީ، ޕެންޑަމިކްގެ ދުވަސްވަރަށް ވީނަމަވެސް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު މިހާރު ކަނޑައަޅާފައިވާ ތާރީޚުގައި ބޭއްވުމަށް މަސައްކަތް ކުރަމުންދާކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އަދި އިންތިޚާބުގެ ވޯޓުލުން 10 އެޕްރީލުގައި ބޭއްވުމަށް ކުރިވެންހުރި ހުރިހާ ތައްޔާރީތައް ކުރައްވަމުން ގެންދަވާކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވި ގޮތުގައި މިހާރު އެންމެ ބޮޑު އިސްކަމެއްދީގެން ކުރިއަށްގެންދަނީ ވޯޓާސް ރަޖިސްޓްރީގެ ސައްޙަކަން ކަށަވަރުކުރުމުގެ މަސައްކަތެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިޚާބަށް ކުރިމަތިލީ ކެނޑިޑޭޓުންގެ ތެރެއިން އިލެކްޝަންސް ކޮމިޝަނުން ނަން އަނބުރާ ގެންދިއުމަށް ހުޅުވާލި ފުރުޞަތުގައި 308 ކެނޑިޑޭޓަކު ވަނީ ނަން އަނބުރާ ގެންގެސްފައެވެ. އަދި ވާދަކުރާނެ އިތުރު ކެނޑީޑޭޓަކު ނެތުމުގެ ސަބަބުން ވޯޓަކާއި ނުލައި 120 މެންބަރަކު އިންތިޚާބުވެފައިވާކަން އީސީންވަނީ ކުރިން ހާމަކޮށްފައެވެ.

އިންތިޚާބުގެ ވޯޓުލުން 10 އެޕްރީލުގައި ބޭއްވުމަށް ތައްޔާރުވަމުން ދާކަމަށް ޝަރީފު ވިދާޅުވިނަމަވެސް، އެޗްޕީއޭގެ ގައިޑްލައިނާ ގުޅިގެން މިހާރު އިއުލާންކޮށްފައިވާ އޭޕްރީލް 10 އެއްގައި އިންތިހާބު ބޭއްވުމަށް ދަތިވާތީ އެ ތާރީހު ފަސްކުރުމަށް މަޖިލީހުގެ ލަފަޔަކަށް އީސީން އެދިފައިވާކަން ފާހަގަކޮށްލެވެއެވެ. ނަމަވެސް އީސީން މަޖިލީހަށް ފޮނުވި ސިޓީގެ ޖަވާބު ދެއްވަމުން ރައްޔިތުން މަޖިލީހުގެ ރައީސް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެތާރީހަށް އެއްވެސް ބަދަލެއް މަޖިލީހުން ނުގެންނާނެކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ