އެމްޑީޕީގެ ފަރާތުން ކައުންސިލު އިންތިހާބުގައި ވާދަކުރާ ހަނިމާދޫ ކެންޑިޑޭޓުންގެ އިތުރުން ހދ އަތޮޅުގެ ކެންޑިޑޭޓުންނާއި، ދެ ރައީސުން މިރޭ ބައްދަލުކުރައްވައި ކުރިއަށް ގެންދިޔަ ރަށްވެހި ފަތިސް ހަރަކާތުގައި ވާހަކަ ދައްކަވަމުން ހަނިމާދޫ ސްކޫލްގެ މަލްޓިޕާރޕަސް ހޯލް މި އަހަރުގެ އޭޕްރިލް މަހުގައި ނިންމައި ހަވާލުކުރެވޭނެ ކަމަށް މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. ޢާއިޝަތު ޢަލީ ވިދާޅުވެއްޖެއެވެ.
ހދ. ހަނިމާދޫ ސްކޫލްގެ މަލްޓިޕާރޕޯސް ހޯލް ޢިމާރާތްކުރުމަށް ފަށާފައި ވަނީ 2016 ވަނަ އަހަރުއެވެ.4.2 މިލިއަން ރުފިޔާގެ މި މަސައްކަތް ފުރަތަމަ ހަވާލުކުރީ އައިލެންޑް ލައިން ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކާއެވެ. ނަމަވެސް ތަފާތު އެކި ސަބަބުތަކާއި ހެދި އެހޯލުގެ މަސައްކަތްތައް ހުއްޓިފައި ހުރުމަށްފަހު ހޯލުގެ ނުނިމިހުރި މަސައްކަތްތައް އަލުން ފަށާފައިވަނީ 2019 ވަނަ އަހަރުގައި މިހާރުގެ ސަރުކާރުގެ ނައިބު ރައީސް ހަނިމާދޫއަށް ކުރެއްވި ދަތުރުފުޅަށް ފަހުގައެވެ.
މިހޯލް ބޭނުން ކުރެވެން ފެށުމަކީ 503 ދަރިވަރުން ތައުލީމު ހާސިލްކުރަމުން ގެންދާ އެ ސްކޫލުގެ ބެލެނިވެރިންގެ ބޮޑު އުންމީދެކެވެ.
ފޮޓޯ : މުހައްމަދު ނާސިހު


