ޖިރޫޑުގެ ލަނޑުން ޗެލްސީއަށް މޮޅެއް

ކުޅިވަރު ފަހުގެ

ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި ޗެލްސީން ރަށުން ބޭރުގައި އެތުލެޓިކޯ މެޑްރިޑް ބަލިކޮށްފިއެވެ.

އަންގާރަ ދުވަހުގެރޭ ކުޅުނު މެޗުން ޗެލްސީ މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ. މި މެޗުން ޗެލްސީ މޮޅުވިއިރު، އެ ޓީމުގެ ކޯޗުގެ މަގާމާ ތޯމަސް ޓުޗެލް ހަވާލުވި ފަހުން ކުޅުނު އަށް މެޗުންވެސް ޗެލްސީ ބަލިވެފައެއް ނުވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އެތުލެޓިކޯގެ ދަނޑުގައި ކުޅުނު މެޗުގައި ޗެލްސީން މޮޅު ކުޅުމެއް ދެއްކިއިރު، މި މެޗުގައި އެތުލެޓިކޯއަށް ޗެލްސީގެ ގޯލާ އަމާޒުކޮށް އެންމެ ހަމަލާއެއްވެސް ފޮނުވާލެފިފައެއް ނުވެއެވެ. އޭގެ ބަދަލުގައި ޗެލްސީން ގިނަ ހަމަލާތަކެއް އުފެއްދިއިރު، ފުރަތަމަ ހާފުގައި އެ ޓީމުގެ ޓިމޯ ވާނާ ފޮނުވާލި ހަމަލާއެއް އެތުލެޓިކޯގެ ގޯލްކީޕަރު ޔެން އޮބްލެކް ވަނީ ދިފާއުކޮށްފައެވެ.

މި މެޗުގައި ޗެލްސީން ލީޑު ނަގާފައިވަނީ 68 ވަނަ މިނެޓުގައި އޮލިވިއޭ ޖިރޫޑް ކާމިޔާބުކުރި ލަނޑުންނެވެ. އޭނާ މި ލަނޑު ކާމިޔާބުކޮށްފައިވަނީ އޯވަހެޑް ކިކަކުންނެވެ. ޖިރޫޑުގެ މި ލަނޑު އޮފްސައިޑް ކަމަށް އެންމެ ފުރަތަމަ ލައިންސްމަން ނިންމި ނަމަވެސް، ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) އިން ވަނީ ލަނޑު ޖެހުމުގެ ކުރިން ޖިރޫޑް ހުރީ އޮފްސައިޑް މަގާމެއްގައި ނޫން ކަމަށް ނިންމާފައެވެ. މި މެޗުގައި ޖެހި ލަނޑާއެކު ޖިރޫޑް ވަނީ މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި މިހާތަނަށް ހަ ލަނޑު ޖަހާފައެވެ.

ޖިރޫޑުގެ ހަމައެކަނި ލަނޑުން ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި ރަށުން ބޭރުގައި ކުޅުނު މެޗުން ޗެލްސީ މޮޅުވިއިރު، ދެވަނަ ލެގުގައި މި ދެ ޓީމު ބައްދަލުކުރާ މެޗު އޮންނާނީ ޗެލްސީގެ ދަނޑުގައި އަންނަ މާޗު މަހުގެ 18 ވަނަ ދުވަހުއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ