އިންތިހާބަށްފަހު ސަރުކާރަށް ޝަކުވާ ކުރާނެ ޖާގައެއް ނޯންނާނެ: ނަޝީދު

ޚަބަރު ފަހުގެ ސިޔާސީ

ލާމަރުކަޒީ ގާނޫނުގެ ދަށުން، ކައުންސިލްތަކަށް ދީފައިވާ ބާރުވެރިކަމާ ގުޅިގެން، އަލަށް އުފެދޭ ކައުންސިލްތައް އިންތިހާބުވުމަށްފަހު، ސަރުކާރަށް ޝަކުވާ ކުރާނެ ޖާގައެއް ނޯންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު އެހެން ވިދާޅުވީ އެމްޑީޕީ ކައުންސިލް އިންތިހާބުގެ ކެމްޕެއިން އަލުން ފެށުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމްޑީޕީ “ރަށްވެހިފަތިސް އަލިވިލުން” ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުންނާ ސީދާ ގުޅުންހުރި ކަންކަން ދެން ކުރާނީ ކައުންސިލްތަކުން ކަމަށާއި ސަރުކާރަށް ދެން ޝަކުވާ ކުރެވޭނީ “މުޅި ޖުމްލަ ރައްޔިތުންނާ ގުޅޭ ކަންކަމުގެ” ޝަކުވާ ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ރައީސް ނަޝީދު ވިދާޅުވީ 19 ވަނަ މަޖިލީހުން އެންމެ ފުރަތަމަ އަވަސްވެގަތީ ލާމަރުކަޒީ ނިޒާމު އިސްލާހު ކުރުމުގެ މަސައްކަތް ކަމަށާއި ސަރުކާރުން ހުށަހެޅި ގޮތަށް އެ މަސައްކަތް ނިމިފައިވާ ކަމަށެވެ. އެ ގާނޫނަށް އަމަލު ކުރަން ހުއްޓިފައި އޮތީ ކޮވީޑާ ގުޅިގެން އިންތިހާބު ލަސްވުމުން ކަމަށާއި އިންތިހާބަށްފަހު ސަރުކާރަށް ޝަކުވާ ކުރާނެ ޖާގައެއް ދެން ނޯންނާނެ ކަމަށެވެ.

“ތިމަންނާ ބޯ ފެން. ތިމަންނާ ދާ ފާހާނާ. ތިމަންނާ ރަށުގެ މަގު. ތިމަންނާ ރަށުގެ ވަޒީފާގެ ފުރުސަތު. ތިމަންނާގެ ދަރިންގެ ތައުލީމު، ތިމަންނާގެ ބޭސްފަރުވާ ތިމަންނާގެ ދަތުރުފަތުރު ކުރުން، ތިމަންނާނެގެ ދިރިއުޅުން، މުޅި ހަޔާތް، ހުއްޓިފައި އޮންނާނި ކައުންސިލް ވެރިކަމުގެ ދަށުގައި،” ރައީސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ބޯހިޔާވަހިކަމަކީ ރައްޔިތުންނަށް “ދަރާފައިވާ ބޮޑު ދަރަންޏެއް” ކަމަށާއި އަމާޒަކީ އެ މުހިއްމު މަސައްކަތް ހަގީގަތަކަށް ހެދުން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

“އެންމެ ފަހުން ބޭއްވި އިންތިހާބުގައިވެސް އަޅުގަނޑުމެން ބުނިން ގޯތި ކަނޑާފައި ދޭނަމޭ. އޭނާ އެބަ އަހާ އަޅުގަނޑު ގާތުގައި ކޮބާހޭ އެ ބިންކޮޅު. އޭނާ އެބަ އެހޭ އަޅުގަނޑު ގާތުގައި ކޮބާހޭ ތިމަންނާގެ ފްލެޓު. ކޮބާހޭ ތިމަންނާގެ ބޯހިޔާވަހިކަން” މައްޗަންގޮޅީ މެދު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ސަރުކާރަށްފަހު، ވޭތުވެދިޔަ ހަތް އަހަރުގެ ތެރޭގައި ފްލެޓެއް އެޅިފައި ނެތް ކަމަށެވެ. މިހާތަނަށް ބަޔަކު ވަދެފައި ވާނީ އެމްޑީޕީގެ ނިޒާމުން އިންތިޒާމުވެގެން އަޅާފައިވާ ފްލެޓްތަކަށް ކަމަށް ވިދާޅުވިއެވެ.

“ރާއްޖޭގެ ރައްޔިތުންނަށް އިންތިޒާމުވެގެން ރާއްޖޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަމެއް މިހާތަނަށް ވެސް ލިބިފައި ވަނީ މިއަދުވެސް ތީގެއިން އެއްވެސް ބޭފުޅެއް ވަދެވަޑައިގެން ތި ތިއްބެވީ އެމްޑީޕީގެ ނިޒާމުން، އިންތިޒާމުން، ކޮންޓްރެކްޓުން އަޅާފައިވާ ފްލެޓުން،” ނަޝީދު ވިދާޅުވިއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ