ﷲ ގެ ރަޙުމަތް ތަނަވެސްވެގެންވޭ – ޚުޠުބާ

ފަހުގެ ދީން

މާތް ﷲ އެކަލާނގެ އަޅުތަކުންނަށް ދެއްވާފައިވާ ނިޢުމަތުގެ ބޮޑުކަމުން އެކަންކަން ގުނާ އަދަދު ކުރުމަކީ އެއްވެސް އިންސާނަކަށް ކުޅަދާނަވެގެންވާނެ ކަމެއް ނޫންކަމުގައި މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.

” ﷲ ގެ ތަނަވަސް ރަހުމަތްފުޅު” މިމަޢުޟޫއަށް ދެވުނު ޚުޠުބާގައި ވަނީ އެއްވެސް އިންސާނަކު އަނެއް އިންސާނަކަށް ރަޙުމް ނުކުރާވަރަށް ﷲ އެ އިލާޙްގެ އަޅުތަކުންނަށް ރަޙުމް ކުރައްވާކަމަށާއި އަދި އެރަޙްމަތް ޢާއްމުވެ ޝާމިލްވެގެންވާކަމުގައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ﷲ ގެ ރަޙްމަތްފުޅުގެ ތަނަވަސްކަމުގެ މިސާލު ދައްކަވަމުން ފާހަގަ ކޮށްފައިވަނީ ﷲ ގެ އަޅަކު ފާފައެއް ކޮށްފިނަމަ ޖަޒާ ދެއްވާނީ ހަމައެކަނި އެޢަމަލަކަށްކަމާއި ނަމަވެސް ހެޔޮ ޢަމަލެއް ކޮށްފިނަމަ ގިނަ ގުނައިން ހަތް ސަތޭކަ ގުނައަށް ދެއްވާ ކަމުގައެވެ.

ޚުޠުބާގައި އިތުރަށް ވިދާޅުވީ، ކުރެވިފައިވާ ފާފަތަކުގެ ގިނަކަމުން މާޔޫސްވާކަށް ނުޖެހޭނެ ކަމަށެވެ. އަދި ކިތަންމެ ގިނަ ފާފަތަކެއް ކުރެވިފައި ވީނަމަވެސް އިހުލާސްތެރިކަމާއެކު ތައުބާވެ ހެޔޮ އަމަލު ކުރުމުން އެންމެހައި ފާފަތައް ﷲ ފުއްސަވައިދެއްވާނެކަން އަންގަވާފައިވާ ކަމަށާއި އަދި ހެޔޮ އަމަލު ގިނަ ކުރުމަކީ ފާފަތައް ފުހެވިގެންދާނޭ ކަމެއްކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ