ހަނިމާދޫ ރިހެބުގައި ހުއްޓާ ނިޔާވި އިބުރާހިމް ފައްވާޒު ވަޅުލައިފި

ހަނިމާދޫ ޚަބަރު ފަހުގެ

ހދ. ހަނިމާދޫގައި ގާއިމުކޮށްފައިވާ ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިޔުނިޓީ ރިހެބިލިޓޭޝަން ސެންޓަރުން ފަރުވާ ހޯދަން ގޮސް ހުއްޓާ އިއްޔެ ހެނދުނު ނިޔާވި 36 އަހަރުގެ އިބުރާހިމް ފައްވާޒު، ހ.އައުލް ނެސްޓު ގެ ހަށިގަނޑު ރޭ މާލެ ގެންގޮސް ވަޅުލައިފިއެވެ.

އެނާގެ މަޗައް ކުރެވުނު ކަށުނަމާދު ކޮށްފައި ވަނީ ރޭ ފަތިސް ނަމާދަށްފަހު މަސްޖިދުލް ތަޢާވުން، އާސަހަރާ މިސްކިތުގައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އިބުރާހިމް ފައްވާޒު ހަނިމާދޫ ރިހެބަށް ފަރުވާއަށް އައިސްފައި ވަނީ މިމަހުގެ 23 ވަނަ ދުވަހުއެވެ. އެދުވަހުން ފެށިގެން އެވެސް އެޗެއް އެނާއަށް ނުކެވޭ ކަމަށް ވަނީ އިތުބާރު ހިފޭ މަސްދަރަކުން ގޮށްކޮޅަށް މައުލޫމަތު ދީފައެވެ.

ފަރުވާގައި އެނާ ހުއްޓާ މަރުވުމާ ގުޅިގެން އެކަން ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. ރޭ ވަނީ ތަހުގީގަށް މާލެއިން ޓީމެއްވެސް އައިސްފައެވެ.

މިވަގުތުވެސް ފުލުހުން ދަނީ ހަނިމާދޫ ރިހެބުގައި ހަރަކާތްތެރި ވަމުންނެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ