ފޭދޫގައި މިރޭ ހިނގި މާރާ މާރީއެއްގައި 7 މީހުން ޒަހަމް ވެއްޖެ

ޚަބަރު ފަހުގެ

ފޭދޫގައި މިރޭ ހިނގި މާރާ މާރީއެއްގައި 7 މީހުން ޒަހަމް ވެއްޖެއެވެ.

މައުލޫމާތު ލިބިފައި ވާގޮތުގައި މި މާރާމާރީ ހިނގާފައިވަނީ، ދެ ގުރޫޕެއްގެ ދެމެދުގައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މިކަމާއި ގުޅިގެން ފުލުހުންގެ އިދާރާއިން ބުނެފައިވަނީ، މިރޭ 18:30 ހާއިރު އައްޑޫ ސިޓީ ފޭދޫގައި ހުންނަ ކުޑަކުދިންގެ ޕާކު ކައިރިން މާރާ މާރީއެއް ހިނގި މައްސަލައެއް ފުލުހުންނަށް ހުށައަޅާފައި ވާކަމަށެވެ. އަމި މި މާރާ މާރީއާއި ގުޅިގެން 7 މީހަކު ޒަހަމް ވެފައި ވާކަމަށާއި، އޭގެ ތެރެއިން ބައެއް މީހުންނަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދާކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި މާރާ މާރީ ހިންގުމުގައި 18 އަހަރުން ދަށުގެ ކުދިންވެސް ވަނީ ބައިވެރިވެފައެވެ.

މި މައްސަލައާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ