ސަންރައިޒް ބީޗް، ރަށަށް އިތުރު ފުރިހަމަކަމެއް!

ޚަބަރު އިޖުތިމާޢީ ފަހުގެ

މިފަދަ ހިތްގައިމު މަންޒަރުތައް ގިނަފަހަރު ފެނިގެން ދަނީ ރިސޯޓް ތަކުންނެވެ. އެކަމަކު މިފަހަރު މިއީ ރިސޯޓެއްގެ މަންޒަރެން ނޫނެވެ. މިއީ ޤުދުރަތީ އެތައް ފުރިހަމަ ކަމެއް ލިބިފައިވާ ށ ފުނަދޫ ސަންރައިޒް ބީޗްއެވެ.

ފުނަދޫގެ ގިނަޢަދަދެއްގެ ޒުވާނުން ވަޒީފާ އަދާކުރަނީ ރަށުން ބޭރުގައެވެ. ރިސޯޓު ތަކުގައި އުޅޭ ޒުވާނުންވެސް މަދެއްނޫނެވެ. ކޮވިޑް 19 ގެ ސަބަބުން ވަޒީފާ ގެއްލިގެން ނުވަތަ ރިސޯޓް އަލުން ހުޅުވެންދެން ގިނަޒުވާނުން މިވަނީ އުފަން ފަސްގަނޑަށް ބަލުވާންޖެހިފައެވެ. މިގޮތަށް ބަދަލުވި ޒުވާނުން އިސްނަގައިގެން މިވަނީ ފުނާދޫގެ އެންމެހާ ރައްޔިތުންގެ ހިތްތައް އުފާ ކޮށްލާނެ ނަލަނަލަ ބީޗެއް ތައްޔާރުކޮށްދީފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ސަންރައިޒް ބީޗް ތަރައްޤީ ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ޙުސައިން އަރީފް ގޮށްކޮޅަށް މަޢުލޫމަތު ޙިއްސާކުރައްވަމުން ވިދާޅުވީ، މަޤުޞަދަކީ ފުނަދޫގެ ރީތިކަން މުޅި ރާއްޖެއަށް ދައްކާލުން ކަމަށެވެ. ޤުދުރަތީ ރީތި މަންޒަރު ބަލައިލަން ހަދާ މި ބީޗް ތައްޔާރު ކުރުމަށް ބޭނުން ކޮށްފައި ހުންނާނީ އޮޔާ ލައްވެފައި ހުންނަ އޮނާއި، ލަކުޑިއާއި މަރުވެފައިހުންނަ ގަސްގަހުގެ ބައިތައްކަމަށް ވިދާޅުވިއެވެ. “މިކަހަލަ ބީޗެއް ބޭނުންވެފަ ރައްޔިތުން ތިބީ، އެކަން ހާމަވޭ ރައްޔިތުން ވެދެއްވާ އެހީތަކުން.” އަރީފް އިތުރަށް ވިދާޅުވިއެވެ. އެގޮތުން ފައިސާގެ އެހީ އާއި މަސައްކަތް ކުރާ ވަގުތުތަކުގައި ކެއުމުގެ އިންތިޒާމުތައް ޢާންމުންގެ ފަރާތުން ހަމަޖެހިގެންދާކަމަށާއި، ފުނަދޫގެ ރައްޔިތުން އެކަމަށް ދެއްވާ ތަރުހީބަކީ ބީޗް ތަރައްޤީކުރާ ޒުވާނުންނަށް ލިބުނު ހިތްވަރެއްކަމަށް ވިދާޅުވެ، ރައްޔިތުންނަށް ޝުކުރު އަދާ ކުރެއްވިއެވެ.

އިރު އަރާ މަންޒަރު ވަރަށް ފުރިހަމައަށް ފެންނަ ހިސާބުގައި ތައްޔާރުކުރަމުންދާ ސަންރައިޒް ބީޗްގެ 90 އިންސައްތަ މަސައްކަތް މިހާރުވަނީ ނިންމާލެވިފައި ވާކަމަށާއި، ބަކީހުރީ މޫދުގައި އަޅާ އުނދޯލިތަށް ހަރުކުރުން ކަމަށް ހުސައިން އަރީފް މަޢުލޫމާތު ދެއްވިއެވެ. މިހާރުވެސް އެސަރަޙައްދަށް ގިނަޢަދަދެއްގެ މީހުން ޒިޔާރަތް ކުރެއެވެ. އަދި މޫދަށް އެރިލާ ހިތްހަމަޖާއްސާލުމަށް ގިނަ ޢާއިލާތައް ދާއިރު ތަނުގެ ސާފުތާހިރުކަން ދެމެހެއްޓުމަށް އެސަރަޙައްދުގައި ޑަސްބިންވެސްބަހައްޓާފައި ހުރެއެވެ.

ފޮޓޯތައް ފުނަދޫ ސަންރައިޒް ބީޗް ފޭސްބުކް ޕޭޖުން

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ