ހަނިމާދޫ ކައުންސިލު އިދާރާއިން ބިޑަށް ހުޅުވާލާފައިވާ ބެލެނިވެރިންގެ ހިޔާ ހަދައި ތަރައްގީ ކުރާނެކަމަށް އެމްޑީޕީ ކެނޑިޑޭޓުން ވައުދު ވެއްޖެ

ހަނިމާދޫ ޚަބަރު ފަހުގެ ސިޔާސީ

ހަނިމާދޫ ކައުންސިލު އިދާރާއިން ބިޑަށް ހުޅުވާލައިފައިވާ ހަނިމާދޫ ސްކޫލް ކައިރީ ވެއިޓިން އޭރިޔާއެއް ތަރައްޤީކުރުމުގެ މަސައްކަތް ކޮށްދެއްވާނެކަމަށް ހަނިމާދޫ ކައުންސިލަށް މިފަހަރު ވާދަކުރައްވާ އެމްޑީޕީ މެންބަރުން ވައުދުވެއްޖެއެވެ.

ރޭ 22:00 ހާއިރު، ހަނިމާދޫ އެމްޑީޕީ ކެންޕޭން ނަމުގައި ހިންގާ ފޭސްބުކް ޕޭޖުގައި މިފަހަރު ކައުންސިލަށް ވަދާކުރައްވާ ހަތަރު ކެނޑިޑޭޓުންގެ ފޮޓޯއާއި އެކު އާއްމުކޮށްފައިވާ ޕޯސްޓަރެގައި ވަނީ “ބެލެނިވެރިންގެ ހިޔާއެއް ތައްޔާރުކޮށް ތަރައްޤީކުރުމަށް” މިފަދައިން ލިޔެފައެވެ. މީގެ އިތުރުން ވަނީ ޔަޤީންކުރައްވާ ކަޅުއަނދިރިރޭރޭ ކިތަންމެ ދިގުލާދިޔަޔަސް އާދުވަހަކަށް އަލިވިލޭނޭ ކަމަށާ ސަރުކާރު ކެނޑިޑޭޓުންނަށް ވޯޓް ދެއްވަންވީ ބެލެނިވެރިން ވަމުންދާ ޤުރުބާނީގެ އަގުވަޒަން ކުރާނެ ކައުންސިލަކަށް ވާތީ ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މިފަދައިން އެމްޑީޕީ ކެނޑިޑޭޓުން އިއުލާން ކުރިއިރު ބެލެނިވެރިންގެ ހިޔާއެއް ތަރައްގީކުރުމަށް މިހާރުވެސް ސައްތައިން ސައްތަ އެމް.ޑީ.ޕީ ކައުންސިލަރުން ތިއްބަވައި ހަނިމާދޫ ކައުންސިލުން ފުރަތަމަ އިއުލާނެން ކުރީ 28 ފެބްރުއަރީ 2021 ގައެވެ. އިދާރީ ބައެއް ސަބަބު ތަކާހުރެ އެފަހަރު ކުރެވުނު އިއުލާން ބާތިލްކޮށް 11 މާޗް 2021 ގައި އަލުން ވަނީ އެކަމަށް ސައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވައިލާފައެވެ

މިގޮތުން މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 21 މާރިޗް 2021 ވާ އާދީއްތަ ދުވަހުގެ 11:00 އަށް ކައުންސިލު އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 25 މާރިޗް 2021 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް އަންދާސީ ހިސާބު ހުށަހެޅުމަށް ހުޅުވާލާފައިވާ، މަސައްކަތް ހިނގައިގަނެފައިވާ ކަމެއްގެ ވައުދުވީ ކީއްވެގެންތޯ އެވެ. އެތަކެއް ރައްޔިތުން ސްކޫލް ގޯތި ތެރެއަށް ވެލި އެޅައިދޭން އެދޭއިރު، އެކަންވެސް މިހާތަނަށް ކޮށްދެވިފައިނެތެވެ. އެހެންކަމުން، ފަށައިގަނެފައިވާ މަސައްކަތެއްގެ ވައުދުވަނީ ވައުދެއް ފުއްދީމޭ ބުނަންތޯއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ