ރާއްޖެއާއި އިންޑިޔާއާއި ދެމެދު ވެވުނު އެއްބަސްވުމޭ ބުނެ ފަޅާއެރި އެއްބަސްވުމުގެ ތަރުޖަމާ1

ރިޕޯޓް ފަހުގެ

(ނޯޓް: މިއީ އަސްލު ނޫންކަމަށް އިންޑިޔާ ހައިކޮމިޝަނުން ބުނާކަމަށް އެންމެ ފަހުގެ ޚަބަރުތަައް ބުނޭ. އަދި، ރާއްޖޭގެ ކަމާ ބެހޭ ފަރާތުން ވެސް މިއީ ސައްހަ ނޫން އެއްޗެއް ކަމަށް ބުނެ ބަޔާނެއް ނެރެފި. އެ ބަޔާނުގެ ކޮޕީ ތިރީގައި އެވަނީ. ނަމަވެސް، މި އެއްބަސްވުމުގެ ކޮޕީއެއް ލީކުވުމާ ވިދިގެން، އެކަމުގެ ތަހުގީގެއް ދިފާއީ އިދާރާގައި ކުރެވެމުންދާ ޚަބަރުވެސް އިވެއެވެ.

ދެން، މިހިސާބުން، ހަނދާނަށް އަންނަނީ ޖަރުމަނުގެ މިޒަމާނުގެ ބާނީންގެ ތެރޭގައި ހިމެނޭ ވޮން ބިސްމާކުގެ ބަސްފުޅެކެވެ: ސިޔާސީ ކަންކަމުގައި އެއްވެސް ވާހަކައެއް ގަބޫލުނުކުރާހުށިކަމެވެ. އެއީ އެ ވާހަކައެއް އިންކާރުކުރެވުމަށްދާންދެނެވެ!)

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ


ތިރީގައި ލިޔަން ފެށިފައިވަނީ މިއަދު އާންމުވެގެން ދިޔަ، އިންޑިޔާގެ ސިފައިން ރާއްޖޭގައި ތިބުމަށް ހުއްދަދޭ އެއްބަސްވުމުގެ ދިވެހި ތަރުޖަމާއެކެވެ. މި އެއްބަސްވުމުގެ ކޮޕީ ފެށިފައި އޮތީ ރާއްޖޭގައި ހުންނަ އިންޑިޔާގެ އެމްބަސީގެ ސިޓީއަކުންނެވެ. މި އެއްބަސްވުމުގެ ބަންދުތައް ރާއްޖޭގެ ސަރުކާރަށް ވަރަށްވެސް ފަޚުރުވެރިކަމާއެކު ހުށަހަޅާލަމުންނެވެ. އެސިޓީގެ ތަރުޖަމާއެއް އެންމެ ފަހުން ގެނެވޭނެއެވެ.

އެ ސިޓީއިން ހާމަވާ ގޮތުގައި، މި އެއްބަސްވުމުގެ ބަންދުތައް ލިޔެވުނީ އިންޑިޔާގައި އިންޑިޔާގެ މީހުންގެ އަތުންނެވެ. އެއަށް ފަހު، މި އެއްބަސްވުމުގައި ސޮއިކުރަން ކެތްކުޑަވެފައި ތިބި މީހުން ކިޔައި ސޮއިކުރުމަށެވެ. ތިރީގައި އެވަނީ އެއްބަސްވުމުގެ ދީބާޖާއެވެ. ހުޅުވާލުމެވެ. މި ހުޅުވާލުމުގައި ދައްކުވައިދޭން މަސައްކަތްކުރެވިފައިވަނީ މި އެއްބަސްވުމަކީ ރާއްޖެއިން އެދި އާދޭސްކޮށްގެން ވެވޭ އެއްބަސް ވުމެއް ކަމުގައެވެ. އާދެ، އަޅުގަނޑުމެން އާންމު ބަހުރުވައިން ބުނާނަމަ ވެބޫހެދިންގެ ލިޔެވިފައި އޮތް ލިޔުމެއް ކަމެވެ. މިކަމަކީ ހަގީގަތުގައި އިންޑިޔާގެ އަމިއްލަ ބޭނުމަކަށް ކުރެވޭ ކަމެއް ކަމުގައި ވިޔަސް، ވެބޫ ހެދި، މިކަމަކީ، ވަރަށް ވެސް ސިއްރިއްޔާތުގައި، ރާއްޖޭގެ ގާނޫނުތަކާ ވެސް ޚިލާފަށް، ރާއްޖެއިން ބޭނުންވެގެން ކުރެވޭކަމެއްކަމަށް ދައްކަން މަސައްކަތް ކުރެވިފައި ވެއެވެ. މީގެ ދެ ބޭނުމެއް އޮތް ކަމަށް ފެނެއެވެ. އެއް ބޭނުމަކީ، މިއީ ރާއްޖޭގެ ގާނޫނާ ޚިލާފުކަމެއް ކަމަށް ވެފައި، އަދި ތަނެއްގެ ސިޔާދަތާއި މިނިވަންކަމާ ފުށުއަރާ ކަމެއްކަމަށް ވެސް ވާތީ، މިކަން ކުރުމަށް ހުރަސް އަޅާ ޒަމީރުގެ ހުރަސް އެޅުން ނެތިކޮށްލުމެވެ. ދެވަނަ ސަބަބަކީ މިކަމުގެ ބޮޑު ޚަރަދު ރާއްޖެއިން ހޯދުމެވެ. މިކަމުގެ މިސާލަކީ ކަސްބީ އަންހެނެއް އޭނާ ބޭނުންކުރުމަށްޓަކައި އޭނާގެ އަތުން އޭނާ ބޭނުން ކުރާ މީހުންނަށް ޚަރަދުކުރުމެވެ. އާދެ، މިކަމުގެ މަގު ފަހިކޮށް ދިން މީހުންގެ ކުރިމަތީގައި ރާއްޖޭގެ ގަދަރު މިފަދަ ކަސްބީ އަންހެނަކަށް ވުރެވެސް ދަށެވެ! (މިއެއްބަސްވުމުގެ އިތުރު ބައިތަކުގެ ތަރުޖަމާ، އިރާދަކުރެއްވިއްޔާ ކުރިއަށް އޮތްތާގައި ގެނެސްދެވޭނެއެވެ.)


ދިވެހި ޖުމްހޫރިއްޔާގެ ސަރުކާރާއި އިންޑިޔާގެ ޖުމްހޫރިއްޔާ ސަރުކާރާއި ދެމެދު
ކަނޑުގެ ސަލާމަތާ ބެހޭ ގޮތުންނާއި
އަދި
އުތުރު ތިލަފަޅު، ދިވެހި ރާއްޖެ،
މި ތަނުގައި ހަދާ ދިވެހި ދިފާއީ ބާރުގެ އައްސޭރި ސަރަހައްދު (މޯލްޑިވެސް ޑިފެންސް ފޯސްގެ ކޯސްޓު ގާޑު) ބަލަހައްޓާ ބަނދަރު ތަރައްގީކޮށް، ބަލަހައްޓައި، ހިންގައި، މަރާމާތުގެ މަސައްކަތްތައް ކުރުމާ ބެހޭ
އެއްބަސްވުން

ދީބާޖާ (ހުޅުވާލުން)

ދިވެހި ޖުމްހޫރިއްޔަތުގެ ސަރުކާރާއި އިންޑިޔާގެ ޖުމްހޫރިއްޔަތުގެ ސަރުކާރާއި (މީގެ ފަހުން، ފަރާތްތައް ނުވަތަ އެކަހެރި ގޮތެއްގައި ފަރާތް މިހެން ބުނެ އިޝާރަތްކުރެވިފައިވާ):

ދެ ގައުމުގެ ދެމެދުގައި އޮތް ތާރީޚީ އަދި ތަގުލީދީ ރަހުމަތްތެރިކަމުގެ ގުޅުންތައް ހަނދާނަށް ގެންނަމުން،
ދެ ގައުމުގެ މީހުންގެ ފައިދާއަށްޓަކައި، ދެގައުމުގެ ޝަރާކަތު (ޕާޓްނަޝިޕް، ދެފަރާތް ބައިވެރިވާ ބައިވެރިވުން) އިތުރަށް ވަރުގަދަކޮށް ފުންކުރުން އަދައިގެން،
އިންޑިޔާ ކަނޑުގެ ސަރަހައްދު ސުލްހަވެރިކަމާއެކު ތަރައްގީވެދިޔުމަކީ ދެ ގައުމު ހިއްސާކުރާ މަސްލަހަތަކާ ވެސް ގުޅިފައި އޮތް ކަމެއްކަމުގެ މައްޗަށް ބާރުއަޅަމުން؛

ސުލްހަވެރިކަމަށާއި އިގުތިސާދީ ދުޅަހެޔޮކަމަށް އަލަށް އުފެދެމުން އަންނަ ނުރައްކާތަކާ ކުރިމަތިލުމަށްޓަކައި ކަނޑުގެ ސަލާމަތާ ބެހޭ ދާއިރާގައި ދެގައުމުގެ ދެމެދުގެ އެއްބާރުލުން ފުޅާކުރުމަކީ ދެގައުމު ހިއްސާކުރާ މަސްލަހަތެއް ކަން ދެނެގަންނަމުން؛

ދިވެހި ޖުމްހޫރިއްޔާ އެކުލެވިގެންވަނީ އިންޑިޔާ ކަނޑަށް ފެތުރިވައި އޮތް 1192 ރަށުގެ މައްޗަށް ކަމަށާއި، އަދި، ދިވެހި ރާއްޖެއަށް ޚާއްސަ އިގުތިސާދީ 1000000ކމ2 [އެއް މިލިޔަން އަކަ ކިލޯމީޓަރުގެ]، ސަރަހައްދެއް، (މީގެ ފަހުން ރ.އ.ސ. އޭ ބުނެ އިޝާރަތްކުރެވޭނެ،) އޮތްކަން ދެކި،

ދެ ފަރާތުގެ ދެމެދުގައި ވެފައި އޮތް އެކިއެކި އެއްބަސްވުންތަކުގައި ލިޔެވިފައިވާ ގޮތުގެ މަތިން، ދެ ގައުމަށް ފައިދާކުރާނޭ ކަނޑުގެ ސުލްހަވެރިކަމާ ގުޅޭ ދާއިރާތަކުގައި ދެގައުމުގެ ދެމެދުގައި އެއްބާރުލުން އިތުރަށް ކުރިއެރުވުމުން ބޭނުންތެރިކަމަށް ދެކިގެން

ތިރީގައި އެވާ ކަންކަމީ ރާއްޖޭގެ އެދުމެއްކަމުގައި ފާހަގަކުރަމެވެ:
ރ.އ.ސ. ބެލެހެއްޓުމާއި ފާރަވެރިވުމުގެ ކުޅަދާނަކަމާއި ހިންގުމުގެ ނިޒާމު ވަރުގަދަކުރުން
ޣައިރު ގާނޫނީ ސިފައެއްގައި މަސްބޭނުމާއި ނާޖާއިޒު ގޮތެއްގައި ކަނޑުގެ މުއްސަނދިކަން ބޭނުންކުރުމުން ރ.އ.ސ. އިތުރަށް ހިމާޔަތްކޮށް ވަރުގަދަކުރުން

ވަޔާއި ކަނޑުގެ ދަތުރު ފަތުރުގެ އުޅަނދު ފަހަރުގެ ހަރަކާތްތަކުގެ ފައިދާއަށްޓަކައި، ސަލާމަތް ކުރުމުގެ ސަރަހައްދު ބަލައި ހޯދުމުގައި ރ.އ.ސ. ސަރަހައްދު ބަލައި ހޯދައި [އެ ސަހައްދަށް ގެއްލޭ / ކަނޑުވާ މީހުންނާއި އުޅަނދުފަހަރު] ސަލާމަތްކުރުމުގެ ކުޅަދާނަކަން އިތުރުކޮށް ވަރުގަދަ ކުރުން.

ރ.އ.ސ. ގެ ތެރޭގައި ހިމެނޭ ރަށްތަކުގައްޔާއި އަދި އެ ރަށްތަކުގެ ވަށައިގެން ތިބުން އިތުރުކޮށް ވަރުގަދަކުރުން

ޑުރަގުގެ ވަގުވިޔަފާރިކުރުމާއި އިންސާނުން މުދަލަށް ހަދައި ވިޔަފާރިކުރުމާއި ކަނޑުފޭރުމާއި ނިރުބަވެރިކަމާއި ކުރިމަތިލުން

ނޫ އިގުތިސާދަށް [ކަނޑުގެ މުއްސަނދިކަން ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމުގެ އިގުތިސާދަށް] އިސްކަން ދިނުން.

ކަނޑު ހަޑިވެ ނުސާފުވުމާ ކުރިމަތިލުން.

(ނުނިމޭ)

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ