ކުޅުދުއްފުއްޓަށް ބޯޓެއްގައި ދަތުރުކުރި މާބަނޑު މީހެއްގެ ހާލު ދެރަވުމުން ސިފައިން އެހީތެރިވެއްޖެ

ޚަބަރު ފަހުގެ

ކުޅުދުއްފުއްޓަށް ކަނޑު ބޯޓެއްގައި ދަތުރުކުރި މާބަނޑު އަންހެނެއްގެ ހާލު ދެރަވުމުން ސިފައިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ ޅ.ނައިފަރުން ފުރައިގެން ކުޅުދުއްފުއްޓަށް ދަތުރުކުރި “ފާޅު” ބޯޓުން ދަތުރުކުރި 26 އަހަރުގެ މާބަނޑު އަންހެނަކު ސިއްހީ އަވަސް ފަރުވާއަށް ބޭނުންވެގެން އެމްއެންޑީއެފް ނިދަން އޭރިއާ ސްކޮޑްރޮމްގެ އެހީތެރިކަމާއިއެކު އޭނާ މިއަދު 09:55 ހާއިރު ކުޅުދުއްފުއްޓަށް ގެންގޮސްދީފައިވާ ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އަންހެން މީހާ އަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި މިހާރު އަންނަނީ ފަރުވާ ދެމުންނެވެ.

އޭނާގެ މިހާރުގެ ހާލަތާއި ގުޅޭ ތަފްސީލެއް އަދި ނުލިބެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ