މެރިންކޯރގެ ސްޕެޝަލް އޮޕްރޭޝަން ގުރޫޕް ތަޢާފަރުކޮށްފި

ޚަބަރު ފަހުގެ

މެރިންކޯރގެ ސްޕެޝަލް އޮޕްރޭޝަން ގްރޫޕް (އެސްއޯޖީ) ތަޢާފަރުކޮށްފިއެވެ.

ބަންޑާރަކޮށީގައި މިކަމަށްޓަކައި ބުދަ ދުވަހު ބޭއްވި ޚާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލެވެ. މި ރަސްމިއްޔާތުގައި އެސްއޯޖީގެ ބައެއް މަގާމުތަކަށް އައްޔަން ކުރެވުނު އޮފިސަރުންނަށް މަގާމުގެ ލިޔުން ހަވާލުކޮށްދެއްވީ މެރިންކޯރގެ ކޮމަޑާންޓް ބްރިގޭޑިއަރ ޖެނެރަލް ވައިސް ވަހީދެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އެމްއެންޑީއެފްގެ މެރިންކޯރގައި ބުދަ ދުވަހު އަލަށް ތައާރަފު ކުރެވުނު އެސްއޯޖީއަކީ އެމްއެންޑީއެފުން ހިންގާ ޚާއްސަ އޮޕަރޭޝަންތަކުގައި ހަރަކާތްތެރިވާ އިތުރު އެލީޓް ފޯސްއެކެވެ. އަދި މި ފޯސްއަކީ އެމްއެންޑީއެފްގެ އައު އިސްތިރާޖީ ލަނޑުދަނޑިތައް ހާސިލުކުރުމަށް މަގުފަހިވާ ގޮތަށް އެއްގަމާއި ކަނޑުގައި ޚާއްސަ އޮޕަރޭޝަންތައް ހިންގުމުގެ ގާބިލްކަން ލިބިފައިވާ ބާރެކެވެ.

އެމްއެންޑީއެފުން ބުނީ ސްޕެޝަލް އޮޕަރޭޝަންތަކުގައި ހަރަކާތްތެރިވުމުގެ އިލްމާއި ހުނަރު ލިބިފައިވާ އަދި ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ދުޅަހެޔޮ، މަތިވެރި އަސްކަރީ އަޚުލާގުގެ މަތީގައި ސާބިތުވެ ތިބޭ މި ޚިދުމަތްތެރިންގެ ސަބަބުން މެރިންކޯރގެ އިތުރުން ދިވެހި އަސްކަރިއްޔާގެ އޮޕަރޭޝަނަލް ގާބިލްކަން އިތުރުވެގެންދާނެ ކަމަށެވެ.

މެރިންކޯރގެ ސްޕެޝަލް އޮޕްރޭޝަން ގްރޫޕް ތައާރަފު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލުގެ އިތުރުން މެރިންކޯރގެ ކޮމަޑާންޓް ބްރިގޭޑިއަރ ޖެނެރަލް ވައިސް ވަހީދާއި އެމްއެންޑީއެފްގެ ޑައިރެކްޓަރޭޓްތަކާއި ޔުނިޓްތަކުގެ ބައެއް ކޮމާންޑަރުންގެ އިތުރުން މެރިންކޯރގެ އިސްވެރިން ބައިވެރިވިއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ