މިއަދު ހިފާ އިރުކޭތައާ ގުޅިގެން، މާލެ ސަރަޙައްދު ފިޔަވާ މީހުން ދިރިއުޅޭ އެހެން ހުރިހާ ރަށެއްގައި ކޭތަ ނަމާދު ކުރާނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ މިއަދު އިރުކޭތަ ހިފަން ފަށާނީ ހެނދުނު 9:40 ހާއިރު ކަމަށާއި އެންމެ ބޮޑަށް ކޭތަ ހިފައިފައި ހުންނާނީ ހެނދުނު 10:51 ގައި ކަމަށެވެ. އަދި ކޭތަ ވީއްލާނީ މެންދުރު 12:14 ގައި ކަމަށްވެސް އެމިނިސްޓްރީން ބުނެފައިވެއެވެ.
އިސްލާމިކް މިނިސްޓްރީން ބުނެފައިވާ ގޮތުގައި، މާލެ ސަރަޙައްދު ފިޔަވާ މީހުން ދިރިއުޅޭ އެހެން ހުރިހާ ރަށެއްގައި ކޭތަ ނަމާދު ކުރުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 10:30 ގައެވެ.
އެހެންކަމުން ކޭތަ ނަމާދު ކުރަން ހަމަޖެހިފައިވާ ހުރިހާ ރަށެއްގެ އެންމެ ބޮޑު މިސްކިތުގައި، ކޭތަ ނަމާދު ކުރެވޭނެ އިންތިޒާމު ހަމަޖެއްސެވުމަށް އިސްލާމިކް މިނިސްޓްރީން ވަނީ އަންގާފައިވެއެވެ.
ހަނިމާދޫގައި ކޭތަ ނަމާދު ކުރުމަށް ހަމަޖެހިފައިވަނީ މަސްޖިދުލް މޫސާ ޢަލީ ގައެވެ.


