ބޮނޑިބަތުގެ ފޯރިޔާއެކު އެމްޑީޕީގެ ހަނިމާދޫ ކެންޕޭން ލަވަ ނެރެފި

ހަނިމާދޫ ޚަބަރު ފަހުގެ ސިޔާސީ

ރޭ ހަނިމާދޫގައި ހުންނަ އެމްޑީޕީ ހަރުގޭގައި ބޭއްވި ބޮނޑިބަތް ކެއުމުގެ ފޯރިގަދަ ހަރަކާތާއެކު މިފަހަރު ކެންޕޭނުގައި އެ ޕާޓީން ހަނިމާދޫގައި ބޭނުން ކުރާ ރަސްމީ ލަވަ ލޯންޗުކޮށްފިއެވެ. މި ލަވަ ލޯންޗުކުރީ ފޭސްބުކް މެދުވެރިކޮށެވެ.

ރޭގެ ރަސްމިއްޔާތުގައި ހަނިމާދޫ ދާއިރާގެ މެންބަރު ޢަބުދުލް ޢަފޫރު ވާހަކަ ދެއްކެވިއެވެ. އެ މަނިކުފާނު ޖަލްސާގެ ބައިވެރިންނާ މުހާތަބުކޮށް ދެއްކެވި ވާހަކަފުޅުގައި ވަނީ ހަނިމާދޫ އަކީ އެއްރަށެއްގައި އެންމެ ގިނަ ޕުރޮޖެކްޓު ހިނގަމުންދާ އެއްރަށް ކަމަށާ ހަނިމާދޫގައި ހޮސްޕިޓަލް އެޅުމުގެ މަސައްކަތް މިއަހަރުގެ ތެރޭ ފެށޭނެކަމަށާއި އެއަރޕޯޓް ބިޑަށް ހުޅުވާލެވި މަސައްކަތް ފެށިގެން ދާނެކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ ސަރުކާރުން ހިންގާ މަސްރޫޢުތައް ބާރަށް ކުރިޔަށް ގެންދެވޭނީ އެ މަނިކުފާނާ ގުޅިގެން މަސްކަތްކުރާނެ ކައުންސިލެއް އޮވެގެން ކަމަށާއި އެ ބަޔަކީ އެމްޑީޕީ ކެނޑިޑޭޓުން ކަމަށެވެ.

“އަޅުގަނޑު ހަނިމާދޫ އެންމެހައި ރައްޔިތުން ކިބައިން މިއެދެނީ އަޅުގަނޑާއެކު ގުޅިގެން މަސްކަތްކުރާނެ ކައުންސިލެއް ހޮވައި ދިނުމަށް” ޢަފޫރު ވިދާޅުވިއެވެ.

ހަނިމާދޫ އެމްޑީޕީ ކެންޕޭން ރަސްމީ ލަވަ
ޢަފޫރުގެ ދެއްކެވި ވާހަކަފުޅުގެ ރެކޯޑިން

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ