ކުޅުދުއްފުށީ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައި އޮއްވާ ކޮވިޑް-19 އަށް ފައްސިވި މީހާގެ އިތުރުން އިތުރު މީހަކު ވެސް އެރަށުން ކޮވިޑަށް ފައްސިވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ކޮވިޑަށް ފައްސިވެފައި ވަނީ ބަލި މީހާގެ އެހީތެރިއެކެވެ.
ކުޅުދުއްފުށީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި އޮތް ބަލި މީހަކު ކޮވިޑަށް ފައްސިވުމުން މިހާރު ކުޅުދުއްފުއްޓަށް އަރައި ފޭބުން މަނާކޮށް އެރަށް ވަނީ މޮނިޓަރިންގެ ހާލަތައް ގެނެސްފައެވެ.


