ޕާކުތަކާއި މައިޒާންތައް ބަންދުކުރުން ނިންމި ނިންމުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބާތިލްކޮށްފި

ޚަބަރު ފަހުގެ

ޕާކުތަކާއި މައިޒާންތައް ބަންދުކުރުން ނިންމި ނިންމުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބާތިލްކޮށްފި އެވެ.

އެޗްޕީއޭއިން ގެޖެޓްކޮށްފައިވާ އިއުލާންގައި ބުނެފައިވަނީ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ ހައިސިއްޔަތުން ލިބިދޭ ބާރުގެ ދަށުން، 2021 މާރިޗު 4 ވީ ބުރާސްފަތި ދުވަހު އަންގައިފައިވާ އެންގުމުގައި 7 (ހަތެއް) ދުވަހުގެ މުއްދަތަށް އެޅުމަށް ނިންމައިފައިވާ ފިޔަވަޅުތަކުގެ 5 ވަނަ ނަންބަރު ބަތިލްކުރާކަމަށެވެ. އެ ނަމްބަރަކީ ޕާކުތަކާއި މައިޒާންތައް ބަންދުކުރުން އެންގި އެންގުމެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އެ ނަމްބަރު ބާތިލްކުރުމާއެކު ޕާކުތަކާއި މައިޒާންތައް ހުޅުވާލަންޖެހޭނެ އެވެ.

އިއުލާންގައި އިތުރަށް ބުނީ ޕާކުތަކާއި މައިޒާންތައް ބަންދުކުރަން އެންގި ނަމްބަރު ބާތިލުކޮށް، އެ އެންގުމުގައި 7 (ހަތެއް) ދުވަހުގެ މުއްދަތަށް އެޅުމަށް ނިންމައިފައިވާ އެހެނިހެން ފިޔަވަޅުތަކުގެ މުއްދަތު، 2021 މާރިޗު 25 އިން ފެށިގެން 7 (ހަތެއް) ދުވަހުގެ މުއްދަތަށް، އިތުރުކުރުމަށް ނިންމާފައިވާކަމަށެވެ.

ހަތް ދުވަހަށް އިތުރުކުރި ފިޔަވަޅުތައް:

  • ރޭގަނޑު 11:00 އިން ފެށިގެން ފަތިހު 4:30 އަށް، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މަނާކުރުން.
  • އެއްފަހަރާ 5 (ފަހެއް) މީހުންނަށްވުރެ ގިނަމީހުން، މަގުމައްޗާއި އާންމު ތަންތަނަށް އެއްވެއުޅުން ހުއްޓައިލުން.
  • ސިނަމާތަކާއި ފިލްމު ތިއޭޓަރުތައް ހިންގުން ހުއްޓައިލުން.
  • ދުވުމަށް ޚާއްޞަކޮށްފައިވާ ޓްރެކުތައް ބަންދުކުރުން.
  • ޔުނިވަރސިޓީތަކާއި ކޮލެޖްތަކަށް ދަރިވަރުން ހާޒިރުވެގެން ކުލާސްތައް ކުރިޔަށް ގެންދިޔުން ހުއްޓައިލުން.
  • އެކަނި ކުރާ ކަސްރަތުތައް ފިޔަވައި، ކުޅިވަރު ހަރަކާތްތަކާއި ކަސްރަތުގެ ހަރަކާތްތައް ހުއްޓައިލުން.
އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ