ރާއްޖެ ކައިރީ އޮތް ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެދާނެކަން މޫސުމާބެހޭ ގައުމީ އިދާރާއިން ހާމަކޮށްފިއެވެ.
ތޫފާނަކަށް ބަދަލުވި ނަމަވެސް، ސީދާ އަސަރު ރާއްޖެއަށް ނުކޮށްފާނެކަމަށް ވެސް މެޓުން ބުނެއެވެ.
މެޓް އޮފީހުން ބުނީ ރާއްޖޭގެ ދެކުނުން އުފެދިފައި އޮތީ ކޮޅިގަނޑެއްކަމަށާއި މަޑުމަޑުން ކޮޅިގަނޑުގެ ބާރު ގަދަވެ، ތޫފާނަކަށް ބަދަލުވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
“ރާއްޖެއަށް އެކަމުގެ ސަބަބުން އެއްވެސް ނުރައްކަލެއް ކުރާނެކަމަށް ނުބެލެވޭ. ކޮޅިގަނޑު އިރުމައްޗަށް ދަތުރުކުރަމުންދަނީ. ވިލާ ދެކުނުގެ އަތޮޅުތަކުގެ މަތިން ދައުރުކުރާނެތީ އެ ސަރަޙައްދަށް މޫސުން ގޯސްވެދާނެކަމަށް ލަފާކުރެވޭ” -މެޓް –
ތޫފާނުގެ އަސަރު ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް ކުރާނެކަމަށް ލަފާކުރަނީ އާދިއްތަ ދުވަހުއެވެ.
“”އާދަޔާ ހިލާފު އަސަރުތަކެއް ރާއްޖެއަށް ކުރާނެކަމަށް ނުބެލެވޭ،”
މެޓް އޮފީހުން އަންނަނީ މި ކޮޅިގަނޑަށް ފާރަވެރިވަމުންނެވެ.


