މަހަށް ނިކުމެ އުޅެނިކޮށް ހާލު ދެރަވެ ފަރުވާ ދިނުމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެނައި މީހަކު ނިޔާވެއްޖެއެވެ.
އެމީހާ ނިޔާވެފައި ވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށެވެ.
އެމީހާ ހާލުދެރަވެގެން ފަރުވާ ދިނުމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ މިއަދު ހަވީރުއެވެ. އަދި އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް އެމީހާ ނިޔާވެފައި ވަނީ މިއަދު ހަވީރު 4:42 ހާއިރުއެވެ.
ނިޔާވެފައި ވަނީ ހދ. ކުޅުދުއްފުށި / މަލިކުރުވާގެ އަހުމަދު އިބުރާހިމް (64އ) އެވެ. އެމީހާ މަހަށް ނިކުމެ އުޅުނީ އިތުރު މީހަކާވެސް އެކުގައެވެ.


