ކޮވިޑް-19 އާ ގުޅިގެން ކުޅުދުއްފުށި ސިޓީގައި އިއުލާނުކޮށްފައިވާ މޮނީޓަރިންގ ހާލަތު އުވާލައިފިއެވެ.
އެރަށް މޮނީޓަރިންގ ހާލަތަށް ލާފައި ވަނީ އެރަށަށް، ރ. އުނގޫފާރުން ގެންދިޔަ ބަލި މީހަކު ކޮވިޑަށް ފައްސިވުމުންނެވެ.

އެ ވޭދަނައާއެކު އެރަށް މޮނީޓާރިންގ ހާލަތަށް ލިއިރު، އޭނާގެ އެހީތެރިންގެ ގޮތުގައި ތިބި ދެ މީހަކުވެސް ވަނީ ކޮވިޑަށް ފައްސިވެފައެވެ. މީގެ އިތުރުން ފެލިވަރުން އެރަށަށް ދިޔަ މީހަކުވެސްވަނީ ފައްސިވެފައެވެ.
ކޮވިޑް-19 ގެ ވޭދަނަތައް ފެނިގެން މިވަގުތު 13 ރަށެއް ވަނީ މޮނިޓަރިން ހާލަތަށް ގެނެސްފައެވެ.


