އެންޑީއޭއިން، ފަރުވާދޭ މަރުކަޒުތައް ހިންގުމުގެ ފުރުޞަތު އަމިއްލަ ފަރާތްތަކަށް ހުޅުވާލައިފި

ޚަބަރު ފަހުގެ

ނެޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ)އިން، ފަރުވާދޭ މަރުކަޒުތައް ޤާއިމްކޮށް ޚިދުމަތްދިނުމުގެ ފުރުޞަތު އަމިއްލަ ފަރާތްތަކަށް ހުޅުވާލައިފިއެވެ.

އެންޑީއޭއިން ބުނީ މަސްތުވާތަކެތި ބޭނުންކުރުމުގެ މައްސަލަ ހުންނަ ފަރާތްތަކަށް ފަރުވާ ދިނުމަށްޓަކައި މަސްތުވާތަކެއްޗާއިބެހޭ ޤާނޫނުގެ 47 ވަނަ މާއްދާގެ (ނ) އިން، ފަރުވާދޭ މަރުކަޒުތައް ޤާއިމްކޮށް ޚިދުމަތްދިނުމުގެ ފުރުޞަތު އަމިއްލަ ފަރާތްތަކަށް ލިބިދީފައިވާ ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އެހެންކަމުން، ރިހެބިލިޓޭޝަން ސެންޓަރެއް ނުވަތަ ޑިޓޮކްސިފިކޭޝަން ސެންޓަރެއް ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކުން ނޭޝަނަލް ޑްރަގް އޭޖެންސީން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ޕްރޮޕޯސަލް ހުށަހެޅުއްވުން އެ އޭޖެންސީން ވަނީ ފުރުޞަތު ހުޅުވާލާފަ އެވެ.

މިގޮތުން މަރުކަޒުތައް ޤާއިމްކޮށް ޚިދުމަތް ދިނުމަށް ދެ ގޮތަކަށް އެންޑީއޭއިން ވަނީ ފުރުޞަތު ދީފައެވެ. އެއީ ޕްރޮޕޯސަލް ހުށަހަޅާ ފަރާތުން ޚިޔާރުކުރާ ރަށެއްގައި ރިހެބިލިޓޭޝަން ސެންޓަރެއް ޤާއިމްކޮށް ހިންގުންމަށާއި އަދި އެ އެޖެންސީއިން މިހާރު ހިންގަމުންދާ ސެންޓަރުތަކުގެ ތެރެއިން ސެންޓަރެއް ހިންގުން މަށެވެ.

އެންޑީއޭއިން މިހާރު ހިންގަމުންދާ ފަރުވާދޭ މަރުކަޒުތައް

ޑްރަގް ޓްރީޓްމެންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރ (ކ.ހިންމަފުށި)
ހާފްވޭ ހައުސް (ހުޅުމާލެ)
ޑްރަގް ޓްރީޓްމެންޓް އެންޑް ޑިޓޮކްސިފިކޭޝަން ސެންޓަރ (ޏ.ފުވައްމުލައް)
ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރ (ސ.ހިތަދޫ)
ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރ (ގދ.ތިނަދޫ)
ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރ (ހދ.ހަނިމާދޫ)

އެންޑީއޭއިން ހުޅުވާލި މިފުރުޞަތުގެ ދަށުން ފަރުވާދޭ މަރުކަޒުތައް ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމުގެ ސެޝަން ބޭއްވުމަށް ހަމަޖެހިފައި ވަނީ 11 އޭޕްރިލް 2021ގެ 13:00 ގައެވެ. އަދި ޕްރޮޕޯސަލް ހުށަހަޅަން ޖެހެނީ 17 މެއި 2021ގެ 11:00 ގައެވެ. މައުލޫމާތު ދިނުމާއި ޕްރޮޕޯސަލް ހުށަހެޅުން ވެސް އޮންނާނީ އެންޑީއޭގެ މައި އިދާރާގައެވެ.

އެންޑީއޭއަކީ، މަސްތުވާތަކެއްޗާބެހޭ ޤާނޫނާއި އެ ޤާނޫނާ ގުޅިފައިވާ މައިގަނޑު ސިޔާސަތުތައް، ނޭޝަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލުގެ ލަފާއާއި މަޝްވަރާގެމަތިން ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވުމުން، އެސިޔާސަތުތައް ތަންފީޒުކުރާ ސަރުކާރުގެ މައިގަނޑު އިދާރާއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ