ކަަރަންޓީންގައި ތިބޭ މީހުން ވޯޓުލަށް ހުއްދަ ހޯދަންޖެހޭނީ އަމިއްލައަށް: އުސޫލު

ޚަބަރު ފަހުގެ

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ކަރަންޓީން އަދި އައިސޮލޭޝަންގައި ތިބޭ މީހުން ވޯޓުލުމަށްް ހުއްދަ ހޯދަންޖެހޭ ފަރާތްތަކުން ހުއްދަ ހޯދަންޖެހޭނީ އަމިއްލައަށްކަމަށް އުސޫލުގައި ކަނޑައަޅައިފި އެވެ.

ކޮވިޑް-19 އާ ގުޅިގެން އައިސޮލޭޝަނުގައި ތިބޭ މީހުންނާއި ކަރަންޓީނުގައި ތިބޭ މީހުން ވޯޓުލުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލު އިލެކްޝަންސް ކޮމިޝަނުން ވަނީ ގެޒެޓްކޮށްފަ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ކެނޑިޑޭޓުގެ ޕްރޮފައިލް : ފާޠިމަތު ނާސިރާ

ގެޒެޓްކޮށްފައިވާ އައިސޮލޭޝަނުގައި ނުވަތަ ކަރަންޓީނުގައި ތިބޭ މީހުން ވޯޓުލާ މަރުކަޒަށް ހާޒިރުވުމަށް ހުއްދަ ހޯދާންޖެހޭ ފަރާތަކުން ހުއްދަ ހޯދައި، ވޯޓުލާ މަރުކަޒަށް ހާޒިރުވުމަކީ އެ މީހެއްގެ ޒިންމާއެއް ކަމަށެވެ. އަދި އައިސޮލޭޝަނުގައި ނުވަތަ ކަރަންޓީނުގައި ތިބޭ މީހުންގެ ތެރެއިން ވޯޓުލާން ބޭނުންވާ މީހުން، ވޯޓުލުން ނިންމުމަށް ކަނޑައަޅައިފައިވާ ގަޑީގެ 5 (ފަހެއް) ގަޑިއިރުގެ ކުރިން، އެ މީހަކު ވޯޓުލާން ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ޓާސްކްފޯސް މެދުވެރިކޮށް، އިލެކްޝަންސް ކޮމިޝަނުން ޢައްޔަނު ކޮށްފައިވާ ފޯކަލް ޕޮއިންޓަށް އަންގަންވާނެކަމަށް އުސޫލުގައިވެއެވެ.

އިތުރަށް އުސޫލްގައި ބުނެފައިވަނީ މާލޭ ސަރަޙައްދުގައި ނަމަ، އެފަދަ މީހުންގެ މަޢުލޫމާތު، ވޯޓުލާ މަރުކަޒުގެ ވެރިޔާއަށް އަންގާނީ، މާލޭގައި ހުންނަ އިލެކްޝަންސް ކޯޑިނޭޝަން ސެންންޓަރު މެދުވެރިކޮށް، ހެލްތް ޕްރޮޓެކްޝަން އެޖެންސީންކަމަށެވެ.

އުސޫލްގައިވާގޮތުން އައިސޮލޭޝަނުގައި ނުވަތަ ކަރަންޓީނުގައި ތިބޭ މީހުންނަށް ވޯޓުލުމަށް ފުރުޞަތު ދޭންވާނީ، އެ ފޮށްޓަކަށް ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ މީހުންގެ ތެރެއިން ކިޔޫ ބަންދުކުރާ ގަޑިއާ ހަމަޔަށް ކިޔޫގައި ތިބޭ މީހުން ވޯޓުލާ ނިމުމުންނެވެ. އަދި ވޯޓުލުން ނިންމުމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅައިފައިވާ ގަޑިޖެހޭއިރު، ކިޔުގައި މީހުން ތިބިނަމަ، ކިޔު ބަންދުކޮށް، ކިޔުގައި ތިބި އެންމެން ވޯޓުލާ ނިމުމުން އައިސޮލޭޝަނުގައި ތިބި މީހުންނަށާއި ކަރަންޓީނުގައި ތިބި މީހުންނަށް ވޯޓުލުމަށް ފުރުޞަތު ދެވޭނެކަމަށް އުސޫލްގައިވެއެވެ.

އުސޫލްގައިވާގޮތުން އައިސޮލޭޝަނުގައި ތިބި މީހުންނާއި ކަރަންޓީނުގައި ތިބި މީހުން ވޯޓުލުމަށް އާންމުކޮށްފައިވާ ޚާއްޞަ ގަޑިއަކީ، ހަވީރު 17:00 އިން 18:00 އަށެވެ. ނުވަތަ އެ ވޯޓުލާ މަރުކަޒަކަށް އައިސް ކިއުގައި ތިބި މީހުން ވޯޓުލާ ނިމެންދެނެވެ.

ލޯކަލް ކައުންސިިލް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 10 ވަނަ ދުވަހު އެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ