އެހެން އަހަރު ތަކެކޭ އެއްގޮތަށް މިފަހަރުވެސް މަސްޖިދުއް ތަޢުބާގައި ޚަތިމު ކުރާގޮތަށް ތަރާވިސް ކުރާނެ ކަމަށް ހަނިމާދޫ ކައުންސިލުން ބުނެފިއެވެ.
ގޮށްކޮޅަށް މައުލޫމާތު ދެއްވަމުން ކައުންސިލްގެ ޒިންމާދާރު ވެރިޔާ އިބުރާހިމް ޢަލީ ވިދާޅުވީ މިހާރު ތަރާވިސްކުރާ ހާފިޒު ހަނިމާދޫއަށް ގެނެސްފައި ވާކަމަށާއި އޭނާ ހުރީ ކަރަންޓީނުގައި ކަމަށެވެ.
“މިފަހަރު މިގެނައީ ޕާކިސްތާނު ހާފިޒެއް. ނަމަކީ އިމްރާން ހާފިޒު އުމަރު. ރޯދައިން 5 ނުވަތަ 6 ހިސާބުގައި އަޅުގަނޑު މެންނާ ހާފިޒު ބައިވެރިވެ ޚަތީމު ކުރާގޮތަށް ތަރާވިސް ކުރާނީ” އިބުރާހިމް ޢަލީ ވިދާޅުވިއެވެ.
ހަނިމާދޫ މަސްޖިދުއް ތަޢުބާ އަދި މަަސްޖިދުއް މޫސާ އަލީގައި އަންހެން ކަބަލުނަން ތަރާވިސް ނަމާދު ކުރެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައި ކަމަށް ހަނިމާދޫ ކައުންސިލުން މައުލޫމާތު ދެއެވެ.
މިރޭ އިޝާގެ ފަހުން މިއަހަރު ފުރަތަމަ ތަރާވިސް ނަމާދު ކުރާނެއެވެ.


