މުޖްތަމައުގެ އަޝްރާފުންނަށް އަދަބު ނުދީ އާދައިގެ މީހުންނަށް އަދަބު ދެވޭ ނަމަ އެއީ ޖާހިލިއްޔަތުގެ ސިފައެއް

އިޖުތިމާޢީ ފަހުގެ ދީން

މުޖްތަމައުގައި ބާރާއި ގަދަރުހުރި މީހުންނަށް އަދަބު ނުދީ އާދައިގެ މީހަކު ކުށެއް ކުރުމުން އަދަބު ދެވޭ ނަމަ އެއީ ޖާހިލިއްޔަތުގެ ސިފައެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.

އިސްލާމްދީން އައީ ޖާހިލިއްޔަތުގެ ނަހަމަކަމުން މުޅި އިންސާނިއްޔަތު ސަލާމަތް ކޮށްދިނުމަށްކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފައިވައިވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ހުތުބާގައި އިތުރަށް ބުނެފައިވަނީ އިންސާނިއްޔަތުކަން ނެތް ތަނެއްގައި އޮންނާނީ ޖަންގަލީގެ ނިޒާމު ކަމަށެވެ. އަދި މުޖުތަމައެއްގައި އިންސާނިއްޔަތުގެ އަގުތަކާއި ހަމަތައް ނެތި ގޮސްފިނަމަ އެ ތަނެއްގައި ޖާހިލިއްޔަތުކަން އާލާވެގެންދާނެ ކަމަށެވެ.

އިންސާނުންނަކީ އިންސާނީ ވަންތަކަމުގައި އެއް މަގާމަކާއި އެއް ހައިސިއްޔަތެއް ލިބިގެންވާ އެއް ދަރަޖައެއްގެ ބައެއް ކަމަށާއި އަދި އިންސާނާ އުފެދުމުގެ އަސްލާއި އިންސާނީވަންތަކަމުގެ ސިފަތަކާއި އިންސާނީ އިހްސާސްތަކަށް ބަލާއިރު އިންސާނިއްޔަކުގެ ތިލަފަތަކީ ހަމަހަމަ ތިލަފަތެއް ކަމަށްވެސް މިއަދުގެ ހުތުބާގައި ބުނެފައިވެއެވެ.

“އިންސާނަކަށް ވީތީ ދޭންޖެހޭ މަގާމާއި އިހްތިރާމާއި، ރަހުމާއި، ހަމްދަރުދީ އާއި، އަޅައިލުމާއި، އެހީތެރިކަން ދިނުމުގައި ތަފާތު ކުރުމެއް ނުވެއެވެ. ނަސްލާއި، ގަބީލާ އާއި، ގައުމާއި، އާއިލާ އަކީ އިންސާނިއްތަގެ ތިލަފަތުގެ ކުރިމަތީގައި އެއްވެސް އަގެއް، ބުރަދަނެއް ހުރި އެއްޗެއް ނޫނެވެ. މީސްތަކުންގެ ކުލަ އާއި ބުރުސޫރަ އާއި ޖިންސާއި، އުމުރަކީ އެ މީހުންގެ މެދުގައި ތަފާތު ކުރެވޭނެ އަސާސެއް ނޫނެވެ. އާރާއި ބާރާއި މަގާމާއި ނުފޫޒާއި މާލާއި ޖާހަކީ އިންސާނީ ހަމަހަމަކަމާއި އިންސާފަށް ލޮޅުމެއް ގެނެވޭނެ ކަމެއްނޫނެވެ.” މިފަދައިން ހުތުބާގައި ބުނެފައި ވެއެވެ.

އުންޞޫރީ ތަފާތު ކުރުމުގެ ނުބައި ޖާހިލީ އާދަ އެންމެ ފުރަތަމަ ތައާރަފު ކުރީ އިބްލީސް ކަމަށާއި އެއީ އާދަމްގެފާނަށް ސަޖިދަ ޖެހުމަށް ﷲ އޭނާއަށް އަމުރުކުރެއްވި ހިނދު ކަމަށް ހުތުބާގައި ބުނެފައިވެއެވެ.

މިކަން ބަޔާންކުރަމުން ހުތުބާގައި ބުނެފައިވަނީ “އިބްލީސް އެ އަމުރުފުޅަށް ނުކިޔަމަންތެރިވުމުގެ ގޮތުން ގެނައި ހުއްޖަތަކީ އުފެދުމުގެ އަސްލަށް ބަލައި އޭނާ އާދަމްގެފާނަށް ވުރެ މޮޅުވެގެންވާ ކަމުގެ މުޑުދާރު ހުއްޖަތެވެ. ދެން އެއަށްފަހު އެކި ޒަމާންތަކުގައި ޖާހިލިއްޔަތުގެ އަނދިރިކަން ފެތުރި އެންމެ ބޮޑަށް އެ ބައެއްގެ ތެރޭގައި މިކަން ވަކި ހިއްޕާލާފައި އޮތް އެއްބަޔަކީ ކީރިތި ރަސޫލާ ރަސޫލުކަމައިގެން ފޮނުއްވުމުގެ ކުރިން މައްކާގެ އަހުލުވެރިންނެވެ. އެކަލޭގެފާނު ވަޑައިގެން އެ ޖާހިލިއްޔަތު ފޮލެހެއްވިއެވެ.”

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ