ހަނިމާދޫ ސްކޫލުގެ ލައިބުރަރީއަށް ފޮތް ހަދިޔާ ކުރުމުގެ ޚާއްޞަ ޙަރަކާތެއް ބާއްވަނީ

ހަނިމާދޫ ޚަބަރު ފަހުގެ

‘އަންނަން އޮތް ޖީލުތަކަށް ފޮތެއް’ގެ ނަމުގައި ސްކޫލު ލައިބްރަރީ މުއްސަނދިކުރުމުގެ ގޮތުން، ހަނިމާދޫ ސްކޫލު ލައިބްރަރީއަށް ފޮތް ހަދިޔާ ކުރުމުގެ ޚާއްޞަ ޙަރަކާތެއް މާދަމާ ފެށުމަށް ވަނީ ހަމަޖެހިފައެވެ. 

މި ޙަރަކާތް ކުރިއަށް ދާނީ 30 މެއި 2021 ވާ އާދިއްތަ ދުވަހުން ފެށިގެން 3 ޖޫން 2021 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ. މި ދުވަސްތަކުގައި، ކޮންމެ ދުވަހަކު ހެނދުނު 9.30 ން 11.30 އަށް ގޭޓު 1 ން ފޮތް ބަލައިގަތުން ކުރިއަށް ދާނެއެވެ. މި ޙަރަކާތުގައި ކޮންމެ ބޭފުޅަކަށްވެސް ބައިވެރިވުމުގެ ފުރުޞަތު އެބައޮތްކަމަށް ހަނިމާދޫ ސްކޫލުން މަޢުލޫމާތު ދެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ފޮތް ހަދިޔާ ކުރުމުގެ މި ޙަރަކާތުގައި ބައިވެރިވާ ކޮންމެ ފަރާތަކަށްވެސް ކޫޕަނެއް ދޫކުރުމަށް ވަނި ހަމަޖެހިފައެވެ. އަދި ގުރުއަތުން ނެގޭ ހަ ފަރާތަކަށް އަގުހުރި އިނާމުތަކެއް ދޭގޮތަށް ވަނީ ހަމަޖެހިފައެވެ. އެއީ، ދަރިވަރުންގެ ތެރެއިން 3 ނަސީބުވެރި ފަރާތަކާއި، ދަރިވަރުން ނޫން ފަރާތްތަކުގެ ތެރެއިން 3 ނަސީބުވެރި ފަރާތެވެ. 

މި ޙަރަކާތުގެ ގުރުއަތު ނެގުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ، 3 ޖޫން 2021 ވާ ބުރާސްފަތި ދުވަހުގެ ހަވީރު 4.00 ގައި އޮންނަ ފޭސްބުކު ލައިވް އިވެންޓެއްގައެވެ. 

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ