ކުރު ވާހަކަ: ހަނދާންތައް ފޮހެލާ ވައިގެ އަސަރު

ކޮލަމް އިޖުތިމާޢީ ފަހުގެ

ވަރަށް ގާތް ދެ ރަހުމަތްތެރިއަކު އެކުގައި ހިނގަމުން ދިޔައެވެ. އެ ދެ ރަހުމަތްތެރިންގެ ބޭނުމަކީ އެކުގައި ވަގުތުކޮޅެއް ހޭދަކޮށްލައި، މޫދަށް ވެސް އެރެލުމެވެ.

އެދެ ރަހުމަތްތެރިން ހިނގަމުން ގޮސް، ގޮނޑުދޮށާ ހަމައަށް ދެވުނު ތަނާ ހެން ދެބަސްވެ ކުޑަ ޒުވާބެއް ކުރިއެވެ. އަދި، އޭގެ ތެރެއިން އެކަކު އަނެކަކުގެ މޫނު މަތީ ޖެއްސެވެ. އެ ވަގުތު އޭނަގެ މޫނު މަތީ ޖެހުނު މީހާ އެއްވެސް އެއްޗެއް ނުބުނެ ގޮނޑުދޮށުގެ ހުދު ވެލިގަނޑުގައި ލިޔެލިއެވެ: “މިއަދު، އަހަރެންގެ އެންމެ ގާތް ރަހުމަތްތެރިޔާ އަހަރެންގެ މޫނު މަތީ ޖެހިއެވެ.”

އިޝްތިހާރު
އިޝްތިހާރު

ދެން، ރުޅިގަނޑު މަޑުވުމުން، ދެ މީހުން ގޮސް މޫދަށް އެރުނެވެ. ނަމަވެސް، ކަންތައް ދިމާވީ ވަރަށް ވެސް ދެރަކޮށެވެ. އޭނާގެ މޫނުމަތީ ޖެހުނު މީހާއަށް ރަނގަޅަށް ފަތަން ނޭނގުމުގެ ސަބަބުން، އަދި، އޭނާގެ އިސްކޮޅު ނުކާ ހިސާބަކަށް ދެވުމުން، އޭނާ ގެނބެން ފެށިއެވެ. މި ތަން، އޭނަގެ ރަހުމަތްތެރިޔާއަށް ފެނުމުން، ހަލުވިކަމާ އެކު ފަތާފައި އައިސް، ގެނބުން ދިޔަ އޭނަގެ ރަހުމަތްތެރިޔާ ސަލާމަތް ކުރިއެވެ.

ދެން، އެ ވަގުތު، ކިރިޔާ ނުނގެބި ސަލާމަތްވި މީހާ އެއްގަމަށް އަރައި އެތާ އޮތް ހިލަގަނޑެއްގައި ކަނޑައި ނަގައި ލިޔުނެވެ: “މިއަދު އަހަރެންގެ އެންމެ ގާތް ރަހުމަތްތެރިޔާ އަހަރެން ގެނބި މަރުވެ ދިޔުމުން ސަލާމަތް ކުރިއެވެ.”

މިތަން ފެނިފައި އޭނަގެ ރަހުމަތްތެރިޔާ ކުޑަކޮށް ހައިރާންވެގެން، ބުންޏެވެ. “އިނބަ ގައިގައި އަހަރެން ޖެހުމުން، އެ ވާހަކަ ވެލިގަނޑުގައި ލިޔެފައި، އިނބަގެ ފުރާނަ ސަލާމަތްކުރުމުން ހިލައިގައި ކަނޑައި ނަގައި އެ ވާހަކަ ތި ލިޔުނީ ކީއްވެ ހެއްޔެވެ؟”

ދެން، ރަހުމަތްތެރިޔާ ބުންޏެވެ: “އަހަރުމެންގެ ގާތް މީހުންގެ ފަރާތުން ވިޔަސް، ނޫނީ އެހެން މީހެއްގެ ފަރާތުން ވިޔަސް، ލިބޭ އުނދަގޫތައް މަތިން ހަނދާން ނައްތާލަން ޖެހެއެވެ. އެހެންވެ، އެ ފަދަ ވާހަކަތައް ލިޔަން ޖެހޭނީ ބިމުގެ ވެލިގަނޑުގައެވެ. ހަނދާންތައް ފޮހެލާ ވައިގެ ރޯޅިވެ، އޭގެ އަސަރުގައި އެ ފަދަ ހަނދާންތައް ފޮހެވި، ނެތިދިޔުމައްޓަކައެވެ. ނަމަވެސް، އަހަރުމެންގެ ގާތް މީހުންނާއި އަދި އެ ނޫން މީހުން ވެސް އަހަރުމެންނަށް ފޯރުކޮށްދޭ ހެޔޮ ކަންތައްތަކުގެ މަތިން އަބަދުވެސް ހަނދާންކުރަން ޖެހެއެވެ. އެހެންވެ، އެ ފަދަ ވާހަކަތައް ކަނޑައި ނަގައި ހިލައިގައި ލިޔަން ޖެހެއެވެ.ހަނދާނުގެ ވައިގެ ރޯޅި ޖެހި އޭގެ އަސަރުގައި، އެފަދަ ހަނދާންތައް ފޮހެވި ނުދިޔުމައްޓަކައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ