ރަށުގެ ހިމާރުތަކުގެ ވާހަކަ

އިޖުތިމާޢީ ވާހަކަ ފަހުގެ

އެއްދުވަހު، ހިމާރު ގަންނަ ވިޔަފާރިވެރިއެއް ރަށަށް އަޔެވެ. އަދި ރަށުގެ ހުރިހާ ހިމާރެއް ގަންނަން ބޭނުންވިއެވެ. ރަށުގެ ބާޒާރުގައި ހިމާރުގެ އަގު ހުރީ، ސަތޭކަ ރުފިޔާއަށް ހިމާރެކެވެ. އެހެން ކަމަށް ވިޔަސް، ވިޔަފާރިވެރިޔާ ބުނީ ކޮންމެ ހިމާރަކަށް ފައްސަތޭކަ ރުފިޔާ އޭނާ ދޭނޭ ކަމެވެ. ރަށު ރައްޔިތުން އުފަލުން، ހުރިހާ ހިމާރުތަކެއް ވިޔަފާރިވެރިޔާއަށް ވިއްކާލިއެވެ.

ދެން، އެއާ ވިދިގެން އައި ހަފްތާގައި އެހެން ވިޔަފާރިވެރިއަކު އައެވެ. މީނާ ވެސް ބޭނުންވީ ހިމާރު ގަތުމަށެވެ. ކުރީ ވިޔަފާރިވެރިޔާއަށް ވުރެ ބޮޑު އަގެއް، މިވިޔަފާރިވެރިޔާ ހުށަހެޅިއެވެ. އޭނާ ބުނީ ކޮންމެ ހިމާރަކަށް އެއްހާސް ރުފިޔާ ދޭނޭ ކަމެވެ. އަދި، ދެން، އަންނަ ހަފްތާއަކު ހިމާރު ލިބޭތޯ އަދި އަންނާނެ ވާހަކަ ބުނެފައި އޭނާ ދިޔައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ކޮންމެ އަކަސް، މިހާރު، ރަށު ރައްޔިތުންގެ ސިކުނޑައަށް، ހިމާާރުތައް ރަނގަޅަށް ސަވާރުވެއްޖެއެވެ. އެ ސިކުނޑިތަކަށް ހިމާރު ނޫން އެއްޗެއް ނުފެނެއެވެ. ދެން، ރަށު ރައްޔިތުން ނިންމީ ރަށުގެ ހުރިހާ ހިމާރުތައް ގަތް ކުރީގެ ވިޔަފާރިވެރިޔާ އަތުން އަނބުރާ ހުރިހާ ހިމާރުތައް ގަތުމަށެވެ. ނަމަވެސް، އޭނާ ބުނީ ދެން އޭނާ ހިމާރުތައް ވިއްކާނީ އަށްސަތޭކައަށް ހިމާރެއްގެ މަގުންނެވެ. މިކަމާ ރަށު މީހުން ރުހި އެއްބަސް ވިއެވެ. އަނެއް ވިޔަފާރިވެރިޔާއަށް އެއްހާހަށް ހިމާރެއް ވިއްކާލުމުން ދުއިސައްތަ ފައިދާވާނެތީއެވެ.

ކޮންމެ އަކަސް ރަށު ރައްޔިތުން އެ ގޮތް މިގޮތުން ފައިސާ ހޯދައިގެން ހުރިހާ ހިމާރުތައް ބޮޑު އަގުގައި ގަތެވެ. އަދި، ކައިރި ރަށްތަކުންވެސް އެތައް ހިމާރެއް ގަނެގެން ގެނައެވެ. ދެން، ބޮޑު އަގުގައި ހިމާރު ގަންނަން ބުނި މީހާއަށް ހިމާރުތައް ވިއްކާލުމުގެ އެދުމުގައި އޭނާ އަންނަންދެން މަޑުކޮށްގެން ތިއްބެއެވެ.

ނަމަވެސް، ހަފްތާތައް ފާއިތުވެގެން ދިޔައިރު ވެސް އެމީހަކު ނާދެއެވެ. ފަހުން، އެނގުނު ގޮތުގައި ދެވަނަ ވިޔަފާރިވެރިޔަކީ ކުރިން އައި ވިޔަފާރިވެރިޔާގެ އޭޖެންޓެކެވެ. ދެން ރަށު ރައްޔިތުން ނަށް ވިސްނުނެވެ. އޭނާގެ ޗާލާކީ ވާހަކަތަކުގެ ސަބަބުން، ތިމާމެންގެ އަމިއްލަ ވިސްނުން ބޭނުން ނުކުރެވުނީއެވެ. އަދި، ރަށު ރައްޔިތުން ވެސް ހިމާރުތަކަކަށް ވީއެވެ! ދެން މިހާރު މުޅި ރަށުގައި ހިމާރު ނޫން އެއްޗެއް ނެތެވެ!

ހިމާރުތަކުގެ ބޭނުން ހިފައި، ވިޔަފާރިވެރިޔާގެ މަގުސަދު ހާސިލުވުމުން ހިމާރުތަކުގެ ބޭނުން ނެތުނީއެވެ! އާދެ، ކެޔޮގަނޑު ކަނޑާލީމާ ގަހުގެ ބޭނުމެއް ނޯންނާނޭ ފަދައިންނެވެ. އިބިލީސް ވެސް ބުނާނެ ކަމަށް ވަނީ މަ ކަލޭމެންނަށް އަހަރެން ދެއްކި ދަޅައިގައި ކަލޭމެން އަމިއްލައަށް ޖެހުނީ ނޫންހެއްޔެވެ؟ އެއްވެސް ކަމެއް ކުރަން، ކަލޭމެންނަށް، އަހަރެން މަޖްބޫރެއް ނުކުރަމެއް ނޫން ހެއްޔެވެ؟

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ