ވާހަކަ: ހީވިއޭ ދިޔަހެން އޮޔާ

ވާހަކަ މުނިފޫހި ފަހުގެ

( 18 ނޮވެންބަރ 2020 އާ ގުޅޭ)

“ދެން ކީއްވެ މި ނުބޯން ތިއުޅެނީ؟” އާޒިމްއާއި ދިމާލަށް އީމާ ބަލާލީ ޝައްކުގެ ނަޒަރަކުންނެވެ. އީމާ އެހެން ބުނުމާއެކު އާޒިމް އެ ޖޫސްތަށިން ކޯވަރެއް ބޯލިއެވެ. އީމާ ހިތްހަމަ ޖައްސައި ދިނުމުގެ ގޮތުންނެވެ. އެ ޖޫސްތައްޓަށް އޭނާ ލީ އެކްސްޓެސީ ގުޅައިގެ އަސަރު އޭނާއަށްވެސް ކުރާނެކަން އެނގިހުރެއެވެ. އާޒިމް އެ ތަށިން ބޯލުމުން އީމާ އެ ތަށި ތުނބުގައި ޖަހާ އެއްފަހަރުން ބޯލިއެވެ. އެވަގުތު އާޒިމް އޭނާގެ ދެ ރަހުމަތްތެރިންނަށް ބަލާލާ ހީލި ތަން އީމާއަކަށް ނުފެނެއެެވެ. ހިނދުކޮޅެއްގެ ތެރޭގައި އޭނާގެ ތަބީއަތް ގޯސް ވާން ފެށިކަން އީމާއަށް ފާހަގަ ކުރެވުނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

“ބޯ އަނބުރަން ފަށައިފި..” އީމާ އޭނާގެ ނިއްކުރީގައި އަތް އަޅާލިއެވެ. “އެ ޖޫސް ތައްޓަށް އެއްޗެއް އެޅިން ދޯ؟” އާޒިމް ލައިގެން އިން ގަމީހުގެ ގިރުވާނުގައި ހިފާލަމުން އީމާ އަހާލިއެވެ.

“ނޯ ބޭބީ.. އެއްވެސް އެއްޗެއް ނާޅަމޭ.. ރިލެކްސް.” ވާހަކަ ދައްކަމުން އާޒިމްގެ އަތުން އީމާގެ ފައިގެ ފަލަމަސްގަނޑުގައި ފިރުމާލިއެވެ. އެއާއެކު އިމާގެ އަނގައިން އާހެއް ބޭރުވެގެން ދިޔައެވެ. އަދި އެ ހަށިގަނޑުގައި އެދުންވެރިކަމުގެ ވިންދު ޖަހާލިއެވެ. އެއާއެކު އޭނާ ތެދުވެ އާޒިމްގެ އުނގުމަތީގައި އިށީނެވެ. އާޒިމްއަށް އީމާ ބަލާލީ މަސްތުން ފުރިގެންވާ ދެލޮލުންނެވެ. އާޒިމްގެ މަގުސަދު ހާސިލްވާން މާ ގިނަ އިރެއް ނެތް ކަން އޭނާއަށް އެނގުނެވެ. އާޒިމްގެ ދެއަތް އީމާގެ އުނަގަނޑުގައި ވަށާލީ، އެ ވަގުތުގެ ބޭނުން ފުރިހަމައަށް ކޮށްލުމަށެވެ.

އީމާ އުރާލައިގެން ގޮސް ޑެކުމަތީގައި ހުރި ދިގު ސޯފާގައި އާޒިމް އޭނާ ބޭއްވިއެވެ. އޭރު އީމާ އޮތީ މަސްތުގެ ކަނޑަށް ގެނބިގެން ގޮސް ވާނުވާ ނޭނގޭ ވަރުވެފައެވެ. އާޒިމް ދުރަށް ޖެހިލާ ބެގީ ނައްޓާލަމުން، އަޅައިގެން ހުރި ބެލްޓުވެސް ނައްޓާލިއެވެ. އޭރު އާޒިމްގެ ހަށިގަނޑުގައިވެސް އެދުންވެރިކަމުގެ އޮއިވަރެއް އުފެދިފައިވިއެވެ. އޭނާ ދިޔަގޮތަށް ގޮސް އީމާ ލައިގެން އޮތް ހެނދުން އޭނާގެ ހަށިގަނޑުން ވަކިކޮށްލިއެވެ. އަދި ހައިވެފައި އޮތް ސިންގާއެއް އޭގެ ޝިކާރައިގެ މައްޗަށް އަރައިގަންނަ ފަދައިން އޭނާ އީމާގެ ގައި މައްޗަށް ޖެހިގަތެވެ. އެތަނުގައި ދެން ތިބި ދެމީހުން ކުޅި ބަލަން ތިބީ އެމީހުންނަށްވެސް އެ ފުރުސަތު މިރޭ ލިބޭނެކަން ޔަގީން ވާތީއެވެ.

މާސިންގާ ކަނޑުގެ މެދުގައި ތިން ފިރިހެނުން އީމާގެ ހަށިގަނޑުން އުފާ ހޯދަމުން ދިޔައެވެ. އެ ތުނި ހަށިގަނޑަށް އެމީހުން ބޭނުން ގޮތެއް ހަދަމުން ދިޔަ އިރު އީމާ އޮތީ ފުން އަރާމުގެ ތެރެއަށް ގެއްލިފައެވެ. ހިތްހަމަ ޖެހޭވަރު ވުމުން އެމީހުން އީމާ ކައިރިން ދުރަށް ޖެހުނެވެ. އޭރު އީމާ އޮތީ ގުޑާލެވޭވަރަށް ވުރެ ބަލިވެފައެވެ. އޭނާ އާޒިމްގެ ނަމުން ދެފަހަރަކު ގޮވާލިއެވެ. އޭނާގެ ދުލުގައިވެސް ވަރު ނެތް ކަހަލައެވެ.

“ޔޭސް ބޭބީ.” އާޒިމް ގޮސް އީމާގެ ގައިން އޭނާ ވަކި ކޮށްލި އަންނައުނު ލައްވައިދިނެވެ. އަދި އޭނާ ގައިގައި ބައްދާލިއެވެ. އެވަގުތު އާޒިމް ކޮށްލި އިޝާރާތުން ފިރާގު އޭނާގެ އަތަށް ސިރިންޖެއް ދިއްކޮށްލިއެވެ. އޭގައި ހިފާ އަތަށް ހެޔޮވަރު ކޮށްލަމުން އީމާގެ ކަރަށް އެ ސިރިންޖުގެ ކަށި ކޮށްޕާލިއެވެ. އިސާހިތަކު އޭގައި ހުރި މަސްތުވާ ތަކެތި އީމާގެ ހަށިގަނޑުގައި ދައުރުވަމުން ދިޔަ ލެޔާއި އެކުވެ، މުޅި ހަށިގަނޑު ކިލަނބުކޮށްލިއެވެ. މާ ގިނަ އިރެއް ނުވެ، ހަބަރު ހުސްވެގެން ގޮސް އާޒިމްގެ އަތުތެރެއަށް އީމާގެ ހަށިގަނޑު ދެމިއްޖެވެ.

“ދެން ކިހިނެއް ހަދާނީ؟” ފިރާގު މޫނުމަތިން ފާޅުވީ ހާސްކަމެވެ. ނަމަވެސް އާޒިމް ހުރީ ނިކަން ހަމަޖެހިލާފައެވެ. ކަން ވާން ޖެހޭނެގޮތް އޭނާ މާ ކުރިންވެސް ރާވާފައި އޮތް ކަހަލައެވެ. އަތްދަނޑި މައްޗަށް އީމާ ނަގައިގެން ގޮސް ކަނޑާއި ދިމާލަށް ވާނޭހެން ހުއްޓުނެވެ. އަދި އެންމެ ފަހު ފަހަރަށް އީމާގެ މޫނަށް ބަލާލުމަށްފަހު، ޑެކުމަތިން އީމާ ކަނޑަށް ވައްޓާލިއެވެ.

“ކިހިނެއް ތި ހެދީ؟” ޒަރީރު ދުވެފައި އައިސް ހުއްޓުނީ އާޒިމް ކައިރީގައެވެ. އޭރު އާޒިމް ދެއަތް ފޮޅާލާފައި ޖީބަށް އަތް ޖަހާލަނީއެވެ.

“އެކަން އެ ނިމުނީ.” އާޒިމްގެ މޫނުމަތިން އެއްވެސް ވަރެއްގެ ހާސް ކަމެއް ފެންނާކަށް ނެތެވެ. “ނިކަން ފުއްޕާލާފަ ބުންޏޭ އާޒިމްގެ ދަރިއެކޭ، މުދަލުން ބައެއް ދޭން ޖެހޭނެއޭ..” މަލާމާތުގެ ރާގެއް އޭނާގެ އަޑުގައި އެކުލެވިގެންވިއެވެ. “ދެން އޮވެދާނެ އެއްނު މުދާގަނޑު ހިފައިގެން.” އެއާއެކު އާޒިމްގެ ފޯނުން ކައްޕިއަށް ގުޅާ މާލެ ދިޔުމަށް އެދުނެވެ.

ސަފާރީ އައިސް ހުޅުމާލޭ ފަޅަށް މަޑުކޮށްލުމާއެކު އާޒިމް ހިނގައިގަތީ ތިރިއަށް ފައިބާށެވެ. އޭނާގެ ފަހަތުން ފިރާގުއާއި ޒަރީރުވެސް ދިޔައެވެ. ތިން މީހުން ތިރިއަށް ފޭބި އިރު އޭގައި ތިބި މުވައްޒަފުން ތިބީ ހަމަހިމޭންވެފައެވެ. އާޒިމް ދިޔަގޮތަށް ގޮސް އެމީހުން ކައިރީ ހުއްޓުނެވެ.

“ކީޕް ޔުއާރ މައުތްސް ޝަޓް.” އާޒިމްގެ ތުންފަތް މަތީގައި ޝަހާދަތް އިނގިލި ޖައްސާލަމުން އޭނާ ބުނެލިއެވެ. “ނޯ ވަން ޝުޑް ނޯ ދެޓް އައި ކޭމް ހިޔާރ ޓުނައިޓް.” އަދި އެއްވެސް މީހަކަށް އާޒިމް އެތަނަށް އައިކަން އެނގިގެން ނުވާނެ ކަމަށް އޭނާ ބުނެލިއެވެ. “އޯ އެލްސް، އައި ވިލް މޭކް ޝުއާރ ޔޫ ސަފާ ބިހައިންޑް ދަ ބާރސް ފޯ ދަ ރެސްޓް އޮފް ޔުއާރ ލައިވްސް.. އަންޑަރސްޓޫޑް؟” އެކަން މީހަކަށް އެނގިއްޖެ ނަމަ އެމީހުން މުޅި އުމުރު ހޭދަކުރަން ޖެހޭނީ ޖަލުގެ ތޭރިތަކުގެ ފަހަތުގައި ކަމަށް ބުނެ އާޒިމް އިންޒާރު ދިނެވެ. އެއާއެކު އެ މީހުން އަދަބުވެރިކަމާއެކު ބޯ ޖަހާލިއެވެ. ހިތްހަމަ ޖެހުމުގެ ނޭވާއެއް ދޫކޮށްލަމުން އާޒިމް ހިނގައިގަތީ ލޯންޗަށް އެރުމަށެވެ. ވަކި ހިސާބަކަށް ގޮސް އާޒިމް އެނބުރެލީ އެތާ ތިބި ދެ މުވައްޒަފުންނާއި ދިމާލަށެވެ.

“ޑިޑް އައި ކަމް ހިޔާރ ޓުނައިޓް؟” އެމީހުން ކުރެން އާޒިމް އަހާލިއެވެ.

“ނޯ، ސާރ.” އިސް ޖަހާލައިގެން ތިބެ އެމީހުން ޖަވާބު ދިނެވެ.

“ގުޑް..” އާޒިމް ދެއްކި ވާހަކަ އެމީހުން ގަބޫލުކޮށް އެއަށް އަމަލު ކުރުމުން އޭނާ ހިނިތުންވެލިއެވެ.

ހެނދުނުގެ ވަގުތެވެ. މާ ކުރިން ހޭލައިގެން އިޒާނީ ތައްޔާރުވަމުން ދިޔައީ ވަޒީފާގެ ފުރަތަމަ ދުވަހަށެވެ. ހެނދުނުގެ ސައި ތައްޔާރު ކުރުމަށްފަހު އިޒާނީ އަވަސް ވެގަތީ އިސްތިރިކުރާށެވެ. ޒަޔާން ގެ ޔުނީފޯމާއި އިޒާނީގެ ހެނދުމެއް ނަގައިގެން ގޮސް އޭނާ އިސްތިރިކުރަން ފެށިއެވެ. އެކަން ކޮށް ނިމިގެން އޭނާ ޒަޔާންއަށް ގޮވާ ހޭލައްވާލިއެވެ. ޒަޔާން ފާހާނާއަށް ވަނުމުން އިޒާނީ މަޑުކޮށްލީ ޒަޔާން މާ ގިނަ އިރު ނުވާނޭ ކަން އެނގޭތީއެވެ.

“ހިނގާ ސައިބޯން..” ޒަޔާން ފާހާނާއިން ނިކުތުމުން އިޒާނީ ބުނެލިއެވެ.

“މިގަޑީ ބޭނުމީ ލިޕްސް…” އިޒާނީއާއި ދިމާލަށް ހިނގައިގަންނަމުން ޒަޔާން ބުނެލިއެވެ. އޭނާގެ މޫނުމަތިން ފެންނަން ހުރީ ލާނެއް ހިނިތުންވުމެކެވެ. އެހެންކަމުން އިޒާނީވެސް ޒަޔާންއާއި ސަމާސާކޮށްލަން ބޭނުންވިއެވެ. ޒަޔާން ކުރިއަށް އަޅާ ކޮންމެ ފިޔަވަޅަކަށް އޭނާ ފަހަތަށް ފިޔަވަޅެއް އަޅަމުން ދިޔައެވެ. ފަހަތަށް ދަމުން ގޮސް އެންމެ ފަހުން އިޒާނީ ޖެހުނީ ފާރުގައެވެ. ޒަޔާންގެ މޫނުމަތީ ހުރި ހިނިތުންވުން އިތުރަށް ފުޅާވިއެވެ. އަދި އިޒާނީއާއި ގާތްވެލަމުން އޭނާގެ ދެ އަތުގައި ހިފާ ފާރުގައި ތަތްކޮށްލިއެވެ. އެއާއެކު އިޒާނީގެ ތުންފަތުގެ މީރުކަން ޒަޔާން ހޯދިއެވެ.

ސްކޫލު އޮފީހަށް އިޒާނީ ވަދެގެން ދިޔައިރު ގިނަ ލޯތަކެއް އޭނާއަށް އަމާޒުވެފައި ހުއްޓެވެ. އަޅާ ކޮންމެ ފިޔަވަޅަކާއެކު އޭނާ އަރައިގެން ހުރި މުށި ކުލައިގެ އުސް ބޫޓުގެ ފުންނާބު ތަށިމުށިގަނޑުގައި ޖެހޭ އަޑު އިވެމުން ދިޔައެވެ. އޭނާ ލައިގެން ހުރީ ހުދު ކުލައިގެ ކުދި މާޖެހި މަތިކޮޅަކާއި ގަދަ މުށި ކުލައިގެ ފައިކުރި ހިމަ ފަޓުލޫނެކެވެ. އޭނާގެ ދިގު އިސްތަށިގަނޑު އެއްކޮށްލާ ހުޅިއެއް ޖަހާފައި ހުރި އިރު މާ ބޮޑު މޭކަޕެއް ކޮށްފައެއް ނެތެވެ. އިޒާނީއަށް މަރުހަބާ ކީ އޭނާއާއި ހަވާލުވެގެން ހުރި ލީޑިންގް ޓީޗަރު، އިނާންއެވެ.

“ގުޑް މޯނިންގް.” އިޒާނީ ފެނުމާއެކު އިނާން ސަލާން ގޮވާލިއެވެ. އިޒާނީވެސް ސަލާމަށް ރައްދު ދިނީ ހިނިތުންވުމަކާއި އެކުގައެވެ. އިނާންއާއި އެއްކޮށް އިޒާނީ ގޮސް އިދާރީ ކަންކަން ނިންމާލިއެވެ. ޖެހިގެން އަންނަ ދުވަހުން ފެށިގެން ކުލާސްތައް ނަގަން ފެށުމަށް އިނާން އިރުޝާދު ދިނެވެ. އަދި އިޒާނީއާއި އެކު މަސައްކަތް ކުރާނެ އިތުރު މުދައްރިސުންނާއި ބައްދަލުކުރުވާ ތައާރަފްވެސް ކޮށްދިނެވެ. ދުވަހުގެ މަސައްކަތް ނިންމާލުމަށްފަހު އިޒާނީ ގެއަށް ދިޔުމަށް ހިނގައިގަތީ އެގަޑިއަކީ ޒަޔާންގެ ޑިއުޓީ ގަޑިއަށްވީމައެވެ.

ގެއަށް ވަދެވުމާއެކު އިޒާނީގެ އަތުގައި އޮތް ދަބަސް ސޯފާ މަތީގައި ބާއްވާލަމަށްފަހު ބަދިގެއަށް ހިނގައިގަތެވެ. އައިސް އަލަމާރިން ފެން ފުޅިއެއް ނަގައިގެން އައިސް އޭނާ ސޯފާގައި އިށީނދެލާ ދެފައި ދަމާލިއެވެ. ހިނގާފައި ގެއަށް އައުމުން ވެފައި ހުރި ވަރުބަލިކަން ފިލުވާލުމަށް އޭނާ އިރުކޮޅަކު ސޯފާގައި މަޑުކޮށްލިއެވެ. އެއަށްފަހު ކޮޓަރިއަށް ވަދެ ހެނދުން ބަދަލުކޮށްލައިގެން އިޒާނީ އުޅުނީ ކާއެއްޗެއް ތައްޔާރުކުރާށެވެ. ޒަޔާންއަށް މީރު ރަހަތައް މިހާރު އޭނާ ދަސްކޮށްފިއެވެ. އަދި ބައެއް ފަހަރު، ރެސިޕީތައް ބަލައިގެން އާ ވައްތަރުތައް ތައްޔާރުކުރަން އޭނާ މަސައްކަތްކުރެއެވެ. ޒަޔާންގެ ހުރިހާ ކަމެއް އެންމެ ފުރިހަމައަށް ކުރުމަށް އޭނާ އަބަދުވެސް އިސްކަންދެއެވެ.

ގަޑިން އަށެއް ޖެހި އިރު އިޒާނީ އިނީ ހަފްތާގެ ގަޑިތައް ނަގާދޭނެ ގޮތުގެ ޕްލޭން ހަދާށެވެ. ސޯފާ ކައިރީގައި ހުރި ކުޑަ މޭޒުމަތީ ލެޕްޓޮޕް ބަހައްޓައިގެން އޭނާ އިނީ ތިރީގައި އަޅާފައި އޮތް ކާޕެޓުމަތީ އިށީނދެގެންނެވެ. އެހެން އިން އިރުވެސް އިރުއިރުކޮޅާ ދޮރާއި ދިމާލަށް އޭނާގެ ކަޅި އަމާޒުވެއެވެ. ކޮންމެ ކަމެއް ކުރިޔަސް އޭނާގެ ސިކުނޑިން ޒަޔާންގެ ހިޔާލުތައް ވަތްކެއް ނުވެއެވެ. މިހާރުވެސް އިޒާނީ އެ އިންނަނީ ޒަޔާން އަންނާނޭ އިރެއްގެ އިންތިޒާރުގައެވެ. އެހެން އިންދާ ތަޅަށް ތަޅުދަނޑި ހަރާލި އަޑު އޭނާއަށް އިވުނެވެ. އެ އަޑު އިވުމާއެކު އޭނާ ދުވެފައި ގޮސް ދޮރު ކައިރީ ހުއްޓުނެވެ.

“ހައި.” އިޒާނީގެ އަޑު އެހާ ގާތުން އިވުމުން ޒަޔާން ސިހުނެވެ. އެއަށްވުރެ ބޮޑަށް އުފާވިއެވެ. އެހެން ދުވަސް ދުވަހު ޒަޔާން ޑިއުޓީ ނިންމާފައި ގެއަށް އަންނަ އިރު އިޒާނީގެ ހަބަރެއްވެސް ނުވާނެއެވެ. ނަމަވެސް މިހާރު އެކަން ބަދަލު ވެފައިވާތީ އޭނާ ހިނިތުންވެލިއެވެ.

“ސިއްސުވާލަންތަ ތި އުޅުނީ؟” އިޒާނީގެ އުނަގަނޑުގައި ހިފާ ކައިރިކޮށްލަމުން ޒަޔާން އަހާލިއެވެ. އެއާއެކު ލާނެއްް ހިނިތުންވުމެއް ހަދިޔާ ކުރަމުން އިޒާނީ ބޯ ޖަހާލިއެވެ.

“ބަނޑުހައިތަ؟” އިޒާނީ އަހާލިއެވެ.

“ހޫމް. ވަރަށް ބަޑުހައި.. ލެޓް މީ ހޭވް ޔޫ ފޯ ޑިނާރ ޓުނައިޓް.” ޒަޔާންގެ އަތްދަނޑި މައްޗަށް އިޒާނީ އުފުލާލިއެވެ. އަދި ކޮޓަރިއާއި ދިމާލަށް އޭނާ ހިނގައިގަތެވެ. އެވަގުތު އިޒާނީގެ ހުނުމުގެ އަޑު މުޅި ތަނުގައި ގުގުމާލިއެވެ.

“އިނާން އެއީ ކާކު؟” އިޒާނީ ފާހާނާއިން ނިކުތުމާއެކު ޒަޔާން ސުވާލު ކުރިއެވެ. އެވަގުތު އެގޮތަށް ސުވާލު ކުރުމުން އިޒާނީއަށް ހިސާބަކަށް ސިހުން ލިބުނުވެސްމެއެވެ. (ނުނިމޭ)

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ