ނ.ކެނދިކުޅުދޫގައި އިކޯ ޓޫރިޒަމް ތައާރަފް ކުރާނެ ކަމަށް ރައީސް ޔާމީން އެންޑޯޒްކުރެއްވި ކެނޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޑރ. މުއިއްޒު މިފަދައިން ވިދާޅުވެފައިފައިވަނީ ރިޔާސީ އިންތިހާބުގެ ކެންޕޭން ދަރުރުގައި ނ.ކެނދިކުޅުދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވިޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
އެ މަނިކުފާނު ވިދާޅުވީ ކެނދިކުޅުދޫއަކީ ގުދުރަތީ ރީތިކަމެއް ލިބިފައިވާ ރަށެއް ކަމަށާއި، އޭގެ ބޭނުން ފުރިހަމަގޮތުގައި ހިފެންޖެހޭނެ ކަމަށެވެ. އެގޮތުންތިމާވެށީގެ ގޮތުން އެންމެ ރަނގަޅަށް ބެލެހެއްޓިގެންދާގޮތަށް، ރަށުގެ ރައްޔިތުންނަށް ފަސޭހަކަމާއެކު އިންވެސްޓް ކުރެވޭނެހެން އިކޯ ޓޫރިޒަމް އެރަށުގައިކުރިއަށް ގެންދިޔުމަކީ އެމަނިކުފާނު ކުރާނެ ކަމެއްކަން ޑރ. މުއިއްޒު ވިދާޅުވިއެވެ. މިކަމުގެ ސަބަބުން ރަށުގެ ޒުވާނުންނަށާއި ރައްޔިތުންނަށް އާމްދަނީގެމަގު ފަހިވެގެންދާނެ ކަމަށްވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން ބަނދަރުގެ މައްސަލަ ހައްލުކުރުމުގެ ގޮތުން ދެ އަވަށަށް ދެ ބަނދަރު ތަރައްގީ ކުރާނެ ކަމަށާއި، ޓްރާސްޕޯޓްގެ ދަތިތައް ހައްލުކުރުމުގެ ގޮތުންބޮޑެތި މަގުތަކުގައި ތާރުއަޅާ، މަގުތައް ހަދައިދޭނެކަމަށާއި، ސްކޫލް ބަހުގެ ނިޒާމް މިހާރަށްވުރެ ރަނގަޅުކޮށް، ސްކޫލް ސައިންސް ލެބުގެ ފެންވަރުވެސްރަނގަޅުކުރާނެ ކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ.