1000 އެނދުގެ ޓޫރިޒަމް އެކްސްޕޭންޝަންއެއް މުޅި ހުވަދު އަތޮޅަށް ގެނެސްދޭނަން – ޑރ.މުޢިއްޒު

ފަހުގެ ސިޔާސީ

1000 އެނދުގެ ޓޫރިޒަމް އެކްސްޕޭންޝަންއެއް މުޅި ހުވަދު އަތޮޅަށް ގެނެސްދޭނެ ކަމަށް އިދިކޮޅު ރިޔާސީ ކެނޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ރިޔާސީ ކެންޕޭނުގައި ގއ.ވިލިނގިލީގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މިހާރަށްވުރެ ބޮޑަށް ޓޫރިޒަމް ފުޅާކުރުމުގެ ފުރުޞަތު ގދ އަދި ގއ އަތޮޅަށްވެސް އެބަ އޮތް ކަމަށް ޑރ.މުޢިއްޒު ވިދާޅުވިއެވެ. އެގޮތުން އިންޓެގްރޭޓެޑް ޓޫރިޒަމްއާއި ލޯކަލް ޓަުރިޒަމް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ހަމައެއާއެކު، ޓޫރިޒަމް ފުޅާކުރުމަށް އިންޓަނޭޝަނަލް އެއާޕޯޓެއްވެސް ވަރަށް މުހިންމު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުގެ މަތިން މިހާރު ކޫއްޑޫގައި އޮތް އެއާޕޯޓަކީ ޓްރެއިނިންގ އެއާޕޯޓަކަށް ހަދާ، ވިލިނގިލީ އެއާޕޯޓު ބޮޑުކޮށް އިންޓަނޭޝަނަލް ފެންވަރުގެ އެއާޕޯޓެއްގެ ގޮތުގައި ތަރައްގީކޮށްދޭނެ ކަމަށް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ