ޕީޕީއެމް ޕީއެންސީގެ ވެރިކަމެއްގައި ސިނަމާލެ ބްރިޖު ބޭނުންކުރާ ފަރާތްތަކުގެ އަތުން ފީއެއް ނަގަން ނިންމާފައިވާކަމަށް ބުނެ ފަތުރަނީ ދޮގު ޚަބަރެއްކަމަށް އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ޑރ.މުޢިއްޒު މިފަދައިން ވިދާޅުވެފައިވަނީ އެމަނިކުފާނުގެ ވެރިކަމެއްގައި ފުރަތަމަ 100 ދުވަހު ތަންފީޒުކުރަން ކަނޑައަޅާފައިވާ އުސޫލުތަކުގެ ތެރޭގައި ސިނަމާލެބުރިޖުން ކުރާ ކޮންމެ ދަތުރަކަށް ބުރިޖުން ފީއެއް ނަގަން ފެށުން ހިމެނޭކަމަށް ބުނެ ވާދަވެރި ފަރާތްތަކުން ފަތުރާ ޚަބަރަކާއި ގުޅިގެން ކޮށްފައިވާ ޓުވީޓެއްގައެވެ.
ޓުވީޓުގައި ޑރ.މުޢިއްޒު ވިދާޅުވީ ޕީޕީއެމް ޕީއެންސީގެ ވެރިކަމެއްގައި ސިނަމާލެ ބްރިޖު ބޭނުންކުރާ ރައްޔިތުން އަތުން ފީ ނަގަން ނިންމާފައިވާ ކަމަށް ފަތުރަމުންދަނީ ކަނޑައެޅިގެން ދޮގު ޚަބަރެއްކަމަށެވެ.
އަޅުގަނޑުމެންގެ ވެރިކަމެއްގައި ސިނަމާލެ ބްރިޖު ބޭނުންކުރާ ރައްޔިތުން އަތުން ފީ ނަގަން ނިންމާފައިވާ ކަމަށް ފަތުރަމުންދަނީ ކަނޑައެޅިގެން ދޮގު ޚަބަރެއް. ދޮގު ބުހުތާނު ވާހަކަތައް ފެތުރުމަކީ ޒިންމާދާރުކަން ކުޑަ، ނާތަހުޒީބު ޢަމަލެއް.
— Dr Mohamed Muizzu (@MMuizzu) August 29, 2023
އެކަން ކުށްވެރިކުރައްވާ ޑރ.މުޢިއްޒު ވިދާޅުވީ ދޮގު ބުހުތާނު ވާހަކަތައް ފެތުރުމަކީ ޒިންމާދާރުކަން ކުޑަ، ނާތަހުޒީބު ޢަމަލެއްކަމަށެވެ.


